12 ޑިސެންބަރު 2018 | ބުދަ | 03 މުލަ
05 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:24
މެންދުރު 12:04
އިރުއަރާ 06:01
ފަތިސް 04:44

ބިލަބޮންގް

ނެށުމާއި ޑްރާމާގެ ހަރަކާތްތަކާއެކު ބިލަބޮންގް ކޮންސެޓް ފަށަނީ

  • މި ކޮންސެޓުގައި ގިނަ ދަރިވަރުންތަކެއް ބައިވެރިވޭ
  • މިކޮންސެންޓްގެ އެންމެ ފަހު ޝޯ އޮންނާނީ މިމަހުގެ 8 ވަނަ ދުވަހު
އަމްނާ އިމާދު | @amnabinthimad

| 4 ސެޕްޓެންބަރ 2018 | އަންގާރަ 10:10 | |

މަގުބޫލް

  1. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  2. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  6. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  7. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  8. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު


ބިލަބޮންގް އިންޓަރނޭޝަނަލް ހައި ސްކޫލު -- ގޫގުލް

ނެށުމާއި ޑްރާމާގެ ހަރަކާތްތަކާއެކު ބިލަބޮންގް އިންޓަރނޭޝަނަލް ހައި ސްކޫލުގައި ކޮންސެޓް މިއަދު ފަށަން ނިންމައިފިއެވެ.

އަންގާރަ ދުވަހުގެ ހަވީރު 16:00ގައި ފަށާ މި ކޮންސެޓުގައި ގިނަ ދަރިވަރުންތަކެއް ބައިވެރިވާނެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އަލީ ރައުފަތު ސޯދިގު ވިދާޅުވީ ބިލަބޮންހައި ސްކޫލުގައި ބާއްވާ މިކޮންސެޓަކީ ކޮންމެ އަހަރަކު ބާއްވާ ހަރަކާތެއް ކަމަށެވެ. މިއީ ސްކޫލުގެ ކުދިންގެ ހުނަރުތައް ދެއްކުމާއި އެކުދިން މަސައްކަތުގައި މަސްއޫލުކުރުވުމުގެ މަގުސަދުގައި ބާއްވާ ހަރަކާތެއް ކަމަށެވެ. ރައުފަތު ވިދާޅުވީ މިކޮންސެޓްގައި ޓީޗަރުންގެ ބެލުމުގެ ދަށުން ހުރިހާ މަސައްކަތެއް ކުރާނީ ދަރިވަރުން ކަމަށެވެ.

"ކޮންސެޓަށް ތައްޔާރުވުމާއި، ޓެކްނިކަލް ކަންތައްތައް ކުރާނީ ދަރިވަރުން. ބޭނުންވަނީ ދަރިވަރުން އަމަލީ މައިދާނުގައި މަސައްކަތްތެރި ބަޔަކަށް ހަދަން. މިގޮތަށް ގިނަ ދަރިވަރުންތަކެއް އެއްކޮށް މަސައްކަތުގައި އުޅުނީމަ ގުޅުން ބަދަހިވެ އެކުގައި މަސައްކަތް ކުރަން ވެސް ދަސްވާނެއް ނުންތޯ" ރައުފަތު ވިދާޅުވިއެވެ.

އެކި ގްރޫޕްތަކަށް ބަހައިގެން ބާއްވާ މިކޮންސެޓަކީ އެސްކޫލުގައި ބާއްވާ ހަރަކާތްތަކުގެ ތެރެއިން ދަރިވަރުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރާކަތް އެސްކޫލުން މައުލޫމާތުދެއެވެ.

ބިލަބޮންގް ހައި ސްކޫލުގެ މިކޮންސެންޓްގެ އެންމެ މަހު ޝޯ އޮންނާނީ މިމަހުގެ 8 ވަނަ ދުވަހު ރޭގަނޑު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް