20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

އެމެޒަން

އެމެޒަންގެ މާކެޓް ވެލިއުވެސް 1 ޓްރިލިއަން ޑޮލަރަށް އަރައިފި!

  • ހިއްސާއެއްގެ އަގު 2050.50 ޑޮލަރަށް އުފުލުނު
މިއުވާން މުހައްމަދު | Miuvaan

| 5 ސެޕްޓެންބަރ 2018 | ބުދަ 04:05 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  3. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  8. ރަވާނާ ދޯނީގައި ތިބި މީހުން މާލެ ގެނެސްފި


އެމެޒަން އަކީ މިވަގުތު ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ރީޓެއިލަރ -- ގެޓީ އިމޭޖާސް

މަޝްހޫރު އޮންލައިން ވިޔަފާރި ކުންފުނި އެމެޒަން ކުންފުނީގެ އަގު 1 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރައިފިއެވެ.

އެމެޒަން އަކީ އެމެރިކާގެ ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން މާކެޓް ވެލިއު 1 ޓްރިލިއަން ޑޮލަރަށް އެރި 2 ވަނަ ކުންފުންޏެވެ. މިދިޔަ އޮގަސްޓްމަހު އެމެރިކާގެ އެހެން ކުންފުންޏެއްކަމަށް އެޕަލް ކުންފުނިން ވަނީ އެކުންފުނީގެ އަގު 1 ޓްރިލިއަން ޑޮލަރަށް އެރިކަން ހާމަކޮށްފައެވެ.

އަންގާރަ ދުވަހު ހެނދުނު ނިއުޔޯކްގެ ހިއްސާގެ ބާޒާރުގައި އެމެޒަން ކުންފުނީގެ ހިއްސާއެއްގެ އަގު 2 އިންސައްތަ މައްޗަށް ޖެހި، ހިއްސާގެ އަގު 2050.50 ޑޮލަރަށް އެރިއެވެ. އެހެން ނަމަވެސް މެންދުރުފަހު ހިއްސާގެ ބާޒާރު ބަންދުކުރިއިރު ހިއްސާއެއްގެ އަގު 2039.51 ޑޮލަރަށް ވަނީ ވެއްޓިފައެވެ. 

1994 ވަނަ އަހަރު ވުޖޫދަށް އައި އެމެޒަން ކުންފުންޏަކީ ދުނިޔޭގައި މިވަގުތު އޮތް ރީޓެއިލް ވިޔަފާރި އޮންލައިންކޮށް ކުރާ އެންމެ ބޮޑު ކުންފުންޏެވެ. އަދި އެކުންފުނީގެ ވެރިޔާ ޖެފް ބީޒޮސް އަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މުއްސަނދި މީހާއެވެ. އޭނާގެ މިލްކިއްޔާތު 160 ބިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށް ފޯބްސްއިން އަންދާޒާކުރެއެވެ. 

މިއަހަރުގެ 2 ވަނަ ކުއާރޓަރގައި އެމެޒަންއިން 53 ބިލިއަން ޑޮލަރުގެ ވިޔަފާރިކުރިއިރު، ފައިދާވެފައިވަނީ 2.5 ބިލިއަން ޑޮލަރެވެ. 

އެމެޒަންގެ ވަޒީފާގައި 575،000 މުވައްޒަފުން އެބަތިއްބެވެ. އަދި އެކުންފުންޏަކީ އޮންލައިން ރީޓެއިލްގެ އިތުރުން ކްލައުޑް ކޮމްޕިއުޓިންގ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުންފުންޏެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް