20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

ރިޔާސީ އިންތިޚާބު 2018

އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން ފަށައިފި

  • މިއޮޕަރޭޝަނާއެކު ފުލުހުންގެ މަސައްކަތްތަކަށް ބަދަލުތަކެއް އަންނާނެ
  • އޮޕަރޭޝަން ބްލޫ ވޭވްގައި ހަރަކާތްތެރިވާ ފުލުހުން މިހާރުވަނީ އަތޮޅުތަކަށް ގޮސްފައި
އަމްނާ އިމާދު | @amnabinthimad

| 3 ސެޕްޓެންބަރ 2018 | ހޯމަ 14:40 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  8. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި


ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އޮޕަރޭޝަން ފުލުހުން މިއަދު ވަނީ ފަށާފައި: ފޮޓޯ: ޕޮލިސް -- ޕޮލިސް

ރިޔާސީ އިންތިޚާބުގައި ދިވެހިރާއްޖޭގެ ސުލްޙަވެރިކަމާ އަމާންކަން ދެމެހެއްޓުމަށްޓަކައި ފުލުހުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އޮޕަރޭޝަންކަމަށްވާ "އޮޕަރޭޝަން ބްލޫ ވޭވް 2018" ރަސްމީކޮށް ފަށައިފިއެވެ.

މިއޮޕަރޭޝަން ރަސްމީކޮށް ފަށާފައިވަނީ ހޯމަ ދުވަހު ހެނދުނު އިސްކަންދަރު ބިލްޑިންގ ކޮންފަރެންސްގައި ބޭއްވި ކޮމާންޑަރުންގެ ބައްދަލުވުމުގައެވެ.

އޮޕަރޭޝަން ރަސްމީކޮށް ފައްޓަވައި ދެއްވައި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒު ވިދާޅުވީ އިންތިޚާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ކޮމާންޑަރުންނަކީ މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށާއި، ރިޔާސީ އިންތިޚާބުގެ އެންމެހާ ކަންކަން ސުލްހަވެރިކަމާއި އަމާންކަމާއެކު ނިންމާލުމަށް ހުރިހާ ކޮމާންޑަރުންވެސް އަޒުމް ކަނޑައެޅުމަށް އެދޭ ކަމަށެވެ. 

މިއޮޕަރޭޝަނާއެކު ފުލުހުންގެ މަސައްކަތްތަކަށް ބަދަލުތަކެއް އަންނަކަން ފާހަގަކުރައްވައި ނަވާޒު ވިދާޅުވީ މަސައްކަތްތަކުގައި ހުރަސްތަކާއި ކުރިމަތި ވާނެކަމަށާއި ޚާއްސަކޮށް އަތޮޅުތަކުގައި ހުރަސްތައް ހުރިނަމަވެސް ހިތްވަރާއެކު މަސައްކަތްކުރުމުގައި ސާބިތުވެ ތިބުމަށް އެދޭ ކަމަށެވެ. 

މި ބައްދަލުވުމުގައި ވަނީ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ތައްޔާރުވެފައިވާ މިންވަރު ބެލުމުގެ ގޮތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފުލް ސްކޭލް އެކްސަސައިޒް ކުރިއަށް ދާނެގޮތުގެ މައުލޫމާތާއި އެކްސަސައިޒްގައި ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ވެސް ހިއްސާކޮށްފައެވެ.

އޮޕަރޭޝަން ބްލޫ ވޭވްގެ ކޮމާންޑަރު އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙަމްދޫން ރަޝީދު އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންގެ އިތުރުން ވީޑިއޯ ކޯލް މެދުވެރިކޮށް ޕޮލިސް ޑިވިޒަންތަކުގެ ކޮމާންޑަރުންވެސް ބައިވެރިވެފައިވެއެވެ.

ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން ބްލޫ ވޭވްގައި ހަރަކާތްތެރިވާ ފުލުހުން މިހާރުވަނީ އަތޮޅުތަކަށް ގޮސްފައެވެ. އަދި މި އޮޕަރޭޝަނުގައި މާލެ އާއި އަތޮޅުތެރޭގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުން ގެންދާނެއެވެ.

އެގޮތުން މާލޭގައި މިހާރުވެސް ޚާއްސަ މަސައްކަތްތަކެއް ފުލުހުން ކުރަމުންދާއިރު، ރަށްތަކުގައި އަމަން އަމާންކަން ބެލެހެއްޓުމުގައި އިތުރު ސަމާލުކަމެއްދީގެން ފުލުހުން ހަރަކާތްތެރިވަމުންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް