22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ރިޔާސީ އިންތިޚާބު 2018

ޔާމީނަށް ނަޝީދުގެ ރައްދު: މަނިކުފާނަކީ އަޅުގަނޑުގެ ޕަޕެޓެއްތޯ؟

  • ސިޔާސީ ލީޑަރުން ޖަލަށް ލުމުގެ ބަދުނާމު ރައީސް ޔާމީން އެޅުއްވީ ނަޝީދު އިސްތަށިފުޅުގައި
  • އިބޫ ސޯލިހަށް ވޯޓުދެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވި
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 4 ސެޕްޓެންބަރ 2018 | އަންގާރަ 08:30 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  3. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  4. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  8. އަޅުގަނޑަކީ ކެރޭ މީހެއް، ލާހިކެއް ނޫން އެއްވެސް ކަމެއްގައި އަޅުގަނޑު ހާޒިރުކުރަން: ހިޔަލީ ރަޝީދު


އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ބޭއްވި ބަހުސެއްގެ ތެރެއިން ރައީސް ނަޝީދާއި ރައީސް ޔާމީން ސަލާމް ކުރައްވަނީ. -- އާކައިވް

ސިޔާސީ ލީޑަރުން ޖަލަށްލުމުގެ ޒިންމާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ނަންގަވަން ޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވުމާއި ގުޅިގެން އެމަނިކުފާނަށް ނަޝީދު ރައްދު ދެއްވައިފިއެވެ.އދ. މަހިބަދޫގައި ހޯމަ ދުވަހު ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވީ އެއްވެސް ހަމައެއް، އުސޫލެއް، ނެތި ޝަރީއަތުން ބޭރުގައި ހުކުމްތައް އިއްވަން ކަމަށެވެ. އެ މަގުން ހިންގަވައި، ނަޝީދު ބޭނުންފުޅުވީ އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށް ލާން ކަމަށެވެ. 

ރައީސް ޔާމީން އެ ވިދާޅުވާ ވާހަކައަކީ އެއްބަފާ ބޭބެ ރައީސް މައުމޫނާއި ފާރިސް މައުމޫން އަދި އެތައް ބަޔަކު ހައްޔަރު ކުރުވީ ރައީސް ނަޝީދު ކަމަށްތޯ އެމަނިކުފާނުގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ. އަދި ޔާމީނަކީ ނަޝީދުގެ ޕަޕެޓެއްކަމަށްތޯ ވެސް ސުވާލު އުފައްދާފައިވެ އެވެ.  

"ރައީސް ޔާމީން މަނިކުފާނު ތިޔަ ވިދާޅުވަނީ މަނިކުފާނު ލައްވާ އަޅުގަނޑު މަނިކުފާނުގެ އެއްބަފާ ބޭބެ ރައީސް މައުމޫނާއި ދަރިކަލުން އަދި އެތައް ބައެއް ހައްޔަރު ކުރީ ކަމަށްތޯ. މަނިކުފާނަކީ އަޅުގަނޑުގެ ޕަޕެޓެކޭތޯ. ރާއްޖޭގެ އެންމެ ބޭފުޅުން ވިސްނަވާ. އިބޫ ސޯލިހަށް ވޯޓުދެއްވާ،"ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައިވެ އެވެ.  

ސިޔާސީ ލީޑަރުން ޖަލަށް ލުމުގެ ޒިންމާ ރައީސް ނަޝީދު ނަންގަވަން ޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާއިރު ނަޝީދު ހިމެނޭ ގޮތަށް އިދިކޮޅު ހަތަރު ލީޑަރުން ވެސް ޖަލަށް ލާފައިވަނީ މި ވެރިކަމުގައެވެ.  ރައީސް ނަޝީދާއި، ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އައިޝަތު ޝާނީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ކުޑޭ

3 ހަފްތާކުރިން

ޔާމީނު ތިޔައީ އަދުރޭގެ ޕަޕެޓެއް

0
0