16 ނޮވެންބަރު 2018 | ހުކުރު | 04 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ރިޔާސީ އިންތިހާބު 2018

މަރުތަކުގެ ވާހަކަ ދައްކަވަން ރައީސް ލަދު ގަންނަން ޖެހޭނެ!

  • ބޮޑެތި މަރުތަކުގެ މައްސަލާގައި އިންސާފު ހޯދައި ދެވިފައެއް ނުވޭ
  • މައްސަލަތައް ތަހުޤީޤުކޮށް ނިންމިކަމަށް ވިދާޅުވިނަމަވެސް ގިނަ މައްސަލަތަކުގެ ތަހުޤީޤު ނިމިފައެއް ނުވޭ
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 4 ސެޕްޓެންބަރ 2018 | އަންގާރަ 17:54 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  6. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  7. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  8. މަނީ ލޯންޑްރިންގގެ މައްސަލައިގެ ތަހްގީގާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކުރެވޭކަށް ނެތް: ފުލުހުންގެ އިދާރާ


ރިޔާސީ ބަޔާން އިއްވުމުގެ މަޖިލީހަށް ރައީސް ވަޑައިގަންނަވަނީ -- ގޫގުލް

އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިިމް މުހައްމަދު ސޯލިހް (އިބޫ)ގެ ވެރިކަމުގެ އެންމެ ފުރަތަމަ ކުރައްވާނެ ކަންތައްތަކުގެ ތަރުތީބެއް އެކުލަވާލެއްވި އިރު، އެންމެ އިސްކަމެއް ދެއްވާނެ ކަންތައްތަކުގެ ތެރޭގައި އަނިޔާވެރި، ރަހުމު ކުޑަގޮތަކަށް މަރާލެވުނު ފަރާތްތަކުގެ އާއިލާތަކަށް އިންސާފު ހޯދައިދިނުން ހިމެނެ އެވެ. ވަގަށް ނަގައި، ގެއްލުވާލާފައިވާ ޒުވާނުންގެ މައްސަލަތައް މިނިވަންކޮށް ތަހުޤީޤްކޮށް ނިންމަވުން ހިމެނެ އެވެ. 

ކޮންމެ ސަބަބަކާއި ހުރެނަމަވެސް އިބޫގެ އެ ވައުދު، ރައީސް އަބްދުﷲ ޔާމީނަށް ކަމަކު ނުދިޔައެވެ. އެ ވައުދުގެ ވަހާކަ އަޑުއެއްސެވުމަށްފަހު، ދެން ލިބިވަޑައިގެންނެވި ކޮންމެ ޕޯޑިއަމެއްގައި ރައީސް ޔާމީން ގެންދެވީ އެއީ ކުރައްވަން ޖެހޭ ކަމެއް ނޫންކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުންނެވެ. ތަހުޤީޤުތައްކޮށް ނިންމާފައިވާ ކަމާއި، ބައެއް މައްސަލަތައް ވަނީ ކޯޓުގައި ކަމަށް ވިދާޅުވެ، ބަހުގެ ހަމަލާތައް އަމާޒުކުރައްވަމުންނެވެ. އެމަނިކުފާނު ޤިސާސްގެ ވާހަކަ ދެއްކެވުމާއެކު ބޮޑެތި މާރާމާރިތަކާއި މީހުން މެރުން މަދުވެއްޖެކަމަށް ވިދާޅުވެ، މޮޅެތި ވާހަކަފުޅުތައް ދައްކަވަމުންނެވެ. 

ސުވާލަކީ، އިބޫގެ އެ ވައުދު ރައީސް ޔާމީނަށް އެހާ ކަމުދާ ވައުދަކަށް ނުވީ ކީއްވެތޯ އެވެ. އަދި އެވިދާޅުވާ ގޮތަށް ރައީސް ޔާމީންގެ ވެރިކަމުގެ ތެރޭގައި އަނިޔާވެރި ރަހުމު ކުޑަގޮތަކަށް މަރާލެވުނު މީހުންގެ މައްސަލަތަކުގެ ތަހުޤީޤުތައް ނިމި، އިންސާފު ލިބިއްޖެތޯ އެވެ. 

ރައީސް ޔާމީންގެ 5 އަހަރުގެ ވެރިކަމުގައި އެކަނިވެސް، އަނިޔާވެރި ރަހުމު ކުޑަގޮތަކަށް މަރާލެވުނު މީހުންގެ އަދަދު 31 އަށް އަރަ އެވެ. އޭގެ އިތުރުން ގޮތް ނޭނގޭ އެތައް މަރުތަކެއް ހިނގައިގެން ގޮސްފައިވާއިރު، އެއިން އެއްވެސް މަރެއްގެ މައްސަލާގައި އެކަށީގެންވާ ތަހުޤީޤެއްކޮށް ނިންމިފައެއް ނުވެއެވެ. އެއިން އާއިލާއަކަށް އިންސާފު ހޯދައިދެއްވިފައެއް ނުވެ އެވެ.

މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އާއި، އަނަސް އާއި، ޔާމީން ރަޝީދާއި، އެހެން ގޮސް، ކޮންމެ މަރެއްގެ މައްސަލައަށް ބެލިކަމުގައިވިނަމަވެސް ކަން އޮތީ އެގޮތަށެވެ. ބޮޑެތި، އަދި ޤައުމުގެ ސަމާލުކަން ހުއްޓިފައިވާ މައްސަލަތަށް ފުލުހުންގެ އިދާރާގައި ތާށިކޮށްލާފައި ވާއިރު، ބައެއް މައްސަލަތައް ކޯޓުތަކުގެ ތެރޭގައި ދަމާތާ އެތަށް އަހަރެއްވެއްޖެ އެވެ. ދެެ އިރު ދެ ދަޅަޔަށް ޝަރީއަތްތައް ބާއްވައި ސިޔާސީ މީހުންގެ މައްޗަށް ހުކުމްތައް އިއްވިނަމަވެސް މަރާލެވުނު އާއިލާތަކަށް އިންސާފު ހޯދައިދިނުމަށް ކޯޓުތައްވެސް އޮތީ ނުކުޅެދިފަ އެވެ. އަދި ކިޔެއްތަ، ދައުލަތުގެ އެންމެ މަތީ ވެރިޔާކަމަށް ވިދާޅުވެ، މަސައްކަތްކުރައްވާ ރައީސް ޔާމީނަށްވެސް އެއިން ޝަރީއަތެއް އަވަސްކުރުމަށް ކޮށްދެވުނު ކަމެއް މިއަދާއި ހަމައަށްވެސް ފެންނާކަށް ނެތެވެ. 

އެކަން އެގޮތަށް އޮތުމުން، އެ މައްސަލަތައް ފުރިހަމައަށް ތަހުޤީޤްކޮށް، އާއިލާތަކަށް އިންސާފު ހޯދައިދެވިފައި ނުވާކަން ކަށަވަރުވެ އެވެ. އެހެންކަމުން ދެން އަންނަ ސަރުކާރަކުން އެފަދަ މައްސަލަތައް މިނިވަންކަމާއެކު ތަހުޤީޤުކުރުމަށް ރައީސް ޔާމީން އެހާ ދެކޮޅު ހައްދަވަނީ ކީއްވެތޯ އެއީ ކުރަންޖެހިފައިވާ މުހިންމު ސުވާލެކެވެ. 

މީހަކު ކަމަކަށް ދެކޮޅު ހަދާ ގިނަ ސަބަބުތަކެއް ހުރެ އެވެ. މިސާލެއްގެ ގޮތުން އެ މައްސަލަތަކުގައި އެ މީހެއްގެ ޝާމިލްވުން ބޮޑުކަމުންވެސް އެފަދަ ކަންކަމާއި ބައެއް މީހުން ދެކޮޅު ހަދަ އެވެ. އަދި އެފަދަ ކަންކަން މިނިވަންކަމާއެކު ތަހުޤީޤް=ުކޮށްފިނަމަ ބިތުފަންގި ނެގި، ހަޤީގަތް ހާމަވެދާނެތީވެސް ބައެއް މީހުން ކަންކަމުުގެ ހަޤީޤަތް ހާމަވުމަށް، ނުވަތަ ހަޤީޤަތާއި ހަމައަށް ވާސިލްވުމަށް ދެކޮޅު ހަދަ އެވެ. ހަމައެހެންމެ، ރައީސް ޔާމީން ވިދާޅުވާގޮތަށް، ވަރަށް ފުރިހަމަ ތަހުޤީޤުތަކެއްކޮށް ނިމިފައިވާތީވެސް ބައެއް މީހުން ތަކުރާރުކޮށް އެފަދަ ވާހަކަތައް ދެއްކުމަށް ދެކޮޅު ހަދަ އެވެ. 

އެހެންކަމުން އިބޫގެ އެ ވައުދާ ރައީސް ޔާމީން، އެހާ ދެކޮޅުވުމުގައި މިއިން ކޮންމެ ސަބަބެއްވެސް މެދުވެރިވުމަކީ ވުން އެކަށީގެންވާ ކަމެކެވެ. 

ދެން އޮތީ އަދި އެހެން ވާހަކައެކެވެ. ވެރިކަމަށް ވަޑައިިގެންނެވުމުގެ ކުރިން އިންސާފު ހޯދަވާނެކަމަށް ވިދާޅުވި މަރުތަކުގެ ވާހަކަ އެވެ. އެ މަރުތަކެއްގެ އަސްލު ހޯދަވާނެކަމަށް ވައުދު ވެވަޑައިގެންނެވި މަރުތަކުގެ ވާހަކަ އެވެ. އޭގެތެރެއިންވެސް ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލަ ފާހަގަކޮށްލެވެ އެވެ. 

ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ޑރ. އަފްރާޝީމް އަލީގެ މަރުގެ ފަހަތުގައިި ތިބި ބަޔަކު ހޯއްދަވައި، އެ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަވާނެކަމަށް ތަކުރާރުކޮށް ރައީސް ޔާމީން ވައުދުވެވަޑައިގެންނެވި އެވެ. ނަމަވެސް ވެރިކަމުގެ ފުރަތަމަ ދައުރު ނިންމައި، މަޤާމުން ފެޔަށް ވަޑައިގަންނަވަން ޖެހިފައިވާއިރު، އަފްރާޝީމްގެ މަރުގެ މައްސަލާގައި އެކަނިވެސް ރައީސް ވެވަޑައިގެންނެވި ވައުދު އޮތީ ނުފުއްދި އެވެ. އެކަމުގައި މިނިވަން ތަހުޤީޤެއް ހިންގައި، މަރުގެ އަޑީގައި ތިބި ބަޔަކު އޮތީ ނުހޯދި އެވެ. 

މިގޮތަށް ގޮސް ކިތަންމެ މިސާލަކާއި، ކިތަންމެ ވާހަކައެއް ދެއްކިދާނެ އެވެ. ނަމަވެސް އެނގެން އޮތްކަމަކީ ބޮޑެތި މަރުގެ މައްސަލަތަކުގައި ރައީސް ޔާމީނަށް ކުޑައިންވެސް އިންސާފެއް ހޯދައިދެވިފައި ނުވާކަމެވެ. އާއިލާތަކުގެ ކަރުނަތައް ހުއްޓުވުމަކަށް ނެގެނެވުނު ކަމެވެ. މަރުގެ މައްސަލަތަކާއި، ބޮޑެތި މާރާމާރިތައް ނުހުއްޓުވުނު ކަމެވެ. އެ ސަބަބާއި ހުރެ އެކަނިވެސް އެ މަރުތަކުގެ ވާހަކަތައް ދައްކަވައި، އެ ތަހުޤީޤުތައް އަލުން ކުރިއަށް ގެންދަވަން ނުޖެހޭނެކަމަށް ވިދާޅުވެ ވާހަކަ ދައްކަވަން ރައީސް ޔާމީން ލަދުގަންނަންޖެހޭނެ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް