24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:54
ފަތިސް 04:42

ތެލުގެ ވަގުވިޔަފާރި

ރައީސް ޔާމީނާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ ތެލުގެ ވަގު ވިޔަފާރިއާ ގުޅޭ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު!

  • ރައީސް ޔާމީންގެ މައްޗަށް 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގުވިޔަފާރީގެ ތުހުމަތު ވަނީ ކުރެވިފައި
  • ދާދިފަހުން ރާއްޖޭގެ ދިދަ ޖެހި ބޯޓެއް އުތުރު ކޮރެއާއަށް ތެލުގެ ޑީލެއް ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ވެސް ވަނީ ފެންމަތި ވެފައި
  • ތެލުގެ ވަގުވިޔަފާރީގެ މައްސަލަ ވަނީ އޭސީސީއަށް ހުށަހަޅާފައި: އެމްޑީޕީ
މުހައްމަދު ފަޒީން | phaxyn

| 3 ސެޕްޓެންބަރ 2018 | ހޯމަ 14:12 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  3. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  8. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!


އެމްޑީޕީން ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ޕޯސްޓަރެއް -- އެމްޑީޕީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ގުޅުންހުރި ކަމަށް ތުހުމަތު ކުރެވޭ ތެލުގެ ވަގުވިޔަފާރީގެ މައްސަލައާ ގުޅޭ ނޫސްވެރިންގެ ބައްދަލުވުމެއް އެމްޑީޕީން ހޯމަ ދުވަހު ހަވީރު ބޭއްވުމަށް ނިންމައިފި އެވެ.

އެމްޑީޕީގެ އޮފީހުގައި ހޯމަ ދުވަހުގެ ހަވީރު 16:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅިފައިވާ، ރައީސް ޔާމީނާ ގުޅުންހުރިކަމަށް ތުހުމަތު ކުރެވޭ ތެލުގެ ވަގުވިޔަފާރީގެ މައްސަލައިގަ އެވެ.

ރައީސް ޔާމީންގެ މައްޗަށް 800 މިލިއަން ޑޮލަރުގެ ވަގުވިޔަފާރި ކޮށްފައިވާ ކަމުގެ ތުހުމަތުތަކެއް ކުރެވިފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރައީސް ޔަމީން އެސްޓީއޯގެ ޗެއާރމަނަކަށް ހުންނެވި ދުވަސްވަރު އެވެ. އެސްޓީއޯއަކީ ރާއްޖެއަށް ތެޔޮ އެތެރެކުރާ ސަރުކާރު ހިއްސާވާ ކުންފުޏެވެ. 

އެމައްސަލަ އެމްޑީޕީގެ ސަރުކާރުން ރާއްޖޭން ބޭރުގެ ކުންފުންޏެއް މެދުވެރިކޮށް ތަހުގީގު ކުރަމުން ދަނިކޮށް، އެމްޑީޕީގެ ސަރުކާރު ބަދަލުކޮށް، ވެރިކަމަށް އަރާ ވަޑައިގެންނެވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ވަނީ އެ ތަހުގީގު ހުއްޓުވާފަ އެވެ. އެތަހުގީގު ހުއްޓާލަން ޖެހުމާގުޅިގެން ދައުލަތުން 10 މިލިއަން ޑޮލަރު އެ ތަހުގީގު ކުރަމުންދިޔަ ކުންފުންޏަށް ދައްކަން ޖެހުނުކަމަށް ވެއެވެ. 

ރައީސް ޔާމީންގެ މައްޗަށް 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގުވިޔަފާރީގެ މައްސަލައެއްގެ ތުހުމަތު ކުރެވިފައިވާއިރު، ދާދިފަހުން ވަނީ ދިވެހިރާއްޖޭގެ ދިދަ ޖެހި ބޯޓަކުން އުތުރު ކޮރެއާގެ ބޯޓަކަށް ތެޔޮކަމަށް ބެލެވޭ ވިޔަފާރީގެ "ޑީލް"ތަކެއް ހަދާފަ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް