
| 4 ސެޕްޓެންބަރ 2018 | އަންގާރަ 17:15 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ދަރުބާރުގެ ނުލިބުމުގެ ސަބަބުން މި މަހު 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހޮޓެލް އޭޝިއާ އެގްޒިބިޝަން ފަސްކޮށްފިއެވެ.
އެގްޒިބިޝަން ބޭއްވުމަށް ކުރިން ހަމަޖެހިފައި ވަނީ މި މަހުގެ 10 ދުވަހުން ފެށިގެން 12 ދުވަހުގެ ނިޔަލަށެވެ. ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖު މި މަހުގެ 10 ވަނަ ދުވަހު ބޭއްވުން ކެންސަލްކޮށްފައި ވަނީ އެގްޒިބިޝަން ބާއްވާ ކަނޑައަޅާފައިވާ ތަން ނުލިބުމުގެ ސަބަބުންނެވެ. މި އެގްޒިބިޝަން ބޭއްވުމަށް ހަމަޖައްސާފައި ވަނީ ދަރުބާރުގޭގައެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ދަރުބާރުގެ ލިބެން ނެތް ވާހަކަ މި އިވެންޓް އޯގަނައިޒު ކުރާ ފަރާތަށް އަންގާފައި ވަނީ މި މަހުގެ ދެ ވަނަ ދުވަހުއެވެ. އަދި އެހެން ތަނެއްގައި އިވެންޓް ބޭއްވުމަށާއި މުހިއްމު ކަންތައްތަކެއް ހުރުމާއެކު ދަރުބާރުގެ މިވަގުތުދެވެން ނެތް ކަމަށް މި އިވެންޓް އިންތިޒާމުކުރާ ފަރާތް، މޯލްޑީވްޒް އެގްޒިބިޝަންސް އެންޑް ކޮންފަރަންސް ސާރވިސާޒް އަށް ހައުސިންގ މިނިސްޓްރީން ވަނީ އަންގާފައެވެ.
މިފަދަ ބޮޑު އިވެންޓެއް ބޭއްވޭނެ އިތުރު ތަނެއް މާލެއިން ހޯދުން އުނދަގޫ ކަމަކަށްވާއިރު ސަރުކާރުގެ އެކި އިދާރާތަކާ ވާހަކަ ދައްކައިގެން އެކަން ބަދަލު ކުރެވޭނެ ގޮތެއް ހޯދުމަށް މި އެގްޒިބިޝަން އިންތިޒާމް ކުރާ ފަރާތުން މަސައްކަތް ކުރި ނަމަވެސް އެއްވެސް އިދާރާއަކުން ޕޮޒިޓިވް ޖަވާބެއް ލިިބިފައެއް ނުވެއެވެ.
އެގޮތަށް އަންގާފައި ވަނީ އިވެންޓް ބޭއްވުމަށްޓަކައި ބޮޑެތި ތައްޔާރީތަކެއްވެސް ވެފައި ވަނިކޮށެވެ. ދަރުބާރުގެ ނުލިބުމުގެ ސަބަބުން އިވެންޓް ކެންސަލް ކުރަން ޖެހުނު ނަމަވެސް ސެޕްޓެމްބަރު 25 ގެ ފަހުން ދެން މި އެގްޒިބިޝަން ބާއްވާނެ ތާރީހެއް ހާމަ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިދިޔަ އަހަރު ހޮޓެލް އޭޝިއާ އެގްޒިބިޝަން ބާއްވާފައި ވަނީ ސެޕްޓެމްބަރ 18 އިން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. އެފަހަރުގެ އެގްޒިބިޝަންގައި 175 އަށް ގިނަ ކުންފުނިތަކުން ބައިވެރިވިއެވެ.
މި އެގްޒިބިޝަންގެ މެއިން ސްޕޮންސަރަކީ ބެސްޓްބައި މޯލްޑީވްޒް (ބީބީއެމް) އެވެ.
މިއަހަރަކީ ހޮޓެލް އޭޝިއާ އެގްޒިބިޝަން ބޭއްވުމަށް ހަމަޖެހިފައިވާ 14 ވަނަ ފަހަރެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް