19 ޖެނުއަރީ 2019 | ހޮނިހިރު | 02 ހުވަން
13 ޖުމާދަލްއޫލާ 1440
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:40
މަޣްރިބް 18:16
އިޝާ 19:32

ބޮލީވުޑް

"ސްޓްރީ"ގެ ސީކުއެލް އެއް ހެދަނީ

  • ސީކުއެލް ރިލީޒް ކުރާނީ 2019 ވަނަ އަހަރު ފަހުކޮޅު
އަޒްލިފާ އަބްދުﷲ | AzuAzlifa

| 4 ސެޕްޓެންބަރ 2018 | އަންގާރަ 03:06 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  5. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  6. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  7. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


ސްޓްރީ ގެ ޕޯސްޓަރު -- ގޫގުލް

ލީޑް ރޯލުން ރާޖްކުމާރު ރާއޯ އާއި ޝްރައްދާ ކަޕޫރު ފެނިގެންދާ ފިލްމު "ސްޓްރީ"ގެ ސީކުއެލް އެއް ހެދުމަށް ނިންމާފައިވާ ކަމަށް ފިލްމުގެ އެއް ޕްރޮޑިއުސަރ ޑިނެޝް ވިޖަން ބުނެފިއެވެ.

މިދިޔަ އޮގަސްޓް މަހުގެ 31 ގައި ރލީޒް ކުރި ބިރިވެރި އަދި މަޖާ ކަންތައްތަކެއް ފެނިގެންދާ މި ފިލްމަށް ދަނީ ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ލިބެމުންނެވެ.

ޑިނެޝްގެ އިތުރުން މަޝްހޫރް ޕްރޮޑިއުސަރުންގެ ތެރެއިން ކްރިޝްނާ ޑީކޭ އާއި ރާޖް  ނިދިމޯރު ޕްރޮޑިއުސް އަމަރު ކައުޝިކް ޑައިރެކްޓް ކޮށްފައިވާ  މި ފިލްމަށް ވަނީ  ފިލްމް ރިލީޒް ކުރިތާ ތިން ދުވަސް ތެރޭގައި ޖުމްލަ 31.26 ކްރޯޑް އިންޑިއަން ރުޕީސް ލިބިފައެވެ.

މި ފިލްމުގެ ސީކުއަލްއެއް އުފެއްދުމާއި ގުޅިގެން ޑިނެޝް ބުނެފައިވަނީ މި ފިލްމު ނިމޭ ހިސާބުން އެކަމާއި ގުޅޭ ސިގްނަލްއެއް ދީފައިވާނެ ކަމަށެވެ.

"ފިލްމްގެ އެންމެ ފަހު ދެ ޝޮޓާއި ހިސާބުން ސީކުއަލް ފެށުމަށް ހަމަޖެހިފައި އިނީ. ފިލްމް ބަލައިފިނަމަ އިނގޭނެ އަހަރުމެން ގަސްތުގައި އޯޕަން އެންޑިންގައި ފިލްމް ނިންމާފައި އިންކަން. "ސްޓްރީ2" ފެށޭނެ އެހާ ހިސާބުން. އެ ފިލްމުގެ ފަހު ދެ ޝޮޓްގައި ވާ ކަންތައް "ސްޓްރީ2" ގައި އިނގިގެންދާނެ. އަހަރުމެން ސްކްރިޕްޓް ލިޔެފައިވާނީ ފްރެންޗައިސް އެއް ހަދަން . އެހެންވީމާ ދެވަނަ ބައެއް އަންނާނެ.މި ފިލްމަށް ލިބެމުންދާ ކާމިޔާބީ ފެނިފައި ވަރަށް އުފާވޭ" ޑިޝެން ވަނީ ބުނެފައެވެ.

މީގެ އިތުރުން ޑިނެޝް ބުނެފައިވަނީ ފިލްމުގެ ސީކުއަލްގައި ޝްރައްދާގެ ކެރެކްޓާގެ ތަފްސީލް ވެސް ގެނެސްދޭނެ ކަމަށާއި  އަދި މި ފިލްމު ބަލަމުން ދާއިރު ހިތުގައި އުފެދޭ ބައެއް ސުވާލުތަކަށް ޖަވާބުވެސް ލިބޭ ގޮތަށް ސީއުކަލް އުފައްދަން ނިންމާފައިވާ ކަމަށެވެ.

މި ސީކުއަލް 2019 ވަނަ އަހަރުގެ ފަހު ކޮޅުގައި ރިލީޒް ކުރުމަށް އުންމީދު ކުރާ ކަމަށް ފިލްމުގެ އުފައްދާ ފަރާތްތަކުން ވަނީ ބުނެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް