14 ނޮވެންބަރު 2018 | ބުދަ | 02 ނޮރަ
06 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ރިޔާސީ ރޭސް 2018

ކެންޑިޑޭޓުން ސޮއިކުރަން ޖެހޭ ލިސްޓް ލިބުން ލަސްވާތީ ކަންބޮޑުވޭ: މާރިޔާ

 • ލިސްޓް ވަރަށް ރަނގަޅަށް ޗެކް ކުރަން ބޭނުންވޭ
 • މުލިއާގެއަށް ލިސްޓް ފުރަތަމަ ގެންދާކަމަށް ޝައްކު ކުރޭ
 • މިނިވަންކަމާއެކު އިންތިޚާބު ބޭއްވުމަށް މަޖިލީހުން ވާނީ ބަޖެޓް ދީފައި
އަހުމަދު މުހުސިނު | dhonbandaara

| 3 ސެޕްޓެންބަރ 2018 | ހޯމަ 14:20 | |

މަގުބޫލް

 1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
 2. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
 3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
 4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
 5. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
 6. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
 7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
 8. ވެލެޒިނީ ހައްޔަރު ކޮށްފި


މާރިޔާ އަހުމަދު ދީދީ ޕްރެސް ދެއްވަނީ -- އާކައިވް

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ބޭނުން ކުރާނެ ވޯޓުލާ މީހުންގެ ލިސްޓް، ކެންޑިޑޭޓުން ސޮއިކުރައްވަން ލިބުން ލަސްވާތީ ކަންބޮޑުވާކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ބާއްވާ ސިލްސިލާ ޕްރެސްކޮންފަރެންސްގައި ހޯމަ ދުވަހު މާރިޔާ ވިދާޅުވީ ކެންޑިޑޭޓުން ސޮއިކުރައްވަން ޖެހޭ ލިސްޓް އަދިވެސް ލިބިފައި ނުވާ ކަމަށާއި އެއީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

މާރިޔާ ވިދާޅުވީ ލިސްޓްތައް ފުރަތަމަ މުލިއާގެއަށް ގެންގޮސް ނުވަތަ ރައީސް ޔާމީންގެ ކެމްޕެއިން ހެޑްކްއާޓާޒްއިން އެހެން ތަންނަތަނަށް ދާ ކަމަށް މީހުން ތުހުމަތު ކުރަމުންދާކަމަށާއި އެފަދަ ތުހުމަތުތަކެއް އުޅޭއިރު ލިސްޓް ލިބުން ލަސްވާތީ ކަންބޮޑުވާ ކަމަށެވެ.

"އަޅުގަނޑުމެން ތަކުރާރުކޮށް އިލެކްޝަންސް ކޮމިޝަނަށް ދަންނަވާނީ މިލިސްޓް އަވަހަށް ދެއްވާށޭ. އަޅުގަނޑުމެން ވަރަށް ރަނގަޅަށް ޗެކްކުރަން ޖެހޭ. ޝައްކުވާކަހަލަ ކިތައްމެ ކަމެއް ހިނގާފައިވާތީ އަޅުގަނޑުމެން ޗެކްކުރަން ޖެހޭ. ޗެކް ކުރާނެ ޓީމުތައް ގެންގޮސްގެން މިކަން ކުރަން އަޅުގަނޑުމެން ބޭނުންވޭ. އިންތިޚާބު ބާއްވަންވެސް އެބަބޭނުންވޭ" މާރިޔާ ވިދާޅުވިއެވެ.

ވޯޓު ފޮށި އުފުލުމުގައި ރައީސް ޔާމީންގެ ކެމްޕެއިން ޓީޝާޓް ލައިގެން ތިބި މީހުން ހަރަކާތްތެރިވަމުންދާ ފޮޓޯތައް ދައުރުވަމުންދާދިއުމަށް އިޝާރާތް ކުރައްވާ މާރިޔާ ވިދާޅުވީ އެއީވެސް ކަންބޮޑުވާކަމެއް ކަމަށާއި އިންތިޚާބު ބާއްވާނެ ބަޖެޓް މަޖިލީހުން ދީފައިވާއިރު އެފަދަ ގޮތަކަށް އެކަން ކުރައްވާތީ ސުވާލު އުފެދޭ ކަމަށެވެ.

"ފޮށިތައް ތަންތަނަށް ފޮނުވީމަވެސް ރައީސް ޔާމީން 2018 ޖަހާފަ ހުރި ޓީޝާޓް ލައިގެން ތިބޭ މީހުން އެފޮށިތައް ނަގައިގަނެގެން އެފޮށިތައް ބަލައިގަނެގެން ގެންދަނީ. މިނިވަންކަން ހިފެހެއްޓޭވަރަށް އެބޭފުޅުންނަށް އޮންނާނީ މަޖިލީހުން ބަޖެޓް ދީފައި"މާރިޔާ ވިދާޅުވިއެވެ.

މިޕްރެސްކޮންފަރެންސްގައިވެސް މާރިޔާ ވަނީ ރައީސް ނަޝީދަށާއި ރައީސް މައުމޫނަށް އަދި ޤާސިމް އިބްރާހީމްއަށާއި ޝައިޚް އިމްރާނަށް ތާއީދުކުރާ ކޮންމެ މީހަކުވެސް އިބޫއަށް ވޯޓް ދެއްވުމަށް ގޮވާލައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް