24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:54
ފަތިސް 04:42

ރައީސް ޔާމީން 2018

ވޯޓުލާ ދުވަހުގެ ކުރިން ވެލާނާ އެއާރޕޯޓްގައި ދުނިޔޭގައި މިހާތަނަށް ނުވެސް އުފައްދާ މަތިންދާބޯޓެއް ޖައްސާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ!

  • ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވަނީ ވޯޓުގެ ކުރިން އެންމެބޮޑު މަތިންދާ ބޯޓު A38 ވެލާނާ އެއާރޕޯޓުގައި ޖައްސާނެ ކަަމަށް
  • ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަކީ 1.2 ބިލިއަން ޑޮަލަރު ކަމަށް ސަރުކާރަށް ނިސްބަތްވާ ބައެއް ބޭފޫޅުން ވިދާޅުވޭ
  • ރައީސް ޔާމީން ވިދާޅުވަނީ A38 މަތިންދާ ބޯޓު ވެލާނާ އެއާރޕޯޓުގައި ޖެއްސުމަކީ ރާއްޖެއިން ރޮކެޓް ހަދައިގެން ހަނދަށް ދިޔުންފަދަ ކަމެއް ކަމަށް
މުހައްމަދު ފަޒީން | phaxyn

| 4 ސެޕްޓެންބަރ 2018 | އަންގާރަ 13:15 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  3. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  4. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  7. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  8. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟


ދުނިޔޭގެ އެންމެބޮޑެތި މަތިންދާ ބޯޓު އެއާރބަސް A380 މަރުކާގެ މަތިންދާ ބޯޓެއް -- ގޫގުލް

މިމަހުގެ 23 ވަނަ ދުވަހު ވޯޓުލާން ފެށުމުގެ ކުރިން ވެލާނަ އިންޓަރނޭޝަނަލް އެއާރޕޯޓުގައި މިހާތަނަށް ދުނިޔޭގެ އެއްވެސް ބަޔަކު އުފައްދާފައިނުވާ މަތިންދާ ބޯޓެއް ޖައްސާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އދ. މާމިގިއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް ޔާމީން ވިދާޅުވީ މިމަހުގެ 23 ވަނަ ދުވަހުގެ ކުރިން ރާއްޖޭގެ ބައިނަލްއަގްވާމީ އެއާރޕޯޓުގައި ދުނިޔޭގައި އުދުއްސާ އެންމެ ބޮޑު މަތިންދާ ބޯޓު A38 ޖައްސާނެ ކަމަށެވެ. 

"މިއަދު އަޅުގަނޑުމެން މިދައްކަނީ 23ގެ ވޯޓުގެ ކުރިން އަޅުގަނޑުމެންގެ ބައިނަލްއަގްވާމީ އެއާރޕޯޓުގައި ދުނިޔޭގައި އުދުއްސާ އެންމެ ބޮޑު މަތިންދާ ބޯޓް A38 ޖައްސާ ވާހަކަ. މިއީ ކުޑަކުޑަ ގައުމަކުން ރޮކެޓް ހަދައިގެން ހަނދަށް ދިއުން ކަހަލަކަމެއް، މީގެކުރިން ދިވެހިން މީގެކުރީގަތިބި ވިސްނުމުގައި ތިބިނަމަ. މިއަދު މިދައްކަނީ A38 ދިވެހިރާއްޖޭގެ އެއާރޕޯޓަށް ޖައްސާ ވާހަކަ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެ ޖަލްސާގައި ރައީސް ޔާމީން ވަނީ ތަކުރާރުކޮށް A38 މަތިންދާ ބޯޓު ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ޖައްސާނެ ކަމަށް ވިދާޅުވެފަ އެވެ. 

ރައީސް ޔާމީން އެގޮތަށް ވިދާޅުވެފައިވާތީ އެފަދަ ކަންކަން އެނގޭ އަދި އެއާރޕޯޓުގައި މަސައްކަތްކުރާ ބައެއް ފަރާތްތަކުން ދަނީ ރައީސް ޔާމީނަށް ފާޑު ވިދާޅުވަމުން ނެވެ. 

މިހާތަނަށް ދުނިޔޭގެ އެއްވެސް ބަޔަކު ރައީސް ޔާމީން އެވިދާޅުވާ މަތިންދާ ބޯޓެއް އުފައްދާފައިވާކަން އެނގޭކަށް ނެތެވެ. ނަމަވެސް އެއާބަސްއިން އުފައްދާ ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓުގެ މޮޑެލްއަށް ދީފައިވާ ނަމަކީ އެއާރބަސް A380 އެވެ. އެއީ ޑަބަލް ޑެކް އަދި އެހެން މަތިންދާ ބޯޓުތަކަށްވުރެ ފުޅާކޮށް، ހަތަރު ޖެޓް އިންޖީނާއެކު އުފައްދާފައިވާ މަތިންދާ ބޯޓެކެވެ. 

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް މިސަރުކާރުން 1.2 ބިލިއަން ޑޮލަރުގެ ލޯނެއްގައި ތަރައްގީ ކުރަމުންދާއިރު، މިމަހުގެ 23ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުގެ ކުރިން އަލަށް ހެދި ރަންވޭއާއި އެއާރޕޯޓްގައި އަލަށް ހެދި ބައެއް ތަންތަން ހުޅުވުމަށްޓަކައި ސަރުކާރުން ދަނީ މަސައްކަތް ކުރަމުން ނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ދޮންހަސަންބެ

3 ހަފްތާކުރިން

މައުލޫމާތު ހޯދައިގެން ތަންތަނުގައި ވާހަކަ ދައްކާނަމަ މި ބޭޒާރެއް ނުވެފަރު ޖެހުނީސް.

1
0
ޔަސް

3 ހަފްތާކުރިން

ބޯޓެއް އުފެއްދުމުމުގެ ކުޅަދާނަކަން ޔާމީން ގެ އެބަހުރި ހަދާފަވެސް ޖައްސަ ފާނެ

4
9