16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

މެމްބަރު ސައުދު ހުސައިން

ވިލިނގިލީގައި ޖަލްސާ ބޭއްވި ދުވަހާ ދިމާކޮށް މެމްބަރު ސައުދުގެ ޝަރީއަތް ތާވަލްކުރުމަށްފަހު ކެންސަލް ކޮށްފި

 • ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަލްސާ ބޭއްވީ އާދިއްތަ ދުވަހުގެ ރޭ
 • ކްރިމިނަލް ކޯޓުގައި ސައުދުގެ ޝަރީއަތުގެ އަޑުއެހުން ތާވަލް ކޮށްފައިވަނީ ހޯމަ ދުވަހުގެ 13:00 އަށް، އެންމެ ފަހުވަގުތު ވަނީ ކެންސަލް ކޮށްފަ
 • ޖަލްސާ ނިމުމާއެކު ސައުދު ވަނީ ކޯޓަށް ހާޒިރުވުމަށް މާލެ ވަޑައިގަންނަވާފައި
މުހައްމަދު ފަޒީން | phaxyn

| 3 ސެޕްޓެންބަރ 2018 | ހޯމަ 15:52 | |

މަގުބޫލް

 1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
 2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
 3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
 4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
 5. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
 6. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
 7. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ
 8. އެމްއެމްޕީއާރުސީގެ ތަހުގީގު ރިޕޯޓް އާންމުކޮށްފި


މެމްބަރު ސައުދު ހުސައިން، ސުޕްރީމް ކޯޓުން ނިކުމެވަޑައިގަންނަވަނީ -- ފޮޓޯ: މުހައްމަދު ޝަރުހާން

ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ރިފޯމް މޫވްމަންޓާއެކު މަސައްކަތް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ މައްޗަށް ދައުވާ ކުރާ ޓެރަރިޒަމް މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވިލިނގިލީގައި ބޭއްވި ޖަލްސާއާ ދިމާކޮށް ތާވަލްކުރުމަށްފަހު، ފަހު ވަގުތު ކެންސަލް ކޮށްފި އެވެ. 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަލްސާ ގއ. ވިލިނގިލީގައި ބާއްވާފައިވަނީ އާދިއްތަ ދުވަހުގެ ރެއެވެ. އެޖަލްސާ އަދިއްތަ ދުވަހުގެ ރޭ ވަރަށް ދަންވަންދެން ކުރިއަށް ގެންދިޔައިރު، ސައުދަކީ އެޖަލްސާގައި ކަންކަން އިންތިޒާމު ކުރުމުގެ އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅާއެވެ. 

ސައުދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވަނީ ޖެހިގެންއައި ހޯމަ (މިއަދު) ގެ 13:00 އަށެވެ.

އެނގިފައިވާ ގޮތުގައި ސައުދު ވަނީ އެ ޖަލްސާއަށްފަހު، މާލެ ވަޑައިގެން ކްރިމިނަލް ކޯޓުގެ އެޑުއެހުމަށް ވަޑައިގަންނަވާފަ އެވެ. ނަމަވެސް އެންމެފަހު ވަގުތު ސައުދުގެ ޝަރީއަތުގެ އަޑުއެހުން ކްރިމިނަލް ކޯޓުން ވަނީ ކެންސަލް ކޮށްފަ އެވެ. މިމައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވާތާ މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ.

ދާދިފަހުން ހައިކޯޓުގެ އިސްފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކޮށްފައިވާ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަ ކޮށްލަން ރޭވި ކަމަށް ބުނެ، ސައުދުގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ހަނީފްގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ. އެ ދެ ބޭފުޅުންގެ ދައުވާ ކްރިމިނަލް ކޯޓުިގައި ކުރިއަށް ގެންދަނީ އެކުއެކީގަ އެވެ. 

ފަނޑިޔާރު ޝުޖާއުއާއި، ހަނީފްގެ އިތުރުން ސައުދުއަކީ ގއ. ވިލިނގިއްޔަށް ނިސްބަތްވާ ތިން ބޭފުޅުންނެވެ.

ސައުދަކީ އިލެކްޝަން ކޮމިޝަނުން، މެމްބަރުކަން ގެއްލިފައިވާ ކަމަށް ކަނޑައެޅާފައިވާ 12 މެމްބަރުންގެ ތެރޭގައި ހިމެނޭ މެމްބަރެކެވެ. 

ސައުދުގެ މައްޗަށް ޓެރަރިޒަމުގެ އަމަލެއް ހިންގަން ރޭވުމުގެ ދައުވާ ކޮށްފައިވާއިރު، އެ ދައުވާގެ އިތުރުން، ގާނޫނު ތަންފީޒްކުރާ މުވައްޒަފުންނަށް ގަސްދުގައި  ހުރަސްއެޅުމުގެ ދައުވާ އާއި، ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ  ވެސް އޭނާގެ މައްޗަށް ވަނީ ކޮށްފަ އެވެ. އެ ދައުވާތައް ކޮށްފައިވަނީ މެންބަރެއް ނޫން ކަމަށް ކަނޑައަޅާފައިވަނިކޮށް މިދިއަ އަހަރުގެ ޖުލައި 24 ވަނަ ދުވަހު މަޖިލީހަށް ވަން ކަމަށް ބުނާ މައްސަލައިގަ އެވެ.

މަޖިލިހަށް ވަން މައްސަލައާ ގުޅިގެން މިދިއަ އަހަރުގެ ޖުލައި 27 ވަނަ ދުވަހު ސައުދު ހައްޔަރުކުރުމަށް ފަހު، ބަންދުން ދޫކޮށްލާފައިވަނީ މިދިއަ އަހަރުގެ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް