17 ފެބުރުއަރީ 2019 | އާދީއްތަ | 05 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ރިިޔާސީ އިންތިޚާބު 2018

މާލޭގެ ހުރިހާ ރަށްވެހިންނަން ބޯހިޔާވަހިކަން ހޯދައި ދޭނަން: އިބޫ

 • އެންމެ ދަތިހާލުގައި ދިރިއުޅެނީ މާލޭގެ ރައްޔިތުން
 • ކުލި ދައްކައިގެން ނޫޅެވޭ އާއިލާތަކަށް ގޮތެއް ފެންނަން ދެން ހިލޭ ބޯހިޔާވަހިކަން ހޯދައިދޭނަން
 • ފްލެޓްގެ ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ކުޑަކުރާނަން
މުހަންމަދު ވިސާމް | sampathmasiw

| 5 ސެޕްޓެންބަރ 2018 | ބުދަ 02:17 | |

މަގުބޫލް

 1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
 2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
 3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
 4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
 5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
 6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
 7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
 8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


މާފަންނު ދެކުނުދާއިރާގެ ޖަގަހަ ހުޅުވުމުގެ ތެރެއިން -- ފޮޓޯ: ރާއްޖެ އެމްވީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭގެ ހުރިހާ ރަށްވެހިންނަން ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

މާފަންނު ދެކުނު ދާއިރާގައި "މާފޮޅޭ ޖަގަހަ" ހުޅުވައިދެއްވުމަށްފަހު އިބޫ ވިދާޅުވީ، ދޮރުން ދޮރަށް ކެމްޕެއިންގެ ތެރެއިން މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ދެނެގަނެވިއްޖެ ކަމަށެވެ. ބޯހިޔާވަހިކަން ނުލިބި އެންމެ ދަތިތަކާއި އެކު ދިރިއުޅެނީ މާލޭގެ ރައްޔިތުންކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމުގައި ބޯހިޔާވަހިކަމުގެ ސިޔާސަތު ކަނޑައެޅިގެންދާއިރު މާލޭގެ އެއްވެސް ރައްޔިތަކަށް ބޯހިޔާވަހިކަން ނުލިބި ނުހުންނާނެ ކަމަށެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ވޭދެވެދިޔަ ދުވަސްތަކުގައި ހައްލެއް ނުގެނެވި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ފެއިލްވެފައިވާތީ ކަމަށް އިބޫ ވިދާޅުވިއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ފްލެޓްގެ ހައްގުވެރިންނަން ފްލެޓް ނުލިބޭކަން ފާހަގަކުރައްވާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ މި ސަރުކާރުން ފްލެޓް ދޫކޮށްފައިވަނި މިނިސްޓަރ ދޭ ލިސްޓަކަށް ކަމަށެވެ.

"މިހާރު މި އޮތް ސަރުކާރުން ވެސް ބޯހިޔާވަހިކަން ރައްޔިތުންނަން ދިނުމުގެ ނަމުގައި މަސައްކަތްތަކެއް ކޮށްފައި އެބަހުރި، އެހެންނަމަވެސް އެކަން ކޮށް، އޭގެ ޙައްގު ފަރާތްތަކަށް އެވަނީ ނުލިބި. އިންސާފުން ބޭރުން ވަކި ބަޔަކަށް، ހާއްސަކޮށް މިނިސްޓަރ ބޭނުންވާ ލިސްޓެއް ހަދައިގެން ފްލެޓްތަކާއި ތަންތަން ބަހަމުން އެގެންދަނީ،" އިބޫ ވިދާޅުވިއެވެ.

މާފަންނު ދެކުނުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި

މިހާރު ވެސް ދަތިހާލުގައި އެތަކެއް ރައްޔިތުން މާލޭގައި ދިރިއުޅެމުންދާއިރު، އެ ރައްޔިތުންނަން ގޮތެއް ފެންނަގޮތަށް ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމުގައި ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް އިބޫ ވިދާޅުވިއެވެ. ލިބޭ އާމްދަނީން ކުލިދައްކައިގެން ނޫޅެވޭ ރައްޔިތުންނަންވެސް ސަރުކާރުން ލުއި ގޮތްތައް ހޯދައިދެއްވާނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

މީގެ އިތުރުން ފްލެޓް ގަންނަން ބޭނުންވާ ފަރާތްތަކުން ދައްކަން ޖެހޭ ޑައުންޕޭމަންޓް ކުޑަކުރާނެ ކަމަށް އިބޫ ވިދާޅުވިއެވެ. އަދި ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ލޯނުގެ ގޮތުގައި ލިބޭނެ ގޮތް ހަމަޖައްސައި ދޭނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ. އަދި އެލޯނަކީ ދިގު މުއްދަތުން ދައްކާ ޚަލާސް ކުރާ ލޯނަކަށް ވެގެންދާނެކަން އިބޫ ފާހަގަކުރެއެވިއެވެ.

"އެންމެ ބޮޑުކޮށް ހަ ޕަސެންޓްގެ އިންޓްރެސްޓުގައި، 5000 ރުފިޔާ މަހަކު ދައްކާ ގޮތަށް އެލޯނު ދޫކުރެވިގެންދާނެ، އިރާދަކުރެއްވިއްޔާ މި ސިޔާސަތުގެ ދަށުން ހަމަޖެހިގެން ފަސޭހަކަމާއި އެކީގައި އަރާމު ދިރިއުޅުމެއް އުޅެން ބޯހިޔާވަހިކަން މާލެ އާއި ރާއްޖެގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަން ލިބިގެންދާނެ،" އިބޫ ވިދާޅުވިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ ދޮރުން ދޮރަށް ކެމްޕެއިންގައި ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަވެފައި ވަނީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. އެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެމްޑީޕީ ސަރުކާރުގައި މާލޭގެ ރަށްވެހިންނަން ހާއްސަކޮށްގެން ފަށާފައިވާ 'ވެށިފަހި މާލެ' ޕްރޮގްރާމް ވެސް އަލުން ފަށާނެ ކަމަށް އިބޫ ވަނީ މީގެ ކުރިން ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ރިޔާ

6 މަސް ކުރިން

ތީ ދޮގެއް ނުދޭނެ. ދޭނީ ހުސް މުއްސަނދިންނަށް

0
0