14 ނޮވެންބަރު 2018 | ބުދަ | 01 ނޮރަ
06 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

އަބުރުފުޅު ފަންޑު

ވީމީީޑިއާ އިން ރާއްޖެޓީވީގެ އަބުރުފުޅު ފަންޑަށް އެހީވެއްޖެ

  • އަޅުގަނޑުމެން ކުރަމުން މިދާ މަސައްކަތަކީ ޤައުމު އިސްލާހުކުރުމުގެ މަސައްކަތް: އިމާދު ލަތީފް
  • މީޑިއާތައްވެސް ޖޫރިމަނާކުރަމުން ދަނީ އިންސާފު ހޯދަން ދާނެ ތަނެއް ނެތްކަން ބްރޯޑްކާސްޓިންގ ކޮމިޝަންގައި ތިއްބެވި މެމްބަރުންނަށް ޤަބޫލުކުރެއްވޭތީ: ފިޔާޒް
މިއުވާން މުހައްމަދު | Miuvaan

| 4 ސެޕްޓެންބަރ 2018 | އަންގާރަ 19:04 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  4. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  5. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
  6. ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ އިސްލާހު ބާތިލު ކުރަން ހުށަހަޅާނަން: ބޮޗޭ
  7. ވެލެޒިނީ ހައްޔަރު ކޮށްފި
  8. ބަޖެޓްގައި ފްލެޓް މަޝްރޫއުގެ ވާހަކައެއް ނެތް، ސަޕްލިމެންޓަރީ ބަޖެޓަކަށް ވިސްނަނީ!


ވީޓީވީގެ ޑިރެކްޓަރ ޖެނެރަލް އިމާދު ލަތީފް އަބުރުފުޅު ފަންޑަށް އެހީވަނީ -- ފޮޓޯ: މުހައްމަދު ޝަރުހާން

ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެޓީވީ 2 މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމާއި ގުޅިގެން އެޖޫރިމަނާ ދެއްކުމަށް ފައިސާ ހޯދުމަށް ރާއްޖެޓީވީއިން ހުޅުވި އަބުރުފުޅު ފަންޑަށް ވީމީީޑިއާއިން އެހީވެއްޖެއެވެ.

ވީމީޑިއާގެ ފަރާތުން ޓީމެއް ރާއްޖެޓީވީއަށް އަންގާރަ ދުވަހު ހަވީރު އައިސް، ވީމީޑިއާގައި ހުޅުވި ފަންޑުފޮށްޓަށް ލިބުނު ފައިސާ ވަނީ ރާއްޖެ ޓީވީގެ އަބުރުފުޅު ފަންޑު ފޮއްޓަށް ލާފައެވެ. މިކަމަށްޓަކައި ރާއްޖެ ޓީވީގެ ބޭރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވީމީޑިއާގެ ދަށުން ހިންގާ ވީޓީވީގެ ޑިރެކްޓަރ ޖެނެރަލް އިމާދު ލަތީފް ވިދާޅުވީ މިކަހަލަ ދަނޑިވަޅުތަކުގައި އެއް ބަޔަކު އަނެއް ބަޔަކަށް އެހީވުމަކީ ޤައުމު އިސްލާހުކުރުމަށް މިނިވަން މީޑިއާތަކުން ކުރަމުންދާ މަސައްކަތްތަކަށް ލިބޭނެ ބާރެއްކަމަށެވެ. 

"އަޅުގަނޑުމެން ކުރަމުން މިދާ މަސައްކަތަކީ ޤައުމު އިސްލާހުކުރުމުގެ މަސައްކަތް. އަޅުގަނޑުމެން ބްރިޖް އެޅޭތޯ މަސައްކަތްކުރަމުން މިދަނީ އަނިޔާވެރިކަމާއި ފަސާދައިގެ ސަބަބުން މި ޤައުމުގައި ލާފައިދާ ރެނދުތަކުގެ މަތީގައި ބްރިޖް އެޅުމަށް. އަޅުގަނޑުމެން އަޅާ ބްރިޖަކީ އެއީ. އަޅުގަނޑުމެން ޕެޗް އެޅޭތޯ މަސައްކަތްކުރަމުން މިދަނީ ފަސާދައިގެ ސަބަބުން ޤައުމުގެ އިޖްތިމާޢީ ފޭރާމުގައި ބާގަނޑުތައް ހެދިފައިވާ ތަންތަނުގައި. އެމަސައްކަތް ހުއްޓުވާލުމަށްޓަކައި ބަޔަކު ރާވައިގެން، އަޅުގަނޑުމެން އިސްލާހީ މަސައްކަތް ކުރަމުންދާ ފަރާތްތަކާއި ދެކޮޅަށް ކަންތައްތައް ކުރަމުން މިދަނީ،" އިމާދު ވިދާޅުވިއެވެ.

ދާދި ފަހުން ބްރޯޑްކާސްޓިންގ ކޮމިޝަނުން ވީމިޑިއާވެސް 4 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ. 

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވީމީޑިއާގެ އިސް ބޭފުޅެއްކަމަށްވާ އުމަރު ވިދާޅުވީ އިންސާފުވެރި މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްނުދެވި މުޖްތަމައުގެ ދުޅަހެޔޮކަމެއް ނޯންނާނެކަމަށެވެ. 

ވީމީޑިއާއިން ދިން އެހީތެރިކަން ފާހަގަކުރަމުން ރާއްޖެޓީވީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާ ވަނީ ވީމީޑިއާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ފިޔާޒް ވިދާޅުވީ މުހިއްމީ ދޭ އެހީގެ އަދަދު ނޫންކަމަށާއި، އެކުވެރި އެހެން ބްރޯޑްކާސްޓަރުންނާއި ރައްޔިތުންނަށް ރާއްޖެޓީވީއާއިއެކު ތިބިކަން އެނގިގެން ދިޔުމަކީ ލިބޭ މާބޮޑު ހިތްހަމަޖެހުމެއްކަމަށެވެ. 

ފިޔާޒް އިތުރަށް ވިދާޅުވީ ރާއްޖެޓީވީއާއި ވީމީޑިއާ އަދި އެހެން މީޑިއާތައްވެސް ޖޫރިމަނާކުރަމުން ދަނީ އިންސާފު ހޯދަން ދާނެ ތަނެއް ނެތްކަން ބްރޯޑްކާސްޓިންގ ކޮމިޝަންގައި ތިއްބެވި މެމްބަރުންނަށް ޤަބޫލުކުރެއްވޭތީ ކަމަށެވެ. އެގޮތުން އެންމެ ފަހުން ރާއްޖެޓީވީ 2 މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމުން އެމައްސަލަ މުރާޖަޢާކުރަން އެދުމުން އެމައްސަލަވެސް ނުބަލާކަމަށާއި، ކޯޓަށް ހުށަހެޅުމުން ކޯޓުންވެސް އެމައްސަލަ ނުބަލާކަމަށް ފިޔާޒް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ވިލާތައް ކެހި، އުޑުމަތި ސާފުވާ މަންޒަރު އެބަ ފެންނަކަމަށްވެސް ފިޔާޒް ވިދާޅުވިއެވެ. އަދި ރާއްޖޭގައި އިންސާފު ޤާއިމްކުރެވޭ ދުވަހަކުން މީޑިއާތަކަށް ލިބުނު ގެއްލުމުގެ ބަދަލު ބްރޯޑްކާސްޓިންްގ ކޮމިޝަންގައި ތިއްބެވި މެމްބަރުން އަތުން ނެގުމަށް މަސައްކަތްކުރައްވާނެކަމަށް ފިޔާޒް ވިދާޅުވިއެވެ.

ރާއްޖެޓީވީއަށް ދިމާވާ ދަތި ވަގުތުތަކުގައި ވީމީޑިއާގެ ޗެއަރމަން ޤާސިމް އިބްރާހިމްގެ އެހީތެރިކަން އަބަދުވެސް ރާއްޖެޓީވީއަށް ލިބޭކަން ފާހަގަކުރައްވައި، ފިޔާޒް ވަނީ ޤާސިމަށްވެސް ޝުކުރު އަދާކުރައްވާފައެވެ. 

"ޤާސިމް ޖަރުމަންވިލާތުގައި ހުންނެވިޔަސް އަބަދުވެސް ފޯނުން ގުޅޭ. އަޅުގަނޑުމެންގެ ފަންޑަށް އެހީވާނެކަމުގެ ވައުދުވެސް ވެފައި އޮތީ. އެއީ ހަޤީގަތުގައިވެސް ރާއްޖޭގެ ޑިމޮކްރަސީއާއި ނޫސްވެރިކަމަށް އެމަނިކުފާނުގެ ހިތުގައި އޮތް ލޯބި ބޮޑުކަމުން. އެހެންކަމުން އެކަމަށްޓަކައި އަޅުގަނޑު ޤާސިމް އިބްރާހިމްއަށް ފަށްފަށުން ސްޓާފުންގެ ފަރާތުން ޝުކުރު އަދާކުރަން. އެމަނިކުފާ ރާއްޖޭގެ ޑިމޮކްރަސީ ދިރުވުމަށާއި އަދި ނޫސްވެރިކަން ދެމެހެއްޓުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް އަޅުގަނޑު ނޫސްވެރިއެއްގެ ހައިސިއްޔަތުން ފާހަގަކޮށްލަން އަދި އެކަމަށް ސާބަސް ދެން،" ފިޔާޒް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވީމީޑިއާއާއި ރާއްޖެޓީވީގެ މެނޭޖްމަންޓު ބޭފުޅުންނާއި ސްޓާފުން ބައިވެރިވިއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް