22 ޖެނުއަރީ 2019 | އަންގާރަ | 04 ހުވަން
16 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:22
އިރުއަރާ 06:18
ފަތިސް 05:03

ރިޔާސީ އިންތިހާބު 2018

ގުޅިފައިވާ ޕާޓީތަކުގެ ބޮޑު ޖަލްސާ ހޮނިހިރު ދުވަހުގެރޭ ކާނިވަލުގައި

  • އިދިކޮޅު ފަރާތްތަކަށް ޖަލްސާއެއް ބޭއްވުމަށް ތަނެއް މިލިބުނީ 3 އަހަރު ފަހުން
  • ގިނަބަޔަކު ތިބީ މި ޖަލްސާގެ އިންތިޒާރުގައި
  • ޖަލްސާ ބޭއްވުމަށް ކާނިވާ ހަވާލު ކުރާނީ ހޮނިހިރު ދުވަހުގެ ހަވީރު 4 ޖަހާއިރު
އަހުމަދު މުހުސިނު | dhonbandaara

| 4 ސެޕްޓެންބަރ 2018 | އަންގާރަ 17:15 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
  3. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
  4. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  5. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި
  6. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު
  7. ކަރަންޓްގައި ޖެހޭ ގޮތަށް ހައިވޯލްޓޭޖް ކޭބަލްތަކެއް ކަނޑުގެ އަޑިން އަޅާފައި ނުހުންނާނެ: އީޕީއޭ
  8. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު


މާރިޔާ ޕްރެސް ދެއްވަނީ -- އާކައިވް

ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ތިން އަހަރަށްފަހު މާލޭގައި ބާއްވާ ބޮޑު ޖަލްސާ އަންނަ ހޮނިހިރު ދުވަހުގެރޭ އަލިމަސް ކާނިވާ ސަރަހައްދުގައި ބާއްވަން ނިންމައިފިއެވެ.

ގުޅިފައިވާ ޕާޓީތަކުން ބާއްވާ ސިލްސިލާ ޕްރެސް ކޮންފަރެންސްގައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓްގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ އަންގާރަ ދުވަހު ވިދާޅުވީ ތިން އަހަރަށް ފަހު މާލޭގައި ޖަލްސާއެއް ބެއްވުމުގެ ފުރުސަތު ސަރުކާރުން ދިނީތީ އެކަމާ ވަރަށް އުފާ ކުރާކަމަށެވެ. އަދި ޖަލްސާ ބޭއްވުމަށް ފުރުސަތު ލިބުމުން އެއީ އަނިޔާވެރިކަން ހުއްޓުމަކަށް އައުމުގެ މަލަމަތި ފެނުނީ ކަމަށް ބަލައި ރައްޔިތުން ދެމުން އަންނަ ތަރުހީބާއި ފޯރިންވެސް މި ޖަލްސާގެ ބޮޑުކަން ދޭހަ ވާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ ރައްޔިތުން ތިބީ އިއްތިހާދުގެ ޖަލްސާގެ އިންތިޒާރުގައި ކަމަށް ވުމުން ޖަލްސާގެ މާ ބޮޑު އިސްތިހާރެއް ރައްޔިތުން ބޭނުން ނުވާނެ ކަމަށާއި މީޑިއާ ތަކުން ރައްޔިތުންނާ ހަމަޔަށް ޖަލްސާއާ ބެހޭ ސައްހަ ހަބަރު ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ގުޅިފައިވާ ޕާޓީތަކަށް ތަންދޫކޮށްފައިވާއިރު 7 ވަނަ ދުވަހުގެރޭ ޕީޕީއެމުން ވަނީ އެސަރަހައްދުގައި ޖަލްސާއެއް ބޭއްވުމަށް ނިންމާފައެވެ. އެހެންކަމުން ހޯމަ ދުވަހު ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދު ދޫކުރުމަށް ނިންމާފައިވީނަމަވެސް އެތަން ހަވާލު ކުރާނެ ވަގުތެއް ނޭނގުމުގެ ކަންބޮޑުވުން އޮތެވެ. އަދި އެކަން ސާފުކުރުމަށް އެމްޑީޕީގެ ފަރާތުން ވަރަށް ގިނަ ވަގުތު ވަނީ ހައުސިންގ މިނިސްޓްރީގައި ހޭދަ ކޮށްފައެވެ.

ރާއްޖެއެމްވީން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ ހޮނިހިރު ދުވަހުގެ ހަވީރު 4 ޖަހާއިރު ތަން ހަވާލު ކުރުމަށް ހައުސިންގ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

އިއްތިހާދުން ބާއްވަން ހަމަޖައްސާފައިވާ ޖަލްސާއަށް އައުމަށް ހުރަސް އެޅުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާނެ ކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް ހުވަދު އަތޮޅަށް ކުރެއްވި ދަތުރުފުޅަށް ދަތި ކުރުމުގެ ގޮތުން މާލޭގެ އެކި ހިސާބުތަކުން ކަރަންޓު ކަނޑައި މީޑިއާތަކުންވެސް ކަވަރޭޖް ގެނެސް ނުދެވޭގޮތަށް ވަނީ ދަތިތައް ކުރިމަތިކޮށްފައި ކަމަށެވެ. އެހެންނަމަވެސް ރައްޔިތުން ފަސް ނުޖެހި އިބްރާހިމް މުހައްމަދު ސޯލިހާއެކު ސާބިތުވެ ތިބި މަންޒަރު ވަނީ ފެނިފައި ކަމަށާއި ޖަލްސާއަށް ހުރަސް އެޅުމަށް ކިތަންމެ މަސައްކަތެއް ކުރި ކަމުގައި ވިޔަސް މި ޖަލްސާގެ އިންތިޒާރުގައި ތިބި ރައްޔިތުންތަކެއް ޖަލްސާއަށް އައުން ނުހުއްޓުވޭނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް