18 ޖެނުއަރީ 2019 | ހުކުރު | 01 ހުވަން
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

މޯލްޑިވްސް ބިޒްނަސް އެވޯޑްސް

މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ އިންޑިވިޖުއަލް ކެޓަގަރީއަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލާއިފި

  • މޯލްޑިވްސް ބިޒްނަސް އެވޯޑްސް އަކީ ރާއްޖޭގައި އަލަށް ބާއްވާ އެވޯޑްސްއެއް
  • މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ދަށުން ހަތަރު ދާއިރާއަކުން ޖުމްލަ 28 އެވޯޑު ދޭން ވަނީ ނިންމާފައި
ސިމާހާ ނަސީމް | sim_kamana

| 3 ސެޕްޓެންބަރ 2018 | ހޯމަ 18:50 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  5. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  6. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  7. އުސޫލުން ބޭރުން ރަޖިސްޓްރީ ކޮށްފައިވާ ޓެކްސް ދައްކަން ނުޖެހޭ ފަރާތްތައް މީރާގެ ރަޖިސްޓްރީން އުނިކުރަނީ
  8. އިނަރ މޯލްޑިވްސްއާ ގުޅިގެން ޔުނިވަރސަލް އޭވިއޭޝަންގެ ހިދުމަތް ރާއްޖެއަށް!


މާގިރި ހޮޓެލްގައި ޕާޓްނަރުންނާ އެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ބްލޭޒަން

ބްލޭޒަން އިންކްގެ ފަރާތުން ރާއްޖޭގައި މުޅިން އަލަށް ބާއްވާ މޯލްޑިވްސް ބިޒްނަސް އެވޯޑްސް (އެމްބީއޭ)ގެ އިންޑިވިޖުއަލް ކެޓަގަރީތަކަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ވޯޓުލުން ސެޕްޓެމްބަރު ދެވަނަ ދުވަހު ހުޅުވާލާފައިވާއިރު ވޯޓުލުމުގެ މުއްދަތު ހަމަވާނީ ސެޕްޓެމްބަރު 14 ވަނަ ދުވަހުގެ ރޭ 23:59 އަކާއި ހަމައަށެވެ.

ވޯޓުލުމަށް ހުޅުވާލާފައިވާ ކެޓަގަރީތަކަކީ އަހަރުގެ ޒުވާން ވިޔަފާރިވެރިޔާ އާއި އަހަރުގެ އަންހެން ވިޔަފާރިވެރިޔާ އާއި އިންސްޕިރޭޝަނަލް ލީޑަރުގެ އިތުރުން އަހަރުގެ ވިޔަފާރިވެރިޔާއެވެ.

އަހަރުގެ ޒުވާން ވިޔަފާރިވެރިޔާގެ އެވޯޑަށް ވާދަ ކުރަނީ އަލީ ހާރިސްއާއި ފާތުމަތު ނަދާ އަދި ރާއިދާ ޝަފީގެވެ. އަހަރުގެ އަންހެން ވިޔަފާރިވެރިޔާގެ އެވޯޑަށް ވާދަކުރަނީ ފާތުމަތު ނަހުލާއާއި ފާތުމަތު ނަދާ އަދި ރާއިދާ ޝަފީގެވެ. އަދި އިންސްޕިރޭޝަނަލް ލީޑަރުގެ އެވޯޑަށް ވާދަކުރަނީ ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓްގެ ޗެއަރމަން އަބްދުލް މަޖީދާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު އަދި އެމްޕީއެލްގެ ސީއީއޯ އަބްދުލްރައްޒާގު ހަލީމެވެ. އަހަރުގެ ވިޔަފާރިވެރިޔާގެ އެވޯޑަށް ވާދަ ކުރަނީ ޖާދުﷲ އިސްމާއިލްއާއި ސައުދުﷲ އަހުމަދުގެ އިތުރުން ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަންގެ ޗެއަރމަން މުހައްމަދު އަލީ ޖަނާހުއެވެ.

ވޯޓް ލެވޭނީ MBA ޖެހުމަށް ފަހު ހުސްތަންކޮޅެއް ދޫކޮށް، އެ މީހެއްގެ ޝޯޓް ކޯޑް ޖެހުމަށް ފަހު 266 އަކަށް މެސެޖު ކުރުމުންނެވެ. އަދި ކޮންމެ ނެޓްވޯކެއްގެ ނަންބަރަކުން ވެސް ގިނަވެގެން ކުރެވޭނީ 50 އެސްއެމްއެސް ކުރެވޭނެއެވެ.

އިންޑިވިޖުއަލް ކެޓަގަރީތައް ފިޔަވާ ދެން ހުރި ކެޓަގަރީތަކުގެ ފައިނަލިސްޓުންގެ ތެރެއިން އެވޯޑް ލިބޭ ފަރާތްތައް ހޮވާނީ ޖަޖުންގެ ޕެނަލަށް އެ ފަރާތްތަކުން ހުށަހަޅައިދޭ ޕްރެޒެންޓޭޝަންތަކާއި އިންޓަވިއުތަކުގެ އިތުރުން އެސްއެމްއެސް މެދުވެރިކޮށް އާންމުން ދޭ ވޯޓުންނެވެ. ޖުމްލަ މާކްސްގެ 50 ޕަސެންޓް ލިބޭނީ އާންމުންގެ ވޯޓުން ކަމަށް އެވޯޑް އިންތިޒާމް ކުރާ ބްލޭޒަން އިން ބުނެއެވެ.

ބްލޭޒަން އިންކްއަކީ ޕަބްލިކް ރިލޭޝަންސް، މާކެޓިންގް އަދި ބިޒްނަސް މެނޭޖްމަންޓްގެ މަސައްކަތްތަކަށް ހާއްސަ ކުންފުންޏެކެވެ. އެ ކުންފުނި އުފައްދާފައި ވަނީ 2016 ވަނަ އަހަރުގައެވެ.

ބިޒްނަސް އެވޯޑްސްގެ ޖަޖިން ޕެނަލްގައި ހިމެނެނީ ހަމްދޫން އަބްދުﷲ ހަމީދު (ހެޑް އޮފް ޖަޖެސް ޕެނަލް)، ޑރ. އާއިޝަތު މުނީޒާ، ޑރ. މަރިޔަމް ވަސީމާ، ޑރ. އަޒްމިރަލްޑާ ޒާހިރު އަދި އަހްމަދު މާޒިންގެ އިތުރުން އަޝްރަފް ރަޝީދު، އަބްދުﷲ ގިޔާސް ރިޔާޒް، ފާތިމަތު ޝާނާ ފާރޫގު އަދި އިބްރާހިމް އާތިފް ޝަކޫރެވެ.

ބިޒްނަސް އެވޯޑްސްގެ ޓައިޓަލް ސްޕޮންސަރަކީ އެސްޓީއޯއެވެ. އަދި ޕްލެޓިނަމް ސްޕޮންސަރަކަށް އެލައިޑް އަދި ދިރާގު ހަމަޖައްސާފައިވާ އިރު ގޯލްޑް ސްޕޮންސަރުންނަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ކޯލައިން މޯލްޑިވްސް އަދި އެޓޯލް މާކެޓްއެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ދަށުން ހަތަރު ދާއިރާއަކުން ޖުމްލަ 28 އެވޯޑު ދޭން ވަނީ ނިންމާފައެވެ. އެ ދާއިރާތަކަކީ އިންޑަސްޓްރީ އެކްސެލެންސް، އެންޓަޕްރައިޒް އެކްސެލެންސް، އިންޑިވިޖުއަލް އެކްސެލެންސް އަދި އެލީޓް އެވޯޑްސްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް