15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ސީރިޔާ ހަނގުރާމަ

ސީރިޔާގެ އިދްލިބް: އެތަނުގައި އެ ހަދަނީ ގޯހެއްކަމަށް ޓްރަމްޕް އިންޒާރުކުރައްވައިފި

  • އިދްލިބަކީ ހަނގުރާމަވެރިންގެ ބާރު އެންމެގަދަ ރަށް
  • ހަނގުރާމަވެރިން ކެމިކަލް ހަމަލާއަކަށް ތައްޔާރުވާކަމަށްވަނީ ތުހުމަތުކޮށްފައި
އަބުދުﷲ މުހައްމަދު | 8Abbo

| 4 ސެޕްޓެންބަރ 2018 | އަންގާރަ 08:03 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  8. ސީލައިފްއިން އޮޅުވާލައިގެން ފްލެޓް ވިއްކި 191 މީހެއްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި


އިދްލިބްގެ ހަނގުރާމަވެރިން ގެންދަނީ ސަރުކާރުގެ ފައުޖުތަކުން ދީފާނެ ހަމަލާއަކަށް ތައްޔާރުވަމުން -- އާކައިވް

ސީރިއާގެ ސަރުކާރާއި، ރަޝިއާ އަދި އީރާނުގެ ބައިވެރިން ގުޅިގެން، ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް އިދްލިބްއަށް ހަމަލާދިނުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރުކުރައްވައިފިއެވެ.

ރައީސް ޓްރަމްޕް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެކަމަކީ އެތައް ސަތޭކަ ހާސް ބަޔަކު މަރުވެދާނެފަދަ ބޮޑު ގޯހެއްކަމަށެވެ.

ހަނގުރާމަވެރިންގެ ބާރުގެދަށުގައި މިހާރު އޮތް ހަމައެކަނި މައި ސިޓީ އަށް ސީރިޔާ ސަރުކާރުގެ ފައުޖުތަކުން ހަމަލާދިނުމަށް ތައްޔާރުވަމުންދާކަމަށްވަނީ ބުނެފައެވެ.

އދން ބުނެފައިވަނީ އެފަދަ ކަމެއް ވެގެންދާނީ އެތައް ހާސް ބަޔަކަށް އިންސާނީ މުސީބާތަކަށް ކަމުގައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހޯމަ ދުވަހުވަނީ ސީރިޔާގެ ސަރުކާރުން ނުވަތަ ސަރުކާރާއި ގުޅިފައިވާ ފަރާތްތަކުން ކެމިކަލް ހަމަލާއެއް ދީފިނަމަ އޭގެ ރައްދު ދޭނެކަމަށް ބުނެފައެވެ.

އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ނިކީ ހޭލީ، ނޯކެމިކަލްވެޕަންސް ހޭޝްޓެގެ ބޭނުންކުރައްވައި ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ހުރިހާ ލޯތައް އަމާޒުވެފައިހުރީ އަސަދާއި ރަޝިއާ އަދި އިދްލިބްގައިތިބި އީރާނުގެ ފައުޖުތަކަށް ކަމަށެވެ.

އދ ން އަންދާޒާކުރާގޮތުގައި އިދްލިބްގައި އަލް ނުސްރާއާއި އަލް ގައިދާގެ 10،000 އެއްހާ ހަނގުރާމަވެރިން އެބަތިއްބެވެ.

ރޮއިޓަރސްއަށް މައުލޫމާތުދިން ފަރާތްތަކުން ބުނެފައިވާގޮތުގައި ރައީސް ބަޝާރުލް އަސަދު ގެންދަވަނީ އިދްލިބަށް ހަމަލާ ދިނުމަށް ތައްޔާރުވެ ވަޑައިގަންނަވަމުންނެވެ.

ރަޝިއާގެ ޚާރިޖިވަޒީރު ސަރްގޭ ލްވްރޯވްވަނީ އިންސާނީ އައްޑަނައިގެ ގޮތުގައި އާއްމުން ބޭނުންކުރާކަމަށް ތުހުމަތުކުރައްވައި އިދްލިބުން އެ"ޓެރެރިސްޓުން" ފޮހެލަން ޖެހޭކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ސީރިޔާގެ ޚާރިޖީ ވަޒީރު ވަލީދު މުއައްލިމްވެސް ވަނީ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުގެ ބޮލުގައި އަޅުވައި އެމެރިކާލައްވައި ރައްދު ހަމަލާ ދިނުމަށް ހަނގުރާމަވެރިން ކެމިކަލް ހަމަލާއެއް ރާވަމުންދާކަމަށް ތުހުމަތުކޮށްފައެވެ.

ހަތް އަހަރަށްވުރެ ދިގުލައިގެން ގޮސްފައިވާ ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި 400،000 އަށްވުރެ ގިނަ މީހުން މަރުވެ ނުވަތަ ގެއްލިފައިވާއިރު އާބާދީގެ ދެބައިކުޅަ އެއްބައި މީހުންވަނީ ވަޒަން ދޫކޮށް ގޮސްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް