18 އޯގަސްޓު 2018 | ހޮނިހިރު | 08 މާ
07 ޛުލްޙިއްޖާ 1439
ފަތިސް 04:48
އިރުއަރާ 06:01
މެންދުރު 12:14
އަސްރު 15:27
މަޣްރިބް 18:19
އިޝާ 19:32

ޝީޝާ

ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި

  • އާ ވެބްސައިޓާ އެކު އޮންލައިންކޮށް ހިދުމަތަށް އެދެވޭނެ
ސަހުބާން ފަހުމީ | sahubaan

| 30 ޖެނުއަރީ 2017 | ހޯމަ 00:24 | |

މަގުބޫލް

  1. މަރުހަބާގެ މާފަތިތައް ބަލައިނުގަނެ މެޑަމް ފާތުން ހިތާދޫ ރައްޔިތުންގެ ހިތުގައި ޖައްސައިފި!
  2. އެނގޭތަ؟: އިބޫއަކީ މޮޅު ފޮޓޯގްރާފަރެއް!
  3. މިސްކިތު ހަރިންމަ ތެރޭގައި ދެ ޖިންސު މަސްހުނި ކޮށްގެން ޝަހީމް ކެމްޕޭން ކޮށްފި
  4. ސަރުކާރު ދިފާޢު ކޮށްދިނުމަށް އިނގިރޭސި ޕާލަމެންޓް މެމްބަރުން ގެންނަނީ!
  5. މިސްކިތުގައި ޝަހީމް ހިންގެވި އަމަލަކީ ދީނަށް ކުރި ފުރައްސާރައެއް: ޑރ. އިޔާޒް
  6. ރާއްޖެއިން ހައްޖަށް ދާ 396 މީހަކަށް އެންމެ ފަހު ވަގުތު ފުރޭނެ ގޮތެއް ނެތިފައި!
  7. ރިރެޖިސްޓްރީކުރަން 20000 ފޯމު ދެ ފަހަރަށް ހުށަހަޅާފައި
  8. ރާއްޖެ ޓީވީގެ އަބުރުފުޅު ފަންޑަށް މިހާރު ނޫހުން އެހީވެއްޖެ


ޝީޝާގެ ފަރާތުން ލޯންޗް ކުރި ހޮންޑާ މޯލްޑިވްސް ވެބްސައިޓް -- ރާއްޖެއެމްވީ

ހޮންޑާގެ ރާއްޖޭގެ ހަމައެކަނި ޑިސްޓިބިއުޓާ ޝީޝާގެ ފަރާތުން "ހޮންޑާ މޯލްޑިވްސް ވެބްސައިޓް" Honda.mv ލޯންޗްކޮށް،  އޮންލައިންކޮށް ހިދުމަތް ހޯދޭނެ ގޮތް ހަމަޖައްސައިފިއެވެ.

ޗަންޕާ ސެންޓްރަލް ހޮޓެލްގައި އާދީއްތަ ދުވަހު ހަވީރު ބޭއްވި ރަސްމީއްޔާތެއްގައި "ހޮންޑާ މޯލްޑިވްސް ވެބްސައިޓް" ލޯންޗްކޮށް ދެއްވީ ޝީޝާގެ ބޯޑް މެމްބަރުން ކަމަށްވާ ހުސެއިން މަނިކާއި އިބްރާހީމް ހުޝާމްގެ އިތުރުން ހުސެއިން ހުޝާމެވެ.

މި ވެބްސައިޓް ތައާރަފުކުރުމާއެކު، ޝީޝާގެ ފަރާތުން ރާއްޖެއަށް އެތެރެކުރާ ހުރިހާ ޕްރޮޑަކްޓެއްގެ މައުލޫމާތު ފަސޭހަކަމާއެކު ބަލާލެވޭނެއެވެ. އެގޮތުން ސައިކަލްތަކުގެ މައުލޫމާތު ޗެކްކުރެވޭއިރު އިންސްޓޯމެންޓަށް ސައިކަލް ނެގޭނެ ގޮތުގެ މައުލޫމާތު ވެސް ފަސާހަ ކަމާއެކު ފެންނަން ހުރެއެވެ. އެއް ސައިކަލް އަނެއް ސައިކަލާ އަޅާ ކިޔޭއިރު އެއް އިންސްޓީލްމެންޓް އަނެއް އިންސްޓޯލްމެންޓާ ވެސް އަޅާ ކިޔޭނެ ގޮތް ވަނީ ހަދައިފައެވެ.

މީގެއިތުރުން ވެބްސައިޓްގައި ހިމަނާފައިވާ އީޒީ ސާވިސް މެދުވެރިކޮށް ސައިކަލް ސާވިސް ކުރުމަށް ކަސްޓަމަރަށް ފަސާހަ ގަޑިއެއް ނުވަތަ ދުވަހެއް ހަމަޖެއްސުމުގެ ފުރުސަތު ވެސް ލިބެ އެވެ. 

ޝީޝާއިން ބުނީ އަލަށް ލޯންޗްކުރި ޝީޝާ މޯލްޑިވްސް ވެބްސައިޓާއެކު ޝީޝާގެ ފަރާތުން ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި އިތުރު ލުއި ފަސޭހަތައް ލިބިގެންދާނެ ކަމަށެވެ. ހަމަ އެހެންމެ ޝީޝާގެ ހިދުމަތް ހޯދާ ފަރާތްތަަކަށް ވެސް ޝީޝާގެ ހެޑް އޮފީހަށް ނުގޮސް ފަސޭހަ ކަމާއެކު ހިދުމަތް ލިބިގެންދާނެ ކަމަށް ޝީޝާ އިން ހާމަކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް