25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ރިޔާސީ އިންތިޚާބު 2018

އިސްކަންދަރު ސްކޫލްގެ 20 އަށްވުރެ ގިނަ ޓީޗަރުން އިބޫއަށް ތާޢީދުކޮށްފި

  • ބައްދަލުކުރުމުގައި ދެކެވުނު ވާހަކަތަކުގެ ތަފްޞީލެއް އެމްޑީޕީއިން ހާމަކޮށްފައެއް ނުވޭ
މިއުވާން މުހައްމަދު | Miuvaan

| 4 ސެޕްޓެންބަރ 2018 | އަންގާރަ 23:41 | |

އިސްކަންދަރު ސްކޫލްގެ ޓީޗަރުންނާއިއެކު އިބޫ ފޮޓޯއަކަށް ހުއްޓިވަޑައިގެން -- ރާއްޖެއެމްވީ

މާލޭގެ އިސްކަންދަރު ސްކޫލްގެ ވިއްސަށްވުރެ ގިނަ ޓީޗަރުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) އާއި ބައްދަލުކޮށް، އެމަނިކުފާނަށް ތާޢީދުކުރާކަން ހާމަކޮށްފިއެވެ.

އިސްކަންދަރު ސްކޫލްގެ ޓީޗަރުން އިބޫއާއި ބައްދަލުކޮށްފައި ވަނީ އަންގާރަ ދުވަހު އެމްޑީޕީގެ ކެމްޕެއިން މައި އޮފީހުގައެވެ. މި ބައްދަލުކުރުމުގައި ދެކެވުނު ވާހަކަތަކުގެ ތަފްޞީލެއް އެމްޑީޕީއިން ހާމަކޮށްފައެއް ނުވެއެވެ. 

ގިނަ އަދަދެއްގެ ޓީޗަރުން އިބޫއާއި ބައްދަލުކޮށްފައި މިވަނީ ވަޒީފާގެ ބިރަށް ނުތިބެ، އިސްލާހީ ހަރަކާތާއި ގުޅި، ބަދަލެއް ގެނައުމަށް މަސައްކަތް ކުރުމަށް އިބޫއާއި އެމަނިކުފާނުގެ ރަނިންގމޭޓް ފައިސަލް ނަސީމް ގޮވާލައްވާފައި ވަނިކޮށެވެ. މާލޭގެ ސްކޫލެއްގެ ޓީޗަރުން އިބޫއާއި ބައްދަލުކޮށްފައިވާއިރު، ކެމްޕެއިން ދަތުރުތަކުގައި އެހެން ބައެއް ރަށްރަށުންވެސް ޓީޗަރުންނާއި އެހެނިހެން ސިވިލް ސަރވަންޓުން ވަނީ އިބޫއާއި ފައިސަލްއާއި ބައްދަލުކޮށް، އެދެބޭފުޅުންނަށް ތާޢީދުކުރާކަން ހާމަކޮށްފައެވެ. 

ގުޅިފައިވާ ޕާޓީތަކުން ބުނެފައިވަނީ އިދިކޮޅު ފަރާތްތަކަށް ތާޢީދުކޮށްގެން ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް އަލުން ވަޒީފާ ދޭނެކަމަށާއި، ވަޒީފާ އެހެން ތަނަކަށް ބަދަލުކޮށްފިނަމަ، އަލުން ކުރިން އޮތް ގޮތަށް ވަޒީފާ ބަދަލުކޮށްދޭނެކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް