21 ފެބުރުއަރީ 2019 | ބުރާސްފަތި | 08 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:39
މަޣްރިބް 18:22
އިޝާ 19:34

ރިޔާސީ އިންތިހާބު 2018

2013 ގައި ބޭއްވި ރިޔާސީ އިންތިޚާބާ އެއްވެސް ކަމެއް މިއިންތިޚާބުގައި ތަފާތެއް ނުވާނެ: އިލެކްޝަންސް

 • ކުރިންވެސް ވާނީ ދެވޯޓްފޮށި ފޮނުވާފައި
 • އެއީ ވޯޓުފޮށި ފުރިއްޖެ ހާލަތެއްގައި ބޭނުން ކުރުމަށް
 • އިމަޖެންސީ ލައިޓާއި ގަޑިވެސް ވަރަށް އަވަހަށް ފޮނުވާނަން
އަހުމަދު މުހުސިނު | dhonbandaara

| 3 ސެޕްޓެންބަރ 2018 | ހޯމަ 16:22 | |

މަގުބޫލް

 1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
 2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
 3. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
 4. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
 5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
 6. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
 7. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
 8. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!


އިލެކްޝަންސް ކޮމިޝަން: އެއްވެސް ކަމެއްގައި ތަފާތެއް ނުވާނެ -- ގޫގުލް

ނިމިދިޔަ 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ކަންކުރި އެއްވެސް ގޮތެއް މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ތަފާތު ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ސްޕޯކްސްޕާސަން އަދި އެކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް މިހެން ވިދާޅުވީ ވޯޓުފޮށި ފޮނުވާ އަދަދާ ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން ރާއްޖެއެމްވީން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ކޮންމެ ވޯޓު ފޮށްޓަކާއެކު އިތުރު ވޯޓުފޮށްޓެއް ފޮނުވާ ފޮނުވުމާ ގުޅޭގޮތުން، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވެފައިވަނީ ނިމިދިޔަ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ދެވޯޓް ފޮށި ފޮނުވާފައި ނުވާނެ ކަމަށެވެ.

ފުއާދު ތައުފީގް އެހެންވިދާޅުވެފައިވާތީ ރާއްޖެއެމްވީން ސުވާލު ކުރުމުން އަކުރަމް ވިދާޅުވީ ފުއާދު ހަނދުމަފުޅު ނެތުނީ ކަމަށް ވެދާނެ ކަމަށާއި ކޮންމެ ވޯޓު ފޮށްޓަކާއެކު އިތުރު ފޮށްޓެއް ފޮނުވާފައިވާ ކަމަށެވެ. އަދި އެކަމުގެ ލިޔެކިޔުންތަކެއްވެސް އަކްރަމް ވަނީ ރާއްޖެއެމްވީއަށް ދައްކާލާފައެވެ.

އެލިޔުމުގައި ވާގޮތުގައި ރިޔާސީ އިންތިޚާބުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ޤާއިމް ކުރެވޭ ކޮންމެ މަރުކަޒަކަޒެއްގައި 2 ވޯޓް ފޮށްޓާއި 2 ވޯޓިންގ ބޫތު ހުރިކަން ކަށަވަރު ކުރަން ވާނެއެވެ. އަދި ވޯޓް ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ކޮންމެ ރިސޯޓަކަށް 2 ވޯޓް ފޮށްޓާއި 1 ވޯޓިންގ ބޫތު ހުރިކަން ކަށަވަރު ކުރަން ވާނެއެވެ.

އަކުރަމް ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައިވެސް ޢަމަލު ކުރާނީ އެގޮތަށް ކަމަށެވެ. އެގޮތުން 600 މީހުންނަށްވުރެ މަދުން ވޯޓްލާ މީހުން ތިބި އާބާދީ ހިމެނޭ ރަށްރަށަށް ކުޑަ ވޯޓް ފޮށްޓެއް ފޮނުވުމަށް ހަމަޖެހިފައިވާއިރު 600 މީހުންނާއި 1000 މީހުން ވޯޓުލެވޭ އާބާދީތައް ހިމެނޭ ރަށްރަށަށް ކުޑަ ދެވޯޓް ފޮށި ފޮނުވާނެކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި ވޯޓުލެވޭ 1000 މީހުންނާއި 1500 މީހުން ތިބި ރަށްރަށަށް ބޮޑު ވޯޓް ފޮށްޓަކާއި ކުޑަ ވޯޓް ފޮށްޓެއް ފޮނުވާނެ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ދެފޮށި ފޮނުވަނީ ވޯޓްފޮށި ފުރިއްޖެ ނަމަ ބޭނުން ކުރަން ކަމަށާއި އޭގެ ކުރިން އެކްސްޓްރާ ވޯޓުފޮށި އެމަރުކަޒަކަށް ނުވައްދާނެ ކަމަށެވެ.

އަކްރަމް ވިދާޅުވީ 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބާއި މިއަހަރު ބާއްވާ އިންތިޚާބާ އެއްވެސް ކަމެއްގައި ތަފާތެއް ނުހުންނާނެ ކަމަށާއި ރަށްރަށަށް ފޮނުވާ ތަކެތީގެ ތެރޭގައިވެސް ތަފާތެއް ނުހުންނާނެ ކަމަށެވެ. އެގޮތުން ވޯޓުލާ ސަރަހައްދުތަކުގައި ބޭނުން ކުރާނެ އިމަޖެންސީ ލައިޓާއި އެތަނުގައި ބަހައްޓާ ގަޑިއާއި ފަންކާވެސް ވަރަށް އަވަހަށް ފޮނުވަން ފަށާނެކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި އެކަންކަން ކުރުމަށްފަހު އެކަމުގެ ތަފްސީލްތައްވެސް މީޑިޔާއަށް ދެއްވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް