23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

އާސަންދަ ހިދުމަތް

ޓްރީޓޮޕް ހޮސްޕީޓަލުން އެހެން ޕްރައިވެޓް ހޮސްޕިޓަލްތަކޭ އެއްގޮތަށް އާސަންދަ ހިދުމަތް ދޭން ފަށައިފި

  • ބޭސްފިހާރައިންވެސް އާސަންދަ ލިބޭނެ
  • ޑޮކްޓަރަށް ދެއްކޭނީ 325ރ. އަށް
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 4 ސެޕްޓެންބަރ 2018 | އަންގާރަ 13:47 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  7. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  8. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ


ޓްރީ ޓޮޕް ހޮސްޕިޓަލް -- ފޮޓޯ: މުހައްމަދު ޝަރުހާން

ޓްރީ ޓޮޕް ހޮސްޕީޓަލުން އެހެން ޕްރައިވެޓް ހޮސްޕިޓަލްތަކޭ އެއް ގޮތަށް އާސަންދަ ހިދުމަތް ދޭން ފަށައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ، އެހެން ޕްރައިވެޓް ހޮސްޕިޓަލުތަކޭ އެއްގޮތަށް އާސަންދައިން ކަވަރ ކުރާ މިންވަރު އެ ހޮސްޕިޓަލުންވެސް ލިބިގެންދާނެއެވެ.

އެގޮތުން އެހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކާލުމަށްޓަކައި އާންމު ރައްޔިތުންގެ އަތުން މިހާރު ހަރަދުވާނީ 325ރ. ކަމަށް އޮފިޝަލް ވިދާޅުވިއެވެ. މީގެ ކުރިން ޓްރީ ޓޮޕްއިން ޑޮކްޓަރަށް ދެއްކުމަށްޓަކައި 525ރ. ދައްކަންޖެހެއެވެ. އާސަންދައިން މިހާރު 200ރ. ޑޮކްޓަރަށް ދެއްކުމުގެ ކަވަރޭޖަށް ލިބިގެންދެއެވެ.

ހޮސްޕިޓަލުގެ އިތުރަށް ބޭސްފިހާރައިން ވެސް އާސަންދަ ހިދުމަތް ލިބިގެންދާނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ އިންވެސްޓްގައި ހިއްސާވަނީ ޗަމްޕާ ހުސެއިން އަފީފާއި، ޗަމްޕާ މުހައްމަދު މޫސާ އާއި އަހުމަދު ނަޒީރާއި އަހުމަދު ސަލީމް (ގަދަގޭ ސަލީމް)، އިބްރާހިމް ނޫރައްދީނާއި އަބްދުލްޣަނީ އަދި ސަލީމްގެ ދަރިކަލުން އާދަމް ސަލީމް (އެޑަމް) ގެ އިތުރުން ޑރ. އިބްރާހިމް ވިޝާން އަދި ލާސް ޕީޓާއެވެ.

ގާތްގަނޑަކަށް 110 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީ ކޮށްފައިވާ އެ ހޮސްޕިޓަލުގައި  210  އެނދު ގާއިމް ކުރެވިފައިވާ އިރު އެ ހޮސްޕިޓަލުގެ ހިދުމަތްތަކަކީ މެލޭޝިއާގެ ސިމް ޑާބީ ހެލްތްކެއަރ އާއި އޮސްޓްރެއިލިއަރގެ ރަމްސީ ހެލްތްކެއަރއާ ގުޅިގެން ހިދުމަތްތައް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް