
| 5 ސެޕްޓެންބަރ 2018 | ބުދަ 03:07 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ދީނީ ޢިލްމުވެރިޔާ އަދި ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އިލްޔާސް ހުސައިން މިއަދު އެ ކުރައްވަނީ ދީނާއި ގައުމަށްޓަކައި ކުރައްވާ މަސައްކަތެއް ކަމަށާއި، އިލްޔާސް ކުރަމުންދާ މަސައްކަތަށް ޝުކުރުވެރިވާ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރަނިންގމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ސިލްސިލާކޮށް ޝެއިހް އިލްޔާސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަރުސް ދެއްވަމުން ގެއްދަވާތީ އެކަމަށް އިޝާރަތް ކުރައްވާ ފައިސަލް ވިދާޅުވީ އިލްޔާސް އެ ކުރައްވަނީ ދީނީ އަދި ޤައުމީ މަސައްކަތެއް ކަމަށެވެ. ޝެއިހް އިލްޔާސް ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެފައިވާކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް ފައިސަލް ވަނީ އިލްޔާސް އެ ކުރައްވާ މަސައްކަތަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ނަމުގައި ޝުކުރު ދަންނަވާފައެވެ.
"އާދެ، އަޅުގަނޑުމެންނަން މިހާރު މުޅިން އެހެން ކަންތައްތަކެއް ފެނިގެން މިދަނީ، އަޅުގަނޑުމެންގެ މާތް ވެގެންވާ އިސްލާމް ދީން، އެދީނުގެ ވާހަކަ ދައްކަވާ، އަޅުގަނޑުމެން އެދީނަށް ބޯލެންބެވުމަށްޓަކައި އަބަދުވެސް މަސައްކަތް ކުރައްވާ އަޅުގަނޑުމެންނަށް ހެޔޮ ނަސޭހަތްތައް ދެމުންގެންދަވާ ފަރާތްތަކަށް ހުރި ގޮންޖެހުން. އަޅުގަނޑު މިދަންނަވަނީ ޝެއިހް އިލްޔާސްގެ ވާހަކަ. އަޅުގަނޑު ޝުކުރު ދަންނަވަން ބޭނުންވޭ މިފަދަ ފުރުސަތެއްގައި އެމަނިކުފާނު މުޅި ރާއްޖޭގެ ރައްޔިތުންގެ ޙައްގުގައި، ގައުމުގެ ޙައްގުގައި، ދީނުގެ ޙައްގުގައި ކުރައްވަމުން ގެންދަވާ މަސައްކަތަށް،" މާލޭގައި ފުވައްމުލަކު ޖަގަހަ ހުޅުވުމުގެ ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވިއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރައްވާކަމަށް އިލްޔާސް ވިދާޅުވުމާއެކު ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެފައިވާކަމަށް އަޑުތައް ފެތުރިފައި މިވަނީ އިލްޔާސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ޖެހޭކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރ އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެފައި ވަނިކޮށެވެ. އިލްޔާސްއަށް ބަހުގެ ހަމަލާތައް ވެރިކަން ކުރާ ޕީޕީއެމްގެ އިސްވެރިން ދެމުން ގެންދާއިރު، ފައިސަލް ވިދާޅުވީ މިއަދު މިފެންނަނީ ރައީސް ޔާމީންގެ ސަރުކާރުން ދީނީ އިލްމުވެރިނަން ހުރި ގޮންޖެހުންތައް ކަމަށެވެ.
މީގެ އިތުރުން ފައިސަލް ވިދާޅުވީ ޝެއިހް އިލްޔާސް އަކީ އަބަދުވެސް މާތްވެގެންވާ އިސްލާމް ދީނުގައި ކަން އޮތްގޮތުގެ ވާހަކަ ދައްކަވާ ދީނަށް އާންމު ރައްޔިތުން ބޯލެންބެވުމަށް ނަސޭހަތް ދެއްވާ ބޭފުޅެއް ކަމަށެވެ.
ޝައިޚް އިލްޔާސް ހައްޔަރު ކުރަން އުޅޭ ކަމުގެ އަޑު ފެތުރިފައި މިވަނީ މި ދެތިން ދުވަހު ކުރެއްވި ދީނީ ތަޤްރީރު ތަކަކަށް ގިނަ ރައްޔިތުން ތާއީދު ކުރާކަން ހާމަ ކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި އެކަމުގެ ސަބަބުން ސަރުކާރުގެ ކެމްޕޭން މަޑުޖެހި ރަނިންގމޭޓް ޑރ ޝަހީމާއި ޕީޕީއެމްގެ އެހެނިހެން ބޭފުޅުން ޝައިޚް އިލްޔާސްގެ ވާހަކަތަކަށް ރައްދު ދެމުންދާ ދަނޑިވަޅެއްގައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް