16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ރިޔާސީ އިންތިހާބު 2018

ކަންނެލި ދޯނި ދައްކައިފި މީހަކަށް އެ ދޯނި ހަދިޔާ ކުރާނަން: ޝެއިޚް އިލްޔާސް

  • އެމަނިކުފާނު ބަދުނާމުކުރުމުގެގޮތުން ވަރަށް ގިނަ މީހުން އެވާހަކަ ދައްކާކަމަށް ވިދާޅުވި
  • އެ ތުހުމަތުތައް ބަލައި ނުގަންނަކަމަށް ވިދާޅުވި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 4 ސެޕްޓެންބަރ 2018 | އަންގާރަ 00:17 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
  6. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  7. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  8. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ


އައްޝައިޚް އިލްޔާސް ހުސައިން -- ރާއްޖެއެމްވީ

ކަންނެލި ދޯނި ދައްކައިފި މީހަކަށް އެ ދޯނި ހަދިޔާ ކުރާނެކަމަށް ޝެއިޚް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

ކަންނެލި ދޯންޏެއް އެމަނިކުފާނަށް ރިޝްވަތުގެ ގޮތުގައި ލިބިވަޑައިގެންފައިވާ މަޝްހޫރު ވާހަކަ ފުރަތަމަފަހަރަށް މީޑިއާއަށް ތިލަކުރައްވަމުން ފުވައްމުލަކުގައި ހޯމަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ، ކަންނެލި ދޯނި ދައްކައިފި މީހަކަށް އެ ދޯނި ހަދިޔާ ކުރާނެކަމަށެވެ.

އެމަނިކުފާނުގެ މައްޗަށް ކުރެވިފައިވާ މިތުހުމަތަށް ހިތާމަކުރައްވާކަމަށް ވިދާޅުވަމުން ވިދާޅުވީ، އެމަނިކުފާނު ބަދުނާމުކުރުމުގެގޮތުން ވަރަށް ގިނަ މީހުން އެވާހަކަ ދައްކާހަދާކަމަށެވެ. އަދި ބައެއް އިލްމުވެރިންވެސް އެބޭފުޅާ ބަދުނާމުކޮށް ވާހަކަދެއްކިކަމަށެވެ. އެހެންނަމަވެސް އެއިން އެއްވެސްމީހަކާއިމެދު ހިތްބަރު ކަމެއްނެތްކަމަށާއި، އެހެނަސް އެ ތުހުމަތުތައް ބަލައި ނުގަންނަކަމަށް ވިދާޅުވިއެވެ.

"މީސްތަކުންގެ އަބުރު ކަތިލުމަކީ ވަރަށް ބޮޑު ގޯސްކަމެއް. މީހަކު އަޅުގަނޑުގާތު މިއަދުވެސް އެހި އެވާހަކަ. ނޯންނާނެ ދޯންޏެއް. ދޯނި ދެއްކި މީހަކަށް އެ ހަދިޔާ ކުރާނަން" ޝެއިޚް ވިދާޅުވިއެވެ.

ޝެއިޚް ވިދާޅުވީ އެމަނިކުފާނަށް ބޮޑެތި އަދަދު ތަކުން އެކި ފަހަރުމަތިން ރިޝްވަތު ހުށައެޅުނުކަމަށާއި، އެހެންނަމަވެސް ގަބޫލުފުޅު ނުކުރައްވާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ގަބޫލުފުޅު ނުކުރައްވާނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނުގެ މައްޗަށް ބޮޑެތި ތުހުމަތުތައްކޮށް ބްލެކްމެއިލް ކުރުމަށްވެސް ބަޔަކު މަސައްކަތްކުރިކަމަށް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް