20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

މުދަލު ޒަކާތް

މިދިޔަ އަހަރުގެ މުދަލުގެ ޒަކާތް ބަހަން ފަށައިފި

  • ބޮލަކަށް 1000 ދިވެހި ރުފިޔާގެ ރޭޓުން މުދަލު ޒަކާތް ބެހުމަށް ވަނީ ހަމަޖެހިފައި
  • އައްޑޫ، ފުވައްމުލަކު އަދި ގދ. ތިނަދޫ ފިޔަވައި އަތޮޅުތެރޭގެ ހުރިހާ ރަށަކަށް އެރަށެއްގައި ފަގީރުން އުޅޭ ނިސްބަތުން ޒަކާތުގެ ފައިސާ ވަނީ ފޮނުވާފައި
އަމްނާ އިމާދު | @amnabinthimad

| 4 ސެޕްޓެންބަރ 2018 | އަންގާރަ 11:37 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  8. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި


އިސްލާމިކް މިނިސްޓްރީން ޒަކާތް ބަހަނީ -- ފޮޓޯ: ރާއްޖެ އެމްވީ -- އާކައިވް

މިދިޔަ އަހަރުގެ މުދަލު ޒަކާތް އިސްލާމިކް މިނިސްޓްރީން ބަހަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން 2017 ވަނަ އަހަރުގެ މުދަލުގެ ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުން ފެށިގެން މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 15:00 އާއި ހަމައަށް ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލެ ސިޓީގައި ޒަކާތް ބެހުމުގެ ކަންކަން ކުރިއަށް ދަނީ އިސްލާމީ މަރުކަޒު ހޯލުގައި ކަމަށެވެ.

މީގެ އިތުރަށް މިނިސްޓްރީން ބުނީ ބޮލަކަށް 1000 ދިވެހި ރުފިޔާގެ ރޭޓުން މުދަލު ޒަކާތް ބެހުމަށް ހަމަ ޖެހިފައިވާ ކަމަށާއި، އައްޑޫ، ފުވައްމުލަކު އަދި ގދ. ތިނަދޫ ފިޔަވައި އަތޮޅުތެރޭގެ ހުރިހާ ރަށަކަށް އެރަށެއްގައި ފަގީރުން އުޅޭ ނިސްބަތުން ޒަކާތުގެ ފައިސާ ފޮނުވާފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލެ ސިޓީގައި 3302 ފަގީރުންނަށް 2017 ވަނަ އަހަރުގެ މުދަލުގެ ޒަކާތް ބެހުމަށް ހަމަޖެހިފައިވާއިރު އައްޑޫ، ފުވައްމުލަކު އަދި ގދ.ތިނަދޫ ފިޔަވައި އަތޮޅުތެރޭގައި ޖުމްލަ 9992 ފަގީރުންނަށް މިފަހަރުގެ ޒަކާތް ބެހުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް