25 ސެޕްޓެންބަރ 2018 | އަންގާރަ | 06 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ރިޔާސީ އިންތިހާބު 2018

ފުވައްމުލަކަށް އިހުމާލުވުމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ މަސީހުއާ އަބްދުއްރަހީމް: ޝާހު

  • މިއަދު ފުވައްމުލަކު ރައްޔިތުންގެ ބުރަކަށީގައި އެބޭފުޅުން ފިރުމާކަށް ނުޖެހޭނެ
  • ރައީސް ޔާމީން ވަނީ ފުވައްމުލަކު ރައްޔިތުން ބާކީކޮށް، އެ ރައްޔިތުންނަށް ބޭވަފާތެރިވެފައި
  • އަނިޔާއަށް ކެތްކޮށް ހައްޤު ބަސް ބުނަން ކެރޭނީ ވަރަށް މަދު ލީޑަރުންނަށް
ސިމާހާ ނަސީމް | sim_kamana

| 3 ސެޕްޓެންބަރ 2018 | ހޯމަ 23:20 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  3. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  4. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  5. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  6. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  7. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު -- ގޫގުލް

ޏ. ފުވައްމުލަކުގެ ތަރައްޤީއަށް އިހުމާލުވުމުގެ އެންމެ ބޮޑު ޒިންމާ ނަގަން ޖެހޭނީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އާއި ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ލީޑަރ އަބްދުއްރަހީމް އަބްދުﷲ ގެ އިތުރުން ޕީޕީއެމް ލީޑަރޝިޕްގެ އިސްވެރިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ފުވައްމުލަކު ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ މިއަދު ފުވައްމުލަކު ރައްޔިތުންގެ ބުރަކަށީގައި އެބޭފުޅުން ފިރުމާކަށް ނުޖެހޭނެ ކަމަށާއި ފުވައްމުލަކުގެ މަގުތަކާއި ހޮސްޕިޓަލުގެ ހާލަތާއި ތައުލީމީ ނިޒާމު އޮތް ގޮތް ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށެވެ. ފުވައްމުލަކުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން މިއަދު ވަޒީފާ އަދާ ކުރުމުގެ ފުރުސަތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މަސީހުގެ ނޯކޮންފިޑެންސް ވޯޓު ނެގިއިރު އެކަމަށް ވޯޓުލީ ޤައުމަށް ވަތަން ހިމާޔަތް ކުރުމަށް މުހިންމުވުންކަން ފާހަގަކުރައްވާ ޝާހު ވިދާޅުވީ މަސީހުއާ ދެކޮޅަށް ވޯޓު ދިނުމަށްފަހު މަޖިލީސް ތެރޭއިން ބަދަލުކުރަންޖެހޭ ކަންތައްތަކެއް ހުރި ކަމަށް ދެންނެވި ކަމަށެވެ.

"އިހުމާލުވެފައިވާ އިހުމާލުވުމުގެ އެންމެ ބޮޑު ޒިންމާ ނަގަންޖެހޭނީ މީހުންނަކީ މަސީހު އާއި ފޮނަދޫ ދާއިރާގެ މެމްބަރާއި ޕީޕީއެމްގެ ލީޑަރޝިޕް، އަޅުގަނޑަކީ ތަކުރާރުކޮށް އެކަންކަން ހުށަހެޅި މީހުން. ނޯކޮންފިޑެންސްގައި ސޮއި ކުރުމަށްފަހު އަޅުގަނޑު ކައިރީ ބުނި ޝާހުއޭ ކޮންކަމެއްހޭ ބޭނުންވަނީ؟ ކޮންކަމެއްހޭ ނުވެގެން ތިއުޅެނީ؟ އަޅުގަނޑު ދެންނެވިން ފުވައްމުލަކަށް ގޮސް ބަލާބަލާށޭ ފުވައްމުލަކުގެ ހާލަތު" ޝާހު ވިދާޅުވިއެވެ.

2013 ވަނަ އަހަރު ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމުން އެ މަނިކުފާނު ޕްރޮމޯޓްކުރެއްވުމަށްޓަކައި ވަރަށް ގިނަ މަސައްކަތެއް ޝާހު ކުރެއްވި ކަމަށާއި އެހެންނަމަވެސް އެމަނިކުފާނު ވަނީ ފުވައްމުލަކު ރައްޔިތުން ބާކީކޮށް، އެ ރައްޔިތުންނަށް ބޭވަފާތެރިވެފައި ކަމަށް ޝާހު ވިދާޅުވިއެވެ.

ހައްގު ބަސް ބުނުމުގެ ނަމުގައި އުސޫލުތައް މުގުރާލައި، ހިތަށް އެރިހާ އެއްޗެއް ކިޔުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް އެއްވެސް އިލްމުވެރިއަކު ގަބޫލު ކޮށްގެން ނުވާނެ ކަމަށް ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ވާހަކައަށް ރައްދު ދެއްވާ ޝާހު ވިދާޅުވީ ޤައުމަށް ހެޔޮ އެދިގެން އިސްލާހީ މަސައްކަތުގައި މަސައްކަތް ކުރައްވާ އިލްމުވެރިންގެ އަގު ވައްޓާލުމަށްޓަކައި އެއްވެސް ބޭފުޅަކު މަސައްކަތް ކޮށްގެން ނުވާނެ ކަމަށެވެ.

"މިއަދު ޤައުމަށް ހެޔޮ އެދިގެން އިސްލާހަށް މަސައްކަތް ކުރައްވާ އިލްމުވެރިންގެ އަގު ވައްޓާލުމަށްޓަކައި ދީނީ އިލްމުވެރިއަކަށް ވިޔަސް އަދި ރަނިންގްމޭޓަކަށް ވިޔަސް މަސައްކަތް ކުރާނެ ކަމެއް ނެތް. އަޅުގަނޑުމެން މީގެ ދުވަސްކޮޅެއް ކުރިން ރާއްޖޭން ބޭރުގައި ތިއްބާ ހަތަރު ފަސް މެމްބަރުން ކުރިމަތީގައި އެ ވިދާޅުވާ ރަނިންގްމޭޓު ގޮސް ދެއްކެވި ވާހަކަ އިނގޭނީ އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ދުލުގައި ހިފާ ދަމާކަށް އުޅޭނެ ކަމެއް ނެތް. ޑރ. އަފްރާޝީމްގެ ވާހަކަ ރާއްޖޭން ވައްކަން ކުރާ ވާހަކަ ބައިތުލްމާލު އެއްކޮށް ހުސްކޮލި ވާހަކަ ކުންފުނިތަކުން ވައްކަން ކުރާ ވާހަކަ، އެ ހުރިހާ ވާހަކައެއް ދެއްކި، މެމްބަރު އަބްދުﷲ ހެކިވާނެ ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ސައުދީ ހެކިވާނެ، މިއަދު ބޭއިންސާފުން ޖަލަށްލާފައިވާ އިލްހާމް އާއި ސިނާން ހެކިވާނެ، އަޅުގަނޑެއް ނޫން ދައުވަތު ދިނީ އަޅުގަނޑު ހުރި ތާކަށް ދާން، އެ ބޭފުޅާ އެއްރޭ މަދުކަމަށް ދެ ރޭ މަތިން އެ ވާހަކަ ދެއްކި. ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ބުހުތާނު ދޮގު ހަދާތީ މިވާހަކަ ދައްކަން މަޖުބޫރު ވަނީ" ޝާހު ވިދާޅުވިއެވެ.

އަނިޔާއަށް ކެތްކޮށް ހައްޤު ބަސް ބުނަން ކެރޭނީ ވަރަށް މަދު ލީޑަރުންނަށް ކަން ފާހަގަކުރައްވާ ޝާހު ވިދާޅުވީ އެ ބޭފުޅުން ވިކުނުނަމަ، ގަނެވުނުނަމަ މިއަދު ތިއްބަވާނީ ޕީޕީއެމްއާ އެކުގައި ކަމަށެވެ. ރައީސް ޔާމީން އަކީ އެކަނިވެރިއެއް ކަމަށާއި މިއަދު ރައީސް ޔާމީން ނިކަމެތިވެ އަނަރޫފަވެފައި ހުރި ސަބަބަކީ އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ބޭފުޅުންނަށް އޮޅުވާލައްވާ މަކަރު ހެއްދެވުމުގެ ސަބަބުން ކަމަށް ޝާހު ވިދާޅުވިއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް