20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

އަފްޣާނިސްތާނުގެ ހަމަނުޖެހުން

އަފްޣާނިސްތާނުގެ ހައްޤާނީ ނެޓްވޯކުގެ ފައުންޑަރ މަރުވެއްޖެ

  • ހައްްޤާނީ ނެޓްވޯކް މިހާރު ބަލަހައްޓަނީ ހައްޤާނީގެ ފިރެހެން ދަރިފުޅު
  • ހައްޤާނީ މަރުވީ ކޮންއިރަކު ކޮންތާކު ކަމެއް ނޭނގެ
އަބުދުﷲ މުހައްމަދު | 8Abbo

| 4 ސެޕްޓެންބަރ 2018 | އަންގާރަ 11:49 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  4. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  5. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  8. ސްކޫލް ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!


ހައްޤާނީއަކީ ސޯވިއެޓް ޔޫނިއަންއާ ދެކޮޅަށް ހަނގުރާމަކުރި ގެރިއްލާ ލީޑަރެއް -- އޭޕީ

އެތައް އަހަރެއްވަންދެން ބަލިވެ އުޅުމަށްފަހު ހަނަގުރާމަވެރި ހައްޤާނީ ނެޓްވޯކްގެ ފައުންޑަރ މަރުވެއްޖެކަމަށް އަފްޣާނިސްތާނުގެ ތާލިބާނުން ހާމަކޮށްފިއެވެ.

ޖަލާލުއްދީން ހައްޤާނީއަކީ އަފްޣާނިސްތާނުގައި ފާހަގަކޮށްލެވޭ ހަނގުރާމަވެރިއެއްގެ އިތުރުން ތާލިބާނާއި އަލްގައިދާއާވެސް ގާތް ގުޅުމެއް އޮތް ހަނގުރާމަވެރިއެކެވެ.

ހައްގާނީ ޖަމާއަތް 2011 ވަނަ އަހަރުންފެށިގެން ކޮންޓްރޯލް ކުރަމުންދަނީ ޖަލާލުއްދީން ހައްޤާނީގެ ފިރެހެން ދަރިފުޅު ކަމަށްވަނީ ބެލެވިފައެވެ.

މި ވޭތުވެދިޔަ އަހަރުތަކުގައި އަފްޣާނިސްތާނުގައި ރޭވިގެން ދިން ގިނަ ހަމަލާތަކަކާއި ނޭޓޯގެ ފައުޖުތަކަށް ދިން ހަމަލާތަކުގެ ފަހަތުގައިވެސް އެ ޖަމާއަތްވެއެވެ.

ހައްޤާނީ މަރުވީ ކޮންއިރަކު ކޮންތާކު ކަމެއް ބަޔާނުގައި ބުނެފައެއްނުވެއެވެ.

ހައްގާނީ މަރުވެއްޖެ ކަމުގެ ދޮގު ޚަބަރުތައް މި ފަހުގެ އަހަރުތަކުގައިވަނީ ފެތުރިފައެވެ.

ޖަލާލުއްދީން ހައްޤާނީއަކީ ސޯވިއެޓް ޔޫނިއަންގެ ފައުޖުތަކުން 1980ގައި އަފްޣާނިސްނުގައި ހަނގުރާމަކުރިއިރު އެ ފައުޖުތަކާ ދެކޮޅަށް ހަނގުރާމަކުރި އަފްޣާނިސްތާނުގެ ގެރިއްލާ ހަނގުރާމަވެރިންގެ ލީޑަރެކެވެ.

އެމެރިކާގެ އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި ހައްޤާނީއަކީ އެ މީހަކު ހޯދައިގެން ގެނެސްފި ނަމަ ސެންޓްރަލް އިންޓެލިޖެންސްއިން އިނާމު ދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފަރާތެކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް