24 ޖެނުއަރީ 2019 | ބުރާސްފަތި | 06 ހުވަން
18 ޖުމާދަލްއޫލާ 1440
އިޝާ 19:33
މަޣްރިބް 18:18
އަސްރު 15:42
މެންދުރު 12:22
އިރުއަރާ 06:18
ފަތިސް 05:04

އޮސްޓްރޭލިއަން އޯޕަން

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

  • ފެޑެރާއަކީ ތަފާތު ތިން ގްރޭންޑް ސްލޭމް މުބާރާތުގައި ފަސް ތަށި ހޯދި ފުރަތަމަ ޓެނިސް ކުޅުންތެރިޔާ
  • ބޮޑު މުބާރާތެއް ފެޑެރާ އެންމެ ފަހުން ކާމިޔާބުކޮށްފައިވަނީ 2012 ވަނަ އަހަރު
  • މިއީ އޮސްޓްރޭލިއަން އޯޕަން ފެޑެރާ ކާމިޔާބުކުރި ފަސްވަނަ ފަހަރު
ލީވާން އަލީ | MrLeevaan

| 30 ޖެނުއަރީ 2017 | ހޯމަ 06:14 | |

މަގުބޫލް

  1. 24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
  2. އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
  3. މާކުރަތު އިންޖީނުގެއަށް ދޫކުރި 300 ވުރެ ގިނަ ލީޓަރުގެ ތެޔޮ ބޭރުވެއްޖެ
  4. މިއީ ތައުލީމީ މުއައްސަސާއެއް، ސިޔާސީ ކަންކަމުގައި ބައިވެރިއެއް ނުވަން: މަންދު ކޮލެޖު
  5. ހަތަރު ލީޑަރުންގެ ބައްދަލުވުން މި މަހު ބާއްވާނެ ތާރީހެއް ކަނޑައަޅާނެ ފަރާތެއް ނޭނގުނު!
  6. މަރުތައް ބަލާ ކޮމިޝަނުން ޕްރޮފެސަރ އުގެއިލްގެ އެހީތެރިކަން ހޯދަން ފަށައިފި
  7. ކޮން ޖަޒީރާ ރާއްޖެއްތޯ؟ ދިވެހިރާއްޖޭއެއް ނޫންތޯ ދިވެހިރާއްޖޭ އަކީ: ގާސިމް
  8. ޓެކްސްއަށް މަކަރު ހެދިކަމަށް ރޮނާލްޑޯ އެއްބަސްވެއްޖެ


އޮސްޓްރޭލިއަން އޯޕަންގެ ފަސްވަނަ ތަށި ފެޑެރާ އުފުލާލަނީ -- ގޫގުލް

އޮސްޓްރޭލިއަން އޯޕަންގައި ރަފައެލް ނަޑާލް ބަލިކޮށް އުމުރުން 35 އަހަރުގެ ރޮޖާ ފެޑެރާ 18 ވަނަ ގްރޭންޑް ސްލޭމް މުބާރާތް އުފުލާލައިފި އެވެ.

އާދީއްތަ ދުވަހު ކުޅުނު މި މެޗު ނަޑާލްއާ ވާދަކޮށް ފެޑެރާ ކާމިޔާބުކޮށްފައިވަނީ ތިން ސެޓް ދެ ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓް 4-6 ގެ ނަތީޖާއަކުން ފެޑެރާ ގެންދިޔައިރު، ދެވަނަ ސެޓް 3-6 ގެ ނަތީޖާއަކުން ނަޑާލް ވަނީ ކާމިޔާބުކޮށްފައެވެ. އެހެން  ނަމަވެސް ޖެހިގެން އައި ތިންވަނަ ސެޓް ފެޑެރާ ވަނީ ފަސޭހަކަމާއެކު 1-6 ގެ ނަތީޖާއިން ކާމިޔާބުކޮށްފައެވެ. ހަތަރުވަނަ ސެޓް 3-6 ގެ ނަތީޖާއަކުން ނަޑާލް ކާމިޔާބުކުރިއިރު، ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓު 3-6 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ފެޑެރާ އެވެ.

މިފަދަ ބޮޑު މުބާރާތެއް ފެޑެރާ އެންމެ ފަހުން ކާމިޔާބުކޮށްފައި ވަނީ 2012 ވަނަ އަހަރު އެވެ. އެފަހަރު އޭނާ ކާމިޔާބުކޮށްފައިވަނީ ވިމްބެލްޑޮން އެވެ. މީގެއިތުރުން މިއީ އޮސްޓްރޭލިއަން އޯޕަން ފެޑެރާ ކާމިޔާބުކުރި ފަސްވަނަ ފަހަރެވެ.

މެޗަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ފެޑެރާ ބުނީ އޮސްޓްރޭލިއަން އޯޕަން އަށް އޭނާ އަންނަތާ 20 އަހަރު ވެފައިވާ ކަމަށާއި، ކޮންމެފަހަރަކުވެސް އެއީ ފާހަގަކޮށްލެވޭ ފަހަރެއް ކަމަށެވެ.

އަންނަ އަހަރުވެސް ފެންނާނެ ކަމުގެ އުންމީދު އޮތްކަން ފާހަގަކުރަމުން ފެޑެރާ ބުނީ އޭނާ ކޮންމެފަހަރަކުވެސް އަންނަނީ މޮޅުވާން ކަމަށާއި، ކުރިޔަށް އޮތް މުބާރާތަށްވެސް އަންނަނީ މޮޅުވާން ކަމަށެވެ.

ފެޑެރާއަކީ ތަފާތު ތިން ގްރޭންޑް ސްލޭމް މުބާރާތުގައި ފަސް ތަށި ހޯދި ފުރަތަމަ ޓެނިސް ކުޅުންތެރިޔާއެވެ. އޭނާ ވަނީ ފަސް އޮސްޓްރޭލިއަން އޯޕަން، ފަސް ޔޫއެސް އޯޕަން އަދި ހަތް ވިމްބެލްޑަންސް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް