14 ނޮވެންބަރު 2018 | ބުދަ | 01 ނޮރަ
06 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ރިޔާސީ އިންތިހާބު 2018

ދުއާ އަކީ ﷲ އިޖާބަކުރައްވާނެ ކަމެއް، ހުރިހާ އަނިޔާވެރިންވީ ޖަލުގައި: ނިހާން

  • ހަތެއް ފެބްރުއަރީގެ ޓީމު ވީ ޖަލުގައި ކަމަށް ވިދާޅުވި
  • ހުރިހާ ރޭވުމެއްގެ ފަހަތުގައި ހުންނެވީ ނަޝީދު ކަމަށް ވިދާޅުވި
  • މައުމޫން ޖަލަށްލުމުން ހިތާމަކުރައްވާ ކަމަށް ވިދާޅުވި
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 3 ސެޕްޓެންބަރ 2018 | ހޯމަ 14:11 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  4. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  5. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
  6. ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ އިސްލާހު ބާތިލު ކުރަން ހުށަހަޅާނަން: ބޮޗޭ
  7. ވެލެޒިނީ ހައްޔަރު ކޮށްފި
  8. ބަޖެޓްގައި ފްލެޓް މަޝްރޫއުގެ ވާހަކައެއް ނެތް، ސަޕްލިމެންޓަރީ ބަޖެޓަކަށް ވިސްނަނީ!


ޕީޕީއެމްގެ ޖަލްސާއެއްގައި ނިހާން ވާހަކަ ދައްކަވަނީ -- ޓްވިޓަރ

ދުއާ އިޖާބަކުރައްވާ ކަން ކޮންމެ މީހަކަށްވެސް އެނގޭ ކަމަށާއި މިހާރު ހުރިހާ އަނިޔާވެރިން ވީ ޖަލުގައި ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި، އަނިޔާވެރިކަމާއި ދެކޮޅަށް ކުރާ ދުޢާއަށް އިޝާރާތްކުރައްވާ، އދ. މަހިބަދޫގައި ވާހަކަ ދައްކަމުން ނިހާން ވިދާޅުވީ ދުއާ އަކީ ﷲ އިޖާބަކުރައްވާނެ ކަމެއްކަން އެންމެނަށް އެނގޭ ކަމަށެވެ.

ނިހާން ވިދާޅުވީ އިސްލާމީ މަރުކަޒު ދޮށަށް އެއްވެ އެމްޑީޕީ އާއި އިދިކޮޅު ފަރާތްތަކުން އަނިޔާވެރިންގެ ކިބައިން ސަލާމަތްކޮށްދެއްވުމަށް އެދި ދުއާކުރި ކަމަށެވެ.

ނިހާން ވިދާޅުވީ ހުރިހާ އަނިޔާވެރިން ޖަލުގައި ވަނިކޮށް އިދިކޮޅު ފަރާތްތަކުން މިހާރު ދެން އެމާނަކުރާ އަނިޔާވެރިކަމަކީ ކޮބައިކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

އެމްޑީޕީ އުފެއްދުމަށްފަހު ނަޝީދު އެންމެ ބޮޑަށް ބޭނުންވި ކަމަކީ ކުރީގެ ރައީސް މައުމޫން ޖަލަށް ލުން ކަމަށެވެ. އެކަން ނަޝީދު ކުރަައްވައިފި ކަމަށާއި އެކަމާއި ޕީޕީއެމްގެ އާންމު މެންބަަރުން އިންތިހާއަށް ހިތާމަކުރައްވާ ކަމަށެވެ.

ނިހާނު މިހެން ވިދާޅުވިއިރު، ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސް މައުމޫން ޖަލަށް ނުލަ އެވެ. ރައީސް މައުމޫން ޖަލުގައި ބަންދުކޮށް، އެންމެ ފަހުން ޖަލަށް ހުކުމްކޮށްފައި ވަނީ މި ވެރިކަމުގަ އެވެ. 

ނިހާން ވިދާޅުވީ ރައީސް ނަޝީދު ކުރަން ބޭނުންވި ކަންކަން ހާސިލު ކުރައްވައިފި ކަމަށާއި އެގޮތުން ނަޝީދުގެ ވެރިކަން ބަދަލުކުރި އެންމެން ޖަލަށް ލާފައިވާ ކަމަށެވެ. އޭގެ ތެރެއިން ސަލަމާތުން ހުރީ އެފްއޭ ފަޔާޒް އެކަނި ކަމަށް ނިހާން ވިދާޅުވިއެވެ.

"އޭގެ ފަހުން އޭގެ ފަހަތުގައި ތިބި މީހުން ފަހަރަކު މީހަކު ޖަލަށް ލަމުން އެދަނީ، ހަމަ މުޙައްމަދު ނަޝީދުގެ ރޭވުން، ނަޝީދާއި އޭނާގެ ޓީމުގެ ކުޅިބައިގައި ޖެހިގެން ދިޔުމުގެ ނަތީޖާ، ފެބްރުއަރީ ހަތެއްގައި ހިމެނޭ ޓީމުގެ ވާހަކަ ދެއްކި، ހަމަ އެންމެން ކަހަލަ ގޮތަކަށް ޖަލަށް ލައިފި، ބާކީ ހުރި ހަމައެކަނި މީހަކީ އެފްއޭ،" ނިހާން ވިދާޅުވިއެވެ.

ރައީސް ޔާމީން ގެންދަވަނީ ސަރުކާރަށް ވާރުތަކުރި ދަރަނި ދައްކަވަމުން، އެސެޓު ވެސް އުފައްދަވަމުން ކަމަށްވެސް ނިހާން ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ސީޓޭ

2 މަސް ކުރިން

އަދި ނިހާން ވެސް ޖަލަށް ލެވޭނެ. ތީ ހަތެއް ފެބްރުއަރީގެ އިސް ލީޑަރެއް

0
0