21 ފެބުރުއަރީ 2019 | ބުރާސްފަތި | 08 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ރިޔާސީ އިންތިޚާބު 2018

ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓު އިއުލާންކޮށްފި!

  • 262،135 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވޭ
މިއުވާން މުހައްމަދު | Miuvaan

| 5 ސެޕްޓެންބަރ 2018 | ބުދަ 00:31 | |

މަގުބޫލް

  1. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  4. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  6. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  7. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  8. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ


އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް (ކ) އަދި ކޮމިޝަން މެމްބަރު އަލީ ނަޝާތު (ވ) -- އިލެކްޝަންސް ކޮމިޝަން

ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފިއެވެ.

އަންގާރަ ދުވަހުގެރޭ އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި ވޯޓުލާ މީހުންގެ ލިސްޓް އާއްމުކޮށްފައި މިވަނީ ރީރަޖިސްޓްރޭޝަނަށްފަހު ވޯޓަރސް ލިސްޓް އާއްމު ނުކޮށް ލަސްކުރާތީ އިދިކޮޅު ފަރާތްތަކުން އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު އިއުލާންކޮށްފައިވާ ވޯޓުލާ މީހުންގެ ދާއިމީ ލިސްޓުގައި އައިޑީ ކާޑު ނަމްބަރާއި، ނަމާއި، އެޑްރެސް ހިމެނެއެވެ. ލިސްޓު ބުނާ ގޮތުން 262،135 މީހުންނަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބެއެވެ. 

ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓް ދާއިރާތައް ވަކިން އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި ވަނީ ޝާޢިއު ކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ސިޔާސީ ޕާޓީތަކަށް ބުދަ ދުވަހު ވޯޓުލާ މީހުންގެ ލިސްޓު ފޮނުވާނެކަމަށެވެ. އަދި ލިސްޓުގައި ކެންޑިޑޭޓުން ސޮއެކުރާނެ ތާރީޚު ފަހުން އިއުލާންކުރާނެކަމަށްވެސް ކޮމިޝަނުން ބުނެއެވެ. 

އިލެކްޝަންސް ކޮމިޝަނުން ވޯޓުލާން 3 ހަފްތާއަށް ވުމުން ވޯޓުލާ މީހުންގެ ދާއިމީ ލިސްޓު އާއްމުކުރިއިރު، ލިސްޓުގައި ސޮއެކުރައްވާނީ ލިސްޓުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) ވަނީ އަންގާރަ ދުވަހުގެ ރޭ ވިދާޅުވިއެވެ. އަދި ފަހު ވަގުތު ދިއްކޮށްލާ ލިސްޓުގައި ސޮއެކުރެވެން ނޯންނާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. 

އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓު ނެރުނުއިރު، އެންމެ ފުރަތަމަ ނެރުނު ލިސްޓުގަޔާއި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީކުރުމުގެ ޕްރޮސެސްގައި މީގެ ކުރީ އަހަރުތަކުގެ އިންތިޚާބުތަކުގައި ނުޖެހޭ ވަރުގެ ގިނަ އަދި ބޮޑެތި މައްސަލަތައް ވަނީ ޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް