16 ނޮވެންބަރު 2018 | ހުކުރު | 04 ނޮރަ
08 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:51
އިޝާ 19:05

ރިޔާސީ އިންތިހާބު 2018

ދިއްދޫގެ ކުރީގެ ކައުންސިލަރަކާއި، އެކްޓިވިިސްޓަކު ހައްޔަރުކޮށްފި

  • އެ މީހުން ހައްޔަރުކޮށްފައިވަނީ ހޯމަ ދުވަހުގެރޭ ކޯޓު އަމުރެއްގެ ދަށުން
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 3 ސެޕްޓެންބަރ 2018 | ހޯމަ 22:06 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  3. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  4. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  5. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  6. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  7. މަނީ ލޯންޑްރިންގގެ މައްސަލައިގެ ތަހްގީގާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކުރެވޭކަށް ނެތް: ފުލުހުންގެ އިދާރާ
  8. ޓްރާންސްޕޯޓް އޮތޯރިޓީގައި މީދާ ކޮށިތަކެއް!


އިބޫއާއެކު ދިއްދޫގެ ކުރީގެ ކައުންސިލަރު އަބްދުﷲ ވަހީދު، އޭނާގެ އިތުރުން އެކްޓިވިސްޓަކު ވަނީ ހައްޔަރުކޮށްފައި -- ޓްވިޓަރ

ކޯޓު އަމުރެއްގެ ދަށުން ދިއްދޫގެ ކުރީގެ ކައުންސިލަރަކާއި، އެމްޑީޕީގެ އެކްޓިވިސްޓައަކު ހައްޔަރުކޮށްފި އެވެ. 

އެ މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި ފުލުހުން ވަނީ ކޯޓު އަމުރާއެކު ދިއްދޫ އެމްޑީޕީ އޮފީހަށްވެސްވަދެފަ އެވެ. 

ކޯޓު އަމުރާއެކު ދިއްދޫއިން ހައްޔަރުކޮށްފައިވަނީ، އެ ރަށުގެ ކުރީގެ ކައުންސިލަރެއްކަމަށްވާ އަބްދުﷲ ވަހީދާއި، އެމްޑީޕީގެ އެކްޓިވެސްޓް އަލީ ހާޝިމް (ސްމިތް) ވެސް ވަނީ ހައްޔަރުކޮށްފައެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ދިއްދޫ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ނައީމް ވިދާޅުވީ ބެލެވޭ ގޮތުގައި އެ މީހުން ހައްޔަރު ކޮށްފައިވަނީ ޕީޕީއެމްގެ ވެރިންނާއި އާދީއްތަ ދުވަހު ޖެހުނު މައްސަލައަކާ ގުޅިގެންކަމަށެވެ. 

އާދީއްތަ ދުވަހުގެ ރޭ އެމްޑީޕީގެ އޮފީހަށް ޕިކަޕަކުން ތަކެތި ބާލަނިކޮށް ޕީޕީއެމްގެ އިސް ވެރިން ކާރެއްގައި އައިސް ވަރަށް ހުތުރު ބަހުން ވާހަކަ ދެއްކި ކަމަށާއި އެ މީހުން ވަނީ އެ ޕިކަޕު އެތަނުން ވަގުތުން ވަގުތަށް ނެގުމަށް އަންގާފައިކަމަށް ނައީމް ވިދާޅުވި އެވެ. އަދި ޕިކަޕު ނުނެގެނީސް، އެ މީހުންގެ ކާރު ނިއްވާލުމަށްފަހު ވަނީ އެ މީހުންނާއެކު ގެނައި ލައުޑް ސްޕީކަރުތަކެއް އެމްޑީޕީގެ ހަރުގެ ތެރެއަށް ވައްދާ، ޕީޕީއެމްގެ ލަވަތައް ޖަހަން ފަށާފައި ކަމަށާއި، އެ ކަމުގައި އުޅުނީ ފެނަކައިގެ ރީޖަނަލް މެނޭޖަރު އަބްދުﷲ ޝުޖާއުއާއި އެ ރަށު ހޮސްޕިޓަލްގެ މެނޭޖަރަކާއި އަދިވެސް އިތުރު ދެ ބޭފުޅެއް ކަމަށް ވެސް ނައީމް ތުހުމަތުކުރެއްވި އެވެ. 

އެ މީހުންތައް އެތަނުން ނެރެފައި ވަނީ ފުލުހުންނަށް ރިޕޯޓް ކޮށްގެން ކަމަށް ވެސް ނައީމް ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ ޕީޕީއެމްގެ އިސްވެރިން އަދިވެސް ދަނީ އެމްޑީޕީގެ އެކްޓިވިސްޓުން ހައްޔަރުކުރާނެ ކަމަށް ބުނެ ބިރު ދައްކަމުންކަމަށެވެ. އަދި މިހާރު އެންމެ ދެ މީހުން ހައްޔަރުކޮށްފައި ވީނަމަވެސް ކުރިމަގުގައި އެއަދަދު ބޮޑުވާނެ ކަމުގެ އިޝާރާތެއް ދީފައި ކަމަށްވެސް ނައީމް ވިދާޅުވި އެވެ. 

މިކަމާއި ގުޅެގޮތުން ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ. 

ދިއްދޫ އެމްޑީޕީ އެކްޓިވިސްޓުންތަކެއް ހައްޔަރުކޮށްފައިވާއިރު، ރިޔަސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް މި ހަފްތާގައި ދިއްދޫއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް