23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:43

ބިރުވެރިކަން ބޮޑުވުން

މާލޭގެ މަގުތަކުގައި ބިރުވެރިކަން ބޮޑުވެފައި!

  • އިންތިޚާބާއި ދިމާކޮށް 300 އެއްހާ ކުށްވެރިން ދޫކޮށްލާފައިވާކަމަށް ވަނީ ރިޕޯޓުކުރެވިފައި
  • ސޯޝަލްމީޑިއާގައި ފުލުހުންނަށް ފާޑު ކިޔުން
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 4 ސެޕްޓެންބަރ 2018 | އަންގާރަ 12:14 | |

މަގުބޫލް

  1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  2. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ


އަންހެނެއްގެ އަތް ދަބަސް ފޭރޭ ވީޑިއޯގެ ސްކްރީން ޝޮޓެއް -- ވީޑިއޯ ސްކްރީން ޝޮޓް

މިމަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބާއި ދިމާކޮށް މިދިޔަ މަހުން ފެށިގެން ބައެއް ކުށްވެރިންނަށް ލުއި ދެއްވައި ދޫކުރަމުންނެވެ. ނުރައްކާތެރި ކުށްވެރިން ދޫކޮށްލަމުންދާއިރު މަގުމަތީގައި ފޭރި ފާޅުގައި ހަތިޔާރު ހިފައިގެން ކަތިލާ މަރަމުންދަނީ މީހުންގެ ލޯމަތީގައެވެ.

ނިމިގެން ދިޔަ ދެހަފްތާތެރޭގައި އެކަނިވެސް އެފަދަ އެތަކެއް ކުށްތަކެއް ވަނީ ފެނިގެން ގޮސްފައެވެ.

މިމަހުގެ 1 ވަނަ ދުވަހު އަންހެންކުއްޖަކު ސައިކަލުގައި ދުއްވާފައިދަނިކޮށް ދެމީހަކު ފަހަތުން ސައިކަލުގައި އައިސް އަންހެންކުއްޖާ ދުއްވަމުންދިޔަ ސައިކަލު ކުރިމައްޗަށް ހުރަސްކޮށްލާ  ސައިކަލުގެ ފަހަތުގައި އިން މޫނު ނިވާކޮށްގެން އިން މީހާއެ އަންހެންކުއްޖާގެ ދަބަސް ވަނީ ފޭރިގެންފައެވެ. އެ ވީޑިއޯ ސޯޝަލް މީޑީއާގައި ދަނީ ދައުރުވަމުންނެވެ.

އޮގަސްޓް 31 ވަނަ ދުވަހުގެރޭ އެމްއެމްއޭ ސަރަޙައްދުގައި ތޫނު އެއްޗަކުން ހަމަލާދީ 18 އަހަރުގެ ކުއްޖަކު ވަނީ މަރާލާފައެވެ.

އޮގަސްޓް 28 ގައި މާފަންނު ސަރަހާ ކައިރީގައި މާރާމާރީއެއް ހިންގައި ތިން މީހަކު ވަނީ ޒަޚަމްކޮށްލާފައެވެ.

26 އޮގަސްޓް ގައި ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި އިސްކަންދަރު ސްކޫލް ފުރަގަހުން އޮންނަ ސީރާޒީ ގޯޅި ތެރޭގައި މާރާމާރީއެއް ވަނީ ހިންގާފައެވެ. އެ ވީޑިއޯގައި ބޮޑެތި ވަޅިއާއި ކޯރާޑި ފަދަ ހަތިޔާރު ގެންގުޅޭތަން ފެނެއެވެ.

މިހަފްތާތެރޭގައި ކަނޑު ދަތުރުކުރާ ބޯޓެއްގައި މަންމައަކު ދެ އަންހެން ދަރިން ގޮވައިގެން މާލެ ދަތުރުކުރަނިކޮށް އެ ބޯޓުގެ ބިދޭސީ ފަޅުވެރިއަކު އެމައިމީހާގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރި ވާހަކައެއީ ސޯޝަލްމީޑިއާގައި ދެކެވެމުންދާ ވާހަކައެކެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެހެން ވީޑިއޯއެއްގައި ވަނީ  ގެއެއްގެ ދޮރާށި ކައިރީގައި މަޑުކޮށްލައިގެން ތިބި ދެ ފިރިހެނުންގެ ތެރެއިން"ބެކްޕެކެއް" އަޅުވައިގެން ހުރި ފިރިހެންމީހާގެ ދަބަހުން  ވޮލެޓެއް ވަގަށް ނަގާ ތަނެވެ. ވޮލެޓް ނަގައިގެން ވައްކަން ކުރިމީހާ އެތާ ހުރިއިރު އަނެއްމީހާއަށް އެކަމެއް ރޭކާވެސް ނުލައެވެ.

ފާޅުކަން ބޮޑު ގޮތެއްގައި ނުރައްކާތެރި ކުށްތައް ކުރަމުން ދާއިރު މިކަންތައްތަކުގައި ޒިންމާވާން ޖެހެނީ ކޮންބައެއް ހެއްޔެވެ؟

ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ކެމްޕޭނުގެ ތެރެއިން އޮގަސްޓް 28 ވަނަ ދުވަހު ރ. އިންނަމާދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓުލުމާ ދިމާކޮށް، "ވިޔާނުދާ ނުރައްކާތެރި" ކަންކަން ހިންގަން ފަށާފައިވާ ކަމަށެވެ. ސީރާޒީ ގޯޅިތެރޭގައި ހިންގި މާރާމާރީއާއި ގުޅިގެން ވިދާޅުވީ މާރާމާރީގައި ޒަހަމްވި މީހާގެ ހާލު ސީރިއަސް ކަމަށާއި ނަމަވެސް އެ އަމަލަކީ ވަކި ބަޔަކު ކުރުވާ ކަމެއް ކަމަށް ނުބުނާނެ ކަމަށެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައިވާއިރު އިންތިޚާބާއި ދިމާކޮށް 300 އެއްހާ ކުށްވެރިން ދޫކޮށްލާފައިވާކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ. ވައްކަމާއި ފޭރުން އާންމުވެ އާންމުންގެ ކަންބޮޑުވުން އިތުރު ވެފައިވާއިރު އެންމެ ފަހުން މަރާލި ކުއްޖާ މަރާލާފައިވަނީ ގްރީން ޒޯންގައި އެމްއެމްއޭ ކައިރިންނެވެ. ސިޔާސީ ފަރާތްތައް އެހިސާބާއި ކައިރިއަށްވެސް ނުދެވޭވަރަށް ފުލުހުން އެސަރަހައްދު ބަލަމުންދާއިރު އެކުއްޖާ މަރުވިރޭ ފުލުހުން ކޮބާތޯބުނެ ސޯޝަލްމީޑިއާގައި ފުލުހުންނަށް ފާޑުކިޔުންވަނީ އަމާޒުވެފައެވެ. އަދި ރައްޔިތުންނަށް ރައްކާތެރިމާއި އަމާންކަން ކަށަވަރުކުރަން ތިބި ބަޔަކީ ފުލުހުންކަމަށްވާއިރު އެ ރައްކާތެރިކަން ކޮބާތޯ ވަނީ ސުވާލުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް