24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:54
ފަތިސް 04:42

ރާއްޖެ - އިނގިރޭސިވިލާތް

ރާއްޖެއާ މެދު ކަންބޮޑުވުން ފާޅުކުރަނީ ވަކި ދީނެއް އޮވެގެނެއް ނޫން: އިނގިރޭސި ސަފީރު

 • ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި އޮތުމަކީ އިނގިރޭސިވިލާތުން ބަޔާންތައް ނެރޭއިރު ބަލާ ކަމެއް ނޫން
 • ރާއްޖޭގެ ކަންކަން ނިންމުމާއި ކުރިޔަށް ގެންދިޔުމުގެ ހުރިހާ ބާރެއް ވެސް އޮންނާނީ ދިވެހި ރައްޔިތުންގެ އަތްމަތީގައި
 • އެގައުމަކީ ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ގާތުން ބަލަމުން އަންނަ ގައުމެއް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 4 ސެޕްޓެންބަރ 2018 | އަންގާރަ 15:41 | |

މަގުބޫލް

 1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
 2. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
 3. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
 4. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
 5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
 6. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
 7. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
 8. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟


އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: އަހްމަދު ސާއިފް ޝިޔާދް

ރާއްޖެއާ މެދު އިނގިރޭސިވިލާތުން ކަންބޮޑުވުން ފާޅުކުރަނީ ރާއްޖޭއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވުމުން ނޫން ކަމަށް އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ހާލަތާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރަނީ ދީނުގެ މައްސަލައެއްގައި ނޫން ކަމަށާއި ރާއްޖެ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި އޮތުމަކީ އިނގިރޭސިވިލާތުން ބަޔާންތައް ނެރޭއިރު ބަލާ ކަމެއް ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއާ އިނގިރޭސިވިލާތާއި ގުޅިގެން ހައްލުކުރަން މަސައްކަތްކުރެވޭނެ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ.  

ރާއްޖޭގެ ރައްޔިތުން އެހެން ގައުމުތަކަށް ޖިހާދަށް ދިޔުމަކީ ރާއްޖޭގެ ސަރުކާރުން ވެސް ކަންބޮޑުވުން ފާޅުކުރާ ކަމެއް ކަމަށާއި އެކަމާއި ގުޅިގެން ރާއްޖޭގެ ސަރުކާރާއި މަޝްވަރާ ކުރެވިފައިވާ ކަމަށް ވެސް ޑޯރިސް ވިދާޅުވިއެވެ. ހަމައެހެންމެ ކޮންމެ އަހަރަކު ރާއްޖެއަށް އިނގިރޭސިވިލާތަށް ނިސްބަތްވާ ލައްކައެއްހާ ފަތުރުވެރިން ޒިޔާރަތްކުރާކަން ފާހަގަކުރައްވާ ޑޯރިސް ވިދާޅުވީ އެފަރާތްތައް އަލުން އެނބުރި ސަލާމަތާއި ރައްކާތެރިކަމާއެކު ގައުމަށް ދިޔުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ރާއްޖެއިން އަދާކުރާ ދައުރަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ.

އަމިއްލަ ގައުމުގައި ކުރެވިފައިވާ ތަޖުރިބާއަށް ބަލައި ތަފާތު އެކި ފިކުރުތަކާއެކު އިނގިރޭސިވިލާތަށް ވަރަށް ބޮޑު ކުރިއެރުންތަކެއް އައިސްފައިވާކަން ފާހަގަކުރައްވާ ޑޯރިސް ވިދާޅުވީ ރާއްޖޭގެ ކަންކަން ނިންމުމާއި ކުރިޔަށް ގެންދިޔުމުގެ ހުރިހާ ބާރެއް ވެސް އޮންނާނީ ދިވެހި ރައްޔިތުންގެ އަތްމަތީގައި ކަމަށެވެ.

އިނގިރޭސި ސަފީރު މިގޮތަށް ވިދާޅުވެފައިވާއިރު އެގައުމަކީ ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ގާތުން ބަލަމުން އަންނަ ގައުމެކެވެ. އެގޮތުން އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ވެސް އެންމެ ފުރަތަމަ ގޮވާލި ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނެއެވެ. ހަމައެހެންމެ ރާއްޖޭގެ ސަރުކާރުގެ އިސްވެރިންނާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ވިލާތުގެ އިއްތިހާދުން ފާސްކުރި އޮނިގަނޑަށް އިނގިރޭސިވިލާތުން ވަނީ އަމަލުކުރަން ފަށާފައެވެ. އިނގިރޭސިވިލާތަކީ މި އޮނިގަނޑަށް އަމަލުކުރަން ފެށި ފުރަތަމަ ޤައުމެވެ.

ރާއްޖޭގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކޮށް އިނގިރޭސިވިލާތާއި އެހެނިހެން ގައުމުތަކުން ބަޔާންތައް ނެރެމުންދަނީ ރާއްޖެއިން އިސްލާމް ދީން ފޮހެލުމަށް ކަމަށް ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ އިސްވެރިން ދަނީ ބުނަމުންނެވެ. އެހެން ނަމަވެސް މިއިން އެއްވެސް ބަޔާނެއްގައި ރާއްޖޭގައި އެހެން ދީނެއް އޮންނަން ޖެހޭނެ ކަމަށް ބުނެފައެއް ނުވެއެވެ. ގައުމުތަކުން މިހާތަނަށް ނެރެފައިވާ އެއްވެސް ބަޔާނަކަށް ސަރުކާރުން އިޖާބަ ދީފައިނުވާއިރު ސަރުކާރުން އެކި ގައުމުތަކުގެ ވާހަކަ އޮޅުވާލައި ގައުމުތަކާއި ޖެހި ގަތުމަށް މަސައްކަތްކުރަމުންދާ ކަމަށް ޑިޕްލޮމެޓުން ދަނީ ބުނަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

nurabo

3 ހަފްތާކުރިން

thihen buneema engijje ekama kann emme kanbodu vanee..

0
0