18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ރިޔާސީ އިންތިހާބު 2018

ޖަޒީރާ ރާއްޖޭގެ ތަސައްވަރު: އިންޑިއާގައި ދިރިއުޅޭ ދިވެހިންގެ ހައްލު!

  • އާސަންދަގެ ހިދުމަތް އެންމެ އެދެވޭގޮތުގައި ނުލިބޭތީވެ، ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރި
  • ގައުމީ އެއާލައިނުން ހާއްސަ ފެއާއެއް ފެށުން
މުހަންމަދު ވިސާމް | sampathmasiw

| 4 ސެޕްޓެންބަރ 2018 | އަންގާރަ 18:13 | |

މަގުބޫލް

  1. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  6. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. މާދަމާ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަނީ


އިންޑިއާގެ ހޮސްޕިޓަލްގައި އޮތް ބަލި މީހަކާއި، ފައިސަލް ބައްދަލުކުރައްވަނީ -- ރާއްޖެއެމްވީ

ދަރިންނަށް ތައުލީމު ދިނުމަށާއި ސިއްހީ ފަރުވާ ހޯދުމަށްޓަކައި އިންޑިއާގައި ދިރިއުޅެމުން އަންނަ ދިވެހިންގެ އަދަދު ވަރަށް ގިނަ އެވެ. ހާއްސަކޮށް، އިންޑިއާގެ ކެރެލާ ސްޓޭޓަށް އެތައް ސަތޭކަ ދިވެހިންނެއްގެ ދިރިއުޅުން ބަދަލުކޮށްފައި ވަނީ ބޭސްފަރުވާ ހޯދުމަށެވެ. ނަމަވެސް އެ މީހުންގެ ދިރިއުޅުން އެހާ ފަސޭހައެއް ނޫނެވެ. ގިނަ މައްސަލަތަކެއް އެބަ ހުއްޓެވެ.

މި މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ހޯދައިދިނުމަށްޓަކައި އެމަނިކުފާނުގެ ރަނިން މޭޓް ފައިސަލް ނަސީމް ވަނީ ކެމްޕެއިން ދަތުރުފުޅެއްގެ ޓްރިވެންޑްރަމަށް ވަޑައިގެންފަ އެވެ. މި ދަތުރުފުޅުގައި އިންޑިއާގައި ދިރިއުޅޭ ދިވެހިންނާއި ފައިސަލް ވަނީ ބައްދަލުކުރައްވާ އެ ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައިފަ އެވެ. މި ރިޕޯޓްގައި ބަލާލާނީ ފައިސަލް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ މައްޗަށެވެ. އިންޑިއާގައި ދިރިއުޅޭ ރައްޔިތުން ފައިސަލާ ހިއްސާކުރި ވާހަކަތަކަށެވެ.

ސެޕްޓެމްބަރ މަހުގެ އެއްވަނަ ދުވަހު ފައިސަލް އިންޑިއާގެ ޓްރިވެންޑްރަމަށް ވަޑައިގަތުމުން އެއާޕޯޓުން އެމަނިކުފާނަން ދިވެހިން ވަނީ މަރުޙަބާ ކިޔައިފަ އެވެ. އެހެންކަމުން އިންޑިއާގައި ވެސް ކެމްޕެއިން ފޯރި ވަކި ކުޑަ ނޫންކަން އެނގުނެއެވެ. ފައިސަލް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒާއި ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ޑރ. އަބްދުﷲ މައުސޫމާއި، މައުމޫން ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ފަރާތުން އައިމިނަތު ނާދިރާ ބައިވެރިވަޑައިގަތުން ވެގެން ދިޔައީ އެ ގައުމުގައި ތިބި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއިދުކުރާ ރައްޔިތުންނަން ލިބުނު ހިތްވަރަކަށެވެ.

ފައިސަލް އިންޑިއާއަށް ވަޑައިގަތުމުން އެގައުމުގައި ދިރިއުޅޭ ދިވެހިން އެމަނިކުފާނަން މަރުޙަބާ ދަންނަވަނީ -- ފޮޓޯ: ރާއްޖެ.އެމްވީ

އެކަން ހާމަވެގެން ދިޔައީ އާދީއްތަ ދުވަހުގެ ރޭ އިންޑިއާގެ ކެމްޕެއިން ޓީމާއި ބައްދަލުކުރެއްވުމަށް ޓްރިވެންޑްރަމްގެ "ވިސާ ޖަގަހަ" އަށް ފައިސަލް ވަޑައިގަތުމުން އެ ރައްޔިތުން މޫނުމަތިން ފެނިގެންދިޔަ އުފާވެރި މަންޒަރުންނެވެ. އެ ރައްޔިތުން ދިމާވެފައިވާ ކަންބޮޑުންތައް ފައިސަލާ ހިއްސާކުރިއެވެ. ކެމްޕެއިން އިތުރަށް ވަރުގަދަކޮށް ކުރިއަށް ގެންދިއުމަށް ކުރެވޭނެ ކަންތައްތަކާއި ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ.

"އަޅުގަނޑުމެން މި ރަޖިސްޓްރޭޝަން ހިންގިއިރު ވޯޓާސްއަށް ބަލާއިރު ގާތްގަނޑަކަށް މިއުޅެނީ 600 ޕްލަސް، އެހެންވީމަ މިބަލާ ފެމެލީތަކާއި ޑިޕެންޑެންސްއާއި އެއްކޮށް އުޅޭއިރު ޓްރިވެންޑްރަމްގައި އުޅޭނެ ގާތްގަނޑަކަށް 1000 ވަރު، އަޅުގަނޑުމެން 2013ގެ އިލެކްޝަންނަން ބަލާލާއިރު އުޅޭނެ ގާތްގަނޑަކަށް ތިން ހާސް، ހަތަރު ހާސްވަރު، އޭގެ ފަހުން އެކިއެކި ސަބަބުތަކަށްޓަކައި ގިނަ ބަޔަކު ވަނީ އެހެން ގައުމުތަކަށް ބަދަލުވެފައި،" އިންޑިއާގެ ކެމްޕެއިން ހަރަކާތްތަކުގައި އިސްކޮށް އުޅޭ އަހުމަދު ޒުހޭރު ބުންޏެއެވެ.

ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތެއް އެ ބައްދަލުވުން ނިންމެވުމަށްފަހު، އާދީއްތަ ދުވަހު ހެނދުނު ފައިސަލް ވަނީ އިންޑިއާގައި ދިރިއުޅޭ ރައްޔިތުންގެ ހާލު ބެއްވުމަށް ދޮރުން ދޮރަށް ކެމްޕެއިން ކުރިއަށް ގެންދަވާފައެވެ. އަދި ޓްރިވެންްޑްރަމްގެ ބައެއް ހޮސްޕިޓަލްތަކަށް ޒިޔާރަތްކޮށް އެ ހިސްޕިޓަލްތަކުގައި ފަރުވާ ހޯދަމުންނާ ދިވެހިންގެ ހާލު ބައްލަވާލެއްވިއެވެ. ބަލި މީހުންނަށް އެކަމުން ހިތްހަމަޖެހުން ލިބިގެން ދިޔަ އެވެ.

ދޮރުން ދޮރަން ކެމްޕެއިންގެ ތެރެއިން ފައިސަލް ވަނީ އިންޑިއާގެ ބައެއް ހޮސްޕިޓަލްތަކަށް ޒިޔާރަތްކޮށް ދިވެހިންގެ ހާލު ބައްލަވާފައި -- ފޮޓޯ: ރާއްޖެ.އެމްވީ

"އާސަންދަ ކަންތަކުގައި އެންމެ ބޮޑަށް ޖެހޭ މައްސަލައަކީ، ބޮޑަތި ބަލިތަކަށް އައިސްއުޅޭއިރު ވަކި ހިސާބަކަށް ދާއިރު މި އޮންނަނީ އާސަންދަ ހުސްވެފައި، ދެން ނޯވޭ އާސަންދަ ލިބޭނެ ގޮތެއް، އެއީ އެންމެ ބޮޑު މައްސަލައަކީ،" އިންޑިއާގައި ދިރިއުޅޭ ދިވެއްސަކު ބުންޏެއެވެ.

ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް އުޅޭ ދިވެހިންގެ އެންމެ ބޮޑު ޝަކުވާއަކީ އާސަންދައިގެ ޚިިދުމަތް މެދު ކަނޑާލާކަމުގެ ޝަކުވާއެވެ. ވަކި ޕާޓީއެއްގެ ބޭފުޅެއް މެދުވެރިކޮށްގެން ނޫން ގޮތަކަށް އާސަންދަ ހަމަނުޖެހޭ ވާހަކަ އެވެ. އެކަންކަން އިބޫގެ ސަރުކާރެއްގައި ހައްލުކުރައްވާނެ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ ވެރިކަމުގައި ތައާރަފްކުރި އާސަންދައިގެ ހިދުމަތް ކުރިއަކޭ އެއްގޮތަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމުގައި ލިބޭނެ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

މިހާރު އިންޑިއާގައި ދިރިއުޅޭ ދިވެހިންނަން ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންތަކަކީ ޑިޕެންޑެންޓް ވިސާ ލިބުމުގައި ދަތިތަކާއި ކުރިމަތިވުމެވެ. އެހެންކަމުން އިންޑިއާއި ދިވެހިރާއްޖޭއާ ދެމެދު އޮތް ގުޅުން ބަދަލުކޮށް އެފަދަ މައްސަލަ ހައްލުކޮށް ދެއްވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

"އަޅުގަނޑު ހުރިހާ ދިވެހި ރައްޔިތުންނަން ޔަގީންކަން އަރުވަނީ، އަބަދުވެސް އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ ޚައްގުތައް ކަށަވަރު ކުރެވޭ ގޮތަކަށް ބޭރު ދުނިޔޭގެ ގައުމުތަކާއި، ވަކިން ހާއްސަކޮށް އަޅުގަނޑަގު ތަކުރާރުކުރާ ހިތްވޭ، އިންޑިއާއި ގާތްގުޅުމެއް ބާއްވާނަމޭ. އާދެ، އާސަންދައިގެ ވާހަކަ ދެންމެ ދެކެވިގެން ގޮސްފި، މިއަދު ވެސް އަޅުގަނޑުމެން ޒިޔާރަތްކުރި ބައެއް ފަރާތްތަކުން އެކަމުގެ ކަންބޮޑުވުންތަކުގެ ވާހަކަ ދެއްކި، ވަރަށް ކަންބޮޑުވޭ، އަޅުގަނޑުމެން އެކަމާއި ވަރަށް ދެރަވެ ހިތާމަ ކުރަން،" ފައިސަލް ވިދާޅުވިއެވެ.

އިންޑިއާގައި ކުރިއަށް ގެންދިޔަ ދޮރުން ދޮރަން ކެމްޕެއިންގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ

އިންޑިއާ ސަރުކާރާއި ރައީސް ޔާމީންގެ ސަރުކާރާއި ދޭތެރޭގައި އޮތް ގުޅުމަށް ހީނަރުކަން އައިސްފައިވާއިރު، އެކަމުގެ އަސަރު ދިވެހިންނަން ދަނީ ކުރިމަތިވަމުނެވެ. ހާއްސަކޮށް ވިސާގެ މައްސަލައެވެ.

​"ވިސާގެ މައްސަލަ، ވިސާ ނުލިބުމުގެ މައްސަލައާއި އެއާއި ގުޅިގެންގޮސް، ވަރަށް ގިނަ އާއިލާތަކަކަށް އަޅުގަނޑު ދަންނަވާނީ، އެއީ ސްކޫލުގައި ކިޔަވަވަމުންދާ ކުދިންގެ ކިޔެވުން ހުއްޓާލާ އެހެން ގައުމުތަކަށް ނުވަތަ ރާއްޖެ އެބުރި އަންނަން ޖެހުމުން ވެސް، އެކީ ވެސް ކުދިންނަން ތައުލީމީ ގޮތަށް ވިސްނާލަން ޖެހުނަސް ކުއްލިއަކަށް ބަދަލުކޮށްލަން ޖެހުމަކީ ކުދިންނަން ވަރަށް ބޮޑު ގެއްލުމަކަށްވެ، މައިންބަފައިންނަން ވަރަށް ބޮޑު ޚަރަދަކަށް ވެފައި ވަނީ،" ފައިސަލް ވިދާޅުވިއެވެ.

އިންޑިއާގެ ވިސާ ޖަގަހާގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިން ކެމްޕެއިން ޓީމްތަކާއި ބައްދަލުކުރައްވަނީ -- ފޮޓޯ: ރާއްޖެ.އެމްވީ

ދޮރުން ދޮރަށް ކެމްޕެއިންގެ ތެރެއިން އެމަނިކުފާނާއި އިންޑިއާގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނާއި ތައުލީމް ހާސިލްކުރާ ޒުވާނުންނާ ވެސް ބައްލަވިއެވެ. އެކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ގައުމީ އެއާލައިނުން ހާއްސަ ފެއާއެއް ކަނޑައަޅާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ދޮރުން ދޮރަށް ކެމްޕެއިން ނިންމާލެއްވުމަށް ހޮޓަލް ރޫބީ އެރީނާގައި ގުޅުފައިވާ ސިޔާސީ ޕާޓީތަކުގެ ޖަލްސާއެއް ވަނީ ބާއްވާފައެވެ. އެޖަލްސާގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުންގެ އުންމީދަކީ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށެވެ. އެކެން ޖަލްސާ ނިންމާފައިވާ ފައިސަލް އެކު ހަމަ އެކަނި ފޮޓޯ ނެގި މީހުންގެ މޫނުމަތިން ފެނިގެންދިޔައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް