20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

އަބުރުފުޅު ފަންޑް

ރާއްޖެޓީވީ ޖޫރިމަނާކުރީ ކަންތައްތަކުގެ ހަޤީޤަތް ފޮރުވުމަށް: އައިޝާ

  • އައިޝާ ނަހުލާ ރާއްޖެޓީވީއަށް އެހީތެރިވެދެއްވުމަށްފަހު މުއައްޒަފުންނަށް ހިތްވަރުދެއްވި
އާމިނަތު ނުޒުހާ | nuzu8121

| 4 ސެޕްޓެންބަރ 2018 | އަންގާރަ 21:32 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  8. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި


އައިޝާ ނަހުލާ އަބުރުފުޅު ފަންޑަށް އެހީތެރިވެދެއްވަނީ -- ރާއްޖެއެމްވީ

ރާއްޖެޓީވީގެ "އަބުރުފުޅު ފަންޑަށް" ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އައިޝަތު ނަހުލާ (މެޑަމް އައިޝާ) އެހީތެރިވެދެއްވައިފި އެވެ. އެކަމަށްޓަކައި ރާއްޖެ ޓީވީގެ ބޭރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އައިޝާ ފައިސާގެ އެހީ ރާއްޖެޓީވީގައި ބެހެއްޓިފައިވާ އަބުރުފުޅު ފަންޑުފޮއްޓަށް ލައްވާފައެވެ.

ފަންޑަށް އެހީތެރިވެ ދެއްވުމަށްފަހު އައިޝާ ވިދާޅުވީ، ރިޔާސީ އިންތިޚާބާއި ދިމާކޮށް ރާއްޖެޓީވީ ޖޫރިމަނާ ކުރުމަކީ ކަންތައް ތަކެއްގެ ހަގީގަތް ފޮރުވުމަށް ބްރޯޑްކޮމްއިން ކުރި ކަމެއްކަމަށެވެ. އަދި މީޑިއާއަކީ ޑިމޮކްރަސީގެ ހަތަރުވަނަ ބާރުކަމަށް ވާއިރު، އެކަން އޮގޮތަށްކޮށްފައިވުމަކީ ލަދިވެތި އަމަލެއްކަމަށް ވިދާޅުވިއެވެ.

"ހަގީގަތިގައިވެސް އެހެން މީޑިއާތަކާއި އަޅާބަލާއިރު ރާއްޖެޓީވީން ކުރާ މަސައްކަތަކީ ވަރަށް ދެފުއްފެންނަ ހަގީގަތް ހާމަކުރުމަށް ކުރާ ހިތްވަރު ގަދަ މަސައްކަތްތަކެއް" އައިޝާ ވިދާޅުވިއެވެ.

ފަންޑަށް އެހީތެރިވެދެއްވުމަށްފަހު އައިޝާ ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ -- ފޮޓޯ: ރާއްޖެ.އެމްވީ

އައިޝާ ވަނީ ރާއްޖެޓީވީގެ ހުރިހާ މުއައްޒަފުން ކުރާ މަސައްކަތަށް ޝުކުރު އަދާކުރައްވާ ހިތްވަރު ދެެއްވާފައެވެ. އަދި އެކަމަނާއާއި އާއިލާ ވަނީ ރާއްޖެޓީވީއާއި އެކުގައި ކަމަށް ވިދާޅުވިއެވެ.

ރާއްޖެޓީވީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާ ވަނީ އައިޝާއާއި އާއިލާގެ ފަރާތުން ދެއްވި އެހީއަށް ރާއްޖެޓީވީގެ މެނޭޖްމެންޓާއި ސްޓާފުންގެ ނަމުގައި ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިނިވަން ނޫސްވެރިކަން ދިފާއުކުރުމުގައި ރާއްޖެޓީވީން ކުރާ މަސައްކަތުގައި ފަހަތަށް ނުޖެހޭނެކަމަށް ވިދާޅުވިއެވެ.

މިއީ ރާއްޖެޓީވީ އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރި ހަތަރުވަނަ ފަހަރެވެ. މިހާތަނަށް 3.7 މިލިއަން ރުފިޔާއިން މި ސްޓޭޝަން ވަނީ ޖޫރިމަނާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް