13 ނޮވެންބަރު 2018 | އަންގާރަ | 13 ވިހާ
05 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:54
އިރުއަރާ 05:50
ފަތިސް 04:36

އައްޝައިޚް އިލްޔާސް ހުސެއިން

ޝައިޚް އިލްޔާސް ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފައިވާ ކަމަށް އަޑުފެތުރެނީ!

  • އިލްޔާސް މިވަގުތު ހުންނެވީ ފުވައްމުލަކުގައި
  • ޕީޕީއެމްގެ ޕީޖީ ލީޑަރ ނިހާން ވަނީ އިލްޔާސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ޖެހޭކަމަށް ވިދާޅުވެފައި
  • ޝައިޚް އިލްޔާސްގެ ތަޤްރީރުތަކަށް ގިނަބަޔަކު ދަނީ ޝައުގުވެރިވަމުން
އަހުމަދު މުހުސިނު | dhonbandaara

| 4 ސެޕްޓެންބަރ 2018 | އަންގާރަ 15:30 | |

މަގުބޫލް

  1. ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވެއްޖެ
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  4. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  5. އަދީބްގެ ހާލަތު ރަނގަޅެއް ނުވޭ، ޑޮކްޓަރުން ލަފާދެނީ ލޭޒަރ ޓްރީޓްމަންޓަށް
  6. ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް
  7. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  8. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ


ޝައިޚް އިލްޔާސް ހުސައިން ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާގައި ތަޤްރީރު ދެއްވަނީ -- ރާއްޖެއެމްވީ

ރައީސް އަބްދުﷲ ޔާމީނަށް ނިސްބަތް ކުރައްވައި، ދީނީ ޢިލްމުވެރިޔާ އަދި ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އިލްޔާސް ހުސައިން ވާހަކަފުޅު ދައްކަވަން ފެއްޓެވުމާ އެކު، އޭނާ ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެފައިވާކަމުގެ އަޑުތައް ފެތުރެން ފަށައިފި އެވެ. 

ސޯޝަލް މީޑިޔާގައި އެވާހަކަ ދައުރުވަމުންދާއިރު ބައެއް އެހެން މަސްދަރަކުންވެސް އެ މައުލޫމާތު ރާއްޖެ އެމްވީއާ ވަނީ އެނގިފަ އެވެ. ނަމަވެސް އެފަދަ އަމުރެއް ނެރެފައިވާކަން ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އަދި ހާމަކޮށްފައެއް ނެތެވެ. 

ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުކުރައްވާކަމަށް އިލްޔާސް ވިދާޅުވުމާއެކު ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެފައި މިވަނީ އިލްޔާސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ޖެހޭކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރ އަހުމަދު ނިހާން ހުސައިން މަނިކު ގޮވާލައްވާފައި ވަނިކޮށެވެ.

ގުޅިފައިވާ ޕާޓީތަކުން މި މަހުގެ 1 ވަނަ ދުވަހުގެ ރޭ އައްޑޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން، އިލްޔާސް ވަނީ ޑރ. އަފްރާޝީމާ ގުޅޭ ގޮތުން ގިނަ ވާހަކަތަކެއް ދައްކަވާފަ އެވެ. އެގޮތުން މީގެ ހަ އަހަރު ކުރިން، އަފްރާޝީމް އަވަހާރަކޮށްލުމުގެ ކުރިން އޭނާއާ އިލްޔާސްއާ ދެމެދު އެންމެ ފަހުން ދެކެވުނު ވާހަކަތަކާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދެއްކެވި އެވެ. އަދި ޑރ. އަފްރާޝީމް އަވަހާރަކޮށްލި ފަހުން، އެކަމާ ގުޅުން ހުރި ކަމަށް ތުހްމަތުކުރެވޭ ނުވަ ޒުވާނަކު، އެކި ފަހަރު މަތިން މަރާލާފައިވާ ކަމަށް ބުނާ ވާހަކަތަކެއް ސޯޝަލް މީޑިއާއިން ފެނިވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.

އެ ވާހަކަތަކާ ގުޅިގެން މިމަހުގެ ދެވަނަ ދުވަހު ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އަފްރާޝީމް ގަތުލުކޮށް، މި ދުނިޔޭން ނެތި ކޮށްލި ބަޔަކު އިނގޭ ކަމަށް" އިލްޔާސް ވިދާޅުވެފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެ މައުލޫމާތު ފުލުހުން ސާފު ކުރަން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

އޭގެ ފަހުން ހޯމަ ދުވަހުގެ ރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާއެއްގައި ޝައިޚް އިލްޔާސް ވަނީ ޑރ އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން އެތައް ސުވާލެއް ކުރިމަތި ކުރުވާފައެވެ. އެގޮތުން އެމައްސަލައިގައި ސުޕްރީމް ކޯޓުން މެރުމަށް ހުކުމްކޮށްފައިވާ ހުސައިން ހުމާމް އެކަން ކޮށްފައިވާނަމަ އެކަން ކުރި ސަބަބެއް ހޯދަން ޖެހޭނެ ކަމަށް ވެފައިވެ އެވެ. 

ޝައިޚް އިލްޔާސް ހައްޔަރު ކުރަން އުޅޭ ކަމުގެ އަޑު ފެތުރިފައި މިވަނީ މި ދެތިން ދުވަހު ކުރެއްވި ދީނީ ތަޤްރީރު ތަކަކަށް ގިނަ ރައްޔިތުން ތާއީދު ކުރާކަން ހާމަ ކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި އެކަމުގެ ސަބަބުން ސަރުކާރުގެ ކެމްޕޭން މަޑުޖެހި ރަނިންގ މޭޓް ޑރ ޝަހީމާއި ޕީޕީއެމްގެ އެހެނިހެން ބޭފުޅުން ޝައިޚް އިލްޔާސްގެ ވާހަކަތަކަށް ރައްދު ދެމުންދާ ދަނޑިވަޅެއްގައެވެ.

ޝައިޚް އިލްޔާސް މިވަގުތު ހުންނެވީ ފުވައްމުލަކުގައެވެ. މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ކޮށްފިނަމަ

2 މަސް ކުރިން

ހަޔަރު ކޮށްފިނަމަ ޤައު ކޮލަޕްސްވާނެ

0
0