20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

ރިޔާސި އިންތިޚާބު 2018

ހައްޔަރުކޮށްފައިވަނީ އެމްޑީޕީއިން ވޯޓްފޮށިތަކަށް ކަނޑައެޅި އޮބްޒާވަރުން: ރައީސް ނަޝީދު

  • 18 މީހުންނަކީ ވޯޓްލާ ދުވަހު ހަރަކާތްތެރިވާނެ އެކްޓިވިސްޓުން
ހައްވާ މުހައްމަދު | @hawwimd

| 3 ސެޕްޓެންބަރ 2018 | ހޯމަ 20:32 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  8. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި


ކޮލަމާފުށިން ހައްޔަރު ކުރި މީހުން ގެންދަނީ -- ފޭސްބުކް

ގއ. ކޮލަމާފުށިން ހައްޔަރުކޮށްފައިވަނީ އެމްޑީޕީއިން ވޯޓް ފޮށިތަކަށް ކަނޑައެޅި އޮބްޒާވަރުން ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޮލަމާފުށިން ހައްޔަރުކޮށްފައިވަނީ އެމްޑީޕީއިން ވޯޓް ފޮށިތަކަށް ކަނޑައެޅި އޮބްޒާވަރުން ކަމަށާއި، އަދި ވޯޓްލާ ދުވަހު ހަރަކާތްތެރިވާނެ އެކްޓިވިސްޓުން ކަމަށެއެވެ.

އެ މަނިކުފާނުގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ ވޯޓް އޮޅުވާލުމުގެ އުއްމީދުގައި ކުރެވުނު ކަމެއްނަމަ މިކަމުގެ އަސަރު އެބުރުނީ އެމްޑީޕީ ކޮޅަށް ކަމަށާއި، އިބޫއަށް ކޮލަމާފުށިން ލިބޭނެ ވޯޓްވާނީ އިތުރު ކަމަށެއެވެ.

ޖަގަހައަށް ގެއްލުންދިން ކަމަށް ބުނެ ގއ. ވިލިގިނލިއިން 18 މީހަކު ހައްޔަރުކޮށްފައިވަނީ އޯގަސްޓްމަހުގެ 29 ވަނަ ދުވަހުއެވެ.

ހައްޔަރު ކުރި 18 މީހުންގެ ބަންދުގެ އަމުރު މުރާޖައާ ކޮށްދެއްވުން އެދި ގއ ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް އާދީއްތަ ދުވަހުވަނީ ހުށަހަޅާފައެވެ.

ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ ކޯޓު އަމުރެއްގައި ބުނެފައި ވަނީ އޯގަސްޓް 29 ވަނަ ދުވަހު ހަވީރު 06:00 ޖަހާކަން ހާއިރު ރަށުތެރޭގައި ހަމަނުޖެހުން ހިންގައި މުދަލަށް ގެއްލުންދީ މާރާމާރީ ހިންގާ މަސައްލައިގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ މައްސަލައިގައި ހެކިބަސް ދިނުމަށް ތިބޭ މީހުންނަށް ނުފޫޒެއް ފޯރުވާފާނެ ކަމަށް ފެންނާތީ އާއި މުޖުމަތައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހައްޔަރު ކުރަން ބޭނުންވާ ކަމަށެއެވެ.

މި މީހުން ހައްޔަރުކުރިއިރު، ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ހަމަލާ ދޭން މަސައްކަތްކުރި މީހާ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުބުރިކޮށްލަން ގޮވާލި ޕީޕީއެމްގެ އެކްޓިވިސްޓް ހައްޔަރެއް ނުކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް