18 ފެބުރުއަރީ 2019 | ހޯމަ | 06 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ރިޔާސީ ރޭސް 2018

ޑރ އަފްރާޝީމަށް ވީގޮތް ވެދާނެ ކަމުގެ އިންޒާރުދީ ޝައިޚް އިލްޔާސްއަށް ބިރުދައްކައިފި

  • މަހަކު 6000 ޑޮލަރު ދޭނެކަމަށްވެސް ބުނި
  • އަންހެން ކުދިން ތަކެއްގެ މައްސަލައިގެ ސީޑީއެއް ހާމަކުރާނެ ކަމަށްވެސް ވަނީ ބުނެފައި
  • ތާއީދު ކުރަނީ އިބްރާހީމް މުހައްމަދު ސޯލިހަށާއި ފައިސަލް ނަސީމަށް
އަހުމަދު މުހުސިނު | dhonbandaara

| 4 ސެޕްޓެންބަރ 2018 | އަންގާރަ 11:18 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  5. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


ޝައިޚް އިލްޔާސް ތަޤްރީރެއް ދެއްވަނީ -- ގޫގުލް

އަނިޔާވެރި ގޮތަކަށް އަވަހާރަ ކޮށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ އަފްރާޝީމް ޢަލީއަށް ވީގޮތް ވެދާނެ ކަމުގެ އިންޒާރުދީ ޝައިޚް އިލްޔާސް ހުސައިންއަށް ބިރުދައްކަން މީހަކު މަސައްކަތް ކޮށްފިއެވެ.

ޢަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އެކަން ހާމަ ކުރެއްވީ ހޯމަ ދުވަހުގެރޭ ފުވައްމުލަކު ސިޓީގައި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

އެޖަލްސާގައި ޚިޔާނާތާއި ޚިޔާނާތުގެ ބިރުވެރިކަމާ ގުޅޭގޮތުން ތަޤްރީރު ދެއްވަމުން ޝައިޚް އިލްޔާސް ވިދާޅުވީ ޝައިޚަށް ފައިސާ ދީގެން ކޮޅު ބަދަލު ކޮށްލުމަށާއި ބްލެކް މެއިލް ކުރުމަށް މީހަކު މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެވަރުންވެސް އެމީހާގެ މަސައްކަތް ކާމިޔާބު ނުވުމުން ޑރ އަފްރާޝީމް ޢަލީއަށް ވީ ދެރަގޮތް ހަނދާން ކުރުމަށް އިންޒާރު ދީފައިވާ ކަމަށެވެ.

"އަޅުގަނޑަށް ފުރަތަމަ ބުނީ ކަލޭ ހިފި ރިޝްވަތާ ހުރިހާ ރުފިޔާ ފައިސާގެ އެވިޑެންސް އެބަހުއްޓޭ ކަލޭ ތީ ވިކިފައި ހުރި މީހެކޭ. އަޅުގަނޑު ދެންނެވިން އަވަހަށް މީޑިޔާގައި ދޭށޭ ތިވާހަކަ. އަޅުގަނޑުގެ އެކައުންޓްތައްވެސް ބަލާށޭ. އާ ކަލޭ އެކަންޏޭ ނުވެ ހުރީ. އެއްކަލަ ބްލެކްމެއިލް ކުރަން. ހީވަނީ އަޅުގަނޑުމީ ގަމާރެއްހެން. ޖާހިލެއްހެން. ދެން ބުނީ އަންހެން ކުދިންގެ މައްސަލައިގާ ކަލޭގެ ސީޑީތައް މިއޮތިއްޔޭ އަތުގައި. މުހައްމަދު ނަޝީދު ކަލޭ ފިއްތާލައިގެން ތިއުޅެނީ ދޯއޭ. ދެންނެވިން ކީއްވެހޭ މުހައްމަދު ނަޝީދު މިތަނަށް ތި ވައްދަނީ އަވަހަށް ތިޔަ ސީޑީ ދައްކާށޭ ކަލޭ. އަދި ދިވެހިރާއްޖޭގައި އެކަންޏެއް ނޫނޭ އަޅުގަނޑު ދެންނެވީ. އެބޭފުޅާ މިހާރު އަޑުއައްސަވަން ހުންނަވާނެ. އަޅުގަނޑު ބްލެކްމެއިލް ކުރަން ދެއްކި ވާހަކަ. ދެން ބުނަނީ ކަލޭގެ އެކައުންޓަށް ކޮންމެ މަހަކު 6000 ޑޮލަރު ޖަމާކުރާނަމޭ. ކަލޭގެ ދަރިފަސްކޮޅަށް ކިޔަވަންދެން ބުނާށޭ. އެކައުންޓް ނަމްބަރު ދޭށޭ. އަޅުގަނޑު ދެންނެވިން ރުފިޔާ ބޭނުމޭ އެކަމަކު ތިޔަގޮތައް ބޭނުމެއް ނޫނޭ. ބުނީ ހަލާލު ރުފިޔާއޭ އަޅުގަނޑު ދެންނެވިން ބޭނުމެއް ނޫނޭ. ދެން ބުނީ އަންހެން ކުދިންގެ މައްސަލަ. އަޅުގަނޑު ދެންނެވިން ހަމައެކަނި ރާއްޖޭގެ ޗެނަލްއަކުން ނުދައްކައްޗޭ. ބީބީސީއަށްވެސް ދައްކާށޭ. އަޅުގަނޑު ހުއްދަ ދީފީމޭ ތިބާއަށް. އެއީ އަޅުގަނޑު އަމިއްލަ ނަފްސަށް އެބައޮތް ޔަޤީންކަން އެފަދަ ކަމެއް ނުކުރާކަން. ދެން ބުނީ ކަލެއަށްވެސް އެނގޭ ނޫންހޭ ޑރ އަފްރާޝީމް ޢަލީވެސް އެއްވެސް ކަހަލަ ރަހުމެއް ނެތް ގޮތުގައި މަރާލެވިއްޖެޔޭ. އެހެންވީމަ އަޅުގަނޑު އަފްރާޝީމްގެ ވާހަކަ ދެއްކީ." ޝައިޚް އިލްޔާސް ވިދާޅުވިއެވެ.

ޝައިޚް އިލްޔާސް މިހެން ވިދާޅުވެފައި މިވަނީ ޑރ އަފްރާޝީމްގެ މަރުގެ ތަހުގީގް އަދިނުނިމޭ ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވުމުން އިލްޔާސް ހައްޔަރުކޮށް ތަހުގީގް ކުރަން ޖެހޭ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރ އަހުމަދު ނިހާން ވާހަކަ ދައްކަވާފައި ވަނިކޮށެވެ.

ޝައިޚް އިލްޔާސްއަށް ރައްދުކޮށް ރައީސް ޔާމީންގެ ރަނިންގ މޭޓް ޑރ މުހައްމަދު ޝަހީމް ވާހަކަ ދައްކަވަމުން ގެންދަވާއިރު އިލްޔާސް ވިދާޅުވީ ބައެއް ޝައިޚުން އިލްޔާސްގެ އަގު ވައްޓާލަން މަސައްކަތް ކުރައްވާ ކަމަށާއި ނަމަވެސް އިލްޔާސް އެފަދަ ކަމެއް ނުކުރައްވާނެ ކަމަށެވެ. އަދި ޣައިބު އެއްވެސް މީހަކަށް ނޭގޭނެ ކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާއި ރަނިންގ މޭޓް ފައިސަލް ނަސީމަށް ތާއީދު ކުރައްވަނީ އެދެބޭފުޅުންގެ ފަރާތުން ޚިޔާނާތާއި ކިބުރުވެރިކަން ފެނިފައި ނުވާތީ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Junaid

6 މަސް ކުރިން

RY birudehkias Saikhu Iluyaas fahathakah nujeheyne Yameen jeheyni Ayyjahan

0
0