22 ޖެނުއަރީ 2019 | އަންގާރަ | 04 ހުވަން
16 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:22
އިރުއަރާ 06:18
ފަތިސް 05:03

ރިޔާސީ އިންތިހާބު 2018

ހުވަދޫއިން ފެންނަނީ ރީތި މަންޒަރެއް، ހުރިހާ ރަށެއްގެ ތާއިދު އެބަ އޮތް: އިބޫ

 • މިއަދަކީ ހުވަދޫގެ ރަށްތަކަށް ވަޑައިގަންނަވާ އެންމެ ފަހު ދުވަސް
 • ތަރުފުޅަކީ ހަތަރު ދުވަހުގެ ދަތުރުފުޅެއް
 • 18 ރަށަކަށް ވަޑައިގަންނަވާނެ، ބާކީ އޮތީ ދެ ރަށް
ޙުސައިން ޙަސަން | hucenhassan

| 3 ސެޕްޓެންބަރ 2018 | ހޯމަ 13:59 | |

މަގުބޫލް

 1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
 2. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
 3. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
 4. ހިޔާ މަޝްރޫއު: ޕްލޭނެއް ނެތި ކުރިއަށް؟!
 5. ތިލަފުށި އަދި ގުޅިފަޅު ހިންގަން އުފެއްދި ކުންފުނީގައި ސިއްސައިގެންދާވަރުގެ ކޮރަޕްޝަން!
 6. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
 7. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި
 8. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު


ގދ. ނަޑެއްލާގައި އިބޫ ވާހަކަ ދައްކަވަނީ -- އެމްޑީޕީ

ރާއްޖޭގެ އެންމެ ބޮޑު އަތޮޅު ހުވަދު އަތޮޅުން ފެނިގެންދަނީ ވަރަށް ރީތި މަންޒަރެއް ކަމަށާއި އަތޮޅުގެ ހުރިހާ ރަށަކުން ވެސް ގުޅިފައިވާ ޕާޓީތަކަށް ތާއިދު އޮތް ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ގދ. ނަޑެއްލާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ 23 ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބު ގުޅިފައިވާ ޕާޓީތަކުން "ބޮޑުތަކުން" ކާމިޔާބު ކުރާނެ ކަމަށާއި ހުވަދު އަތޮޅުގެ ހުރިހާ ރަށަކުން އަގުލަބިއްޔަތު ލިބޭނެ ކަމަށެވެ.

"ހުވަދު އަތޮޅުން ފެންނަނީ ވަރަށް ރީތި މަންޒަރެއް. އަޅުގަނޑުމެން ދިޔަ ހުވަދޫގެ ހުރިހާ ރަށަކުން ވެސް ތާއިދު އެބަ އޮތް،" އިބޫ ވިދާޅުވިއެވެ.

ގދ. ނަޑެއްލާގައި އިބްރާހިމް މުހައްމަދު ސޯލިހު: ރަށުގެ ތާއިދު އެމަނިކުފާނަށް އޮތް ކަމަށް ވިދާޅުވި-- ފޮޓޯ/ އެމްޑީޕީ

ހުވަދު އަތޮޅަކީ ގިނަ ރަށްތަކެއްގެ މައްޗަށް އެކުލެވޭ އަތޮޅެއްކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ހުވަދޫގައި އިތުރު ރިސޯޓުތައް ހުޅުއްވައި ދެއްވާނެ ކަމަށެވެ. ހުވަދޫ އަތޮޅަކީ 240 ވުރެ ގިނަ ރަށުގެ މައްޗަށް އެކުލެވޭ ރާއްޖޭގެ އެންމެ ބޮޑު އަތޮޅެވެ. މީހުން ދިރިއުޅޭ 18 ރަށް އޮންނަ ހުވަދޫގައި ފަސް ވަރަކަށް ރިސޯޓު މިހާރު ވެސް ހިންގައެވެ. އަދި ދެ އެއާޕޯޓެއް ވެސް ހުވަދޫގައި ތަރައްގީކޮށްފައިވެއެވެ.

ގުދުރަތީ ދިރުންތައް ގިނަ ހުވަދޫ ރަށްތަކަށް އިޝާރާތް ކުރައްވައި އިބޫ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ރަށްތަކުގެ މަންފާ ރައްޔިތުންނަށް ހޯއްދަވައި ދެއްވުމަށް "ޖަޒީރާވަންތަ ދިރިއުޅުމެއް" ހޯއްދަވައި ދެއްވާނެ ކަމަށެވެ.

ގދ. ނަޑެއްލާ: އެ ރަށުގައި ހަދާފައިވާ "ޖަޒީރާ ހުޓިކޮޑާ"ގައި އިބޫ އާއި ނަޑެއްލާ ކައުންސިލްގެ އެމްޑީޕީ ކައުންސިލަރާއެކު-- ފޮޓޯ/ އެމްޑީޕީ 

އިބޫ ހޯމަ ދުވަހު ވަޑައިގެންނެވި ނަޑެއްލާއަކީ ހުއިފިލަނޑާ ނެގުމުގެ މަސައްކަތް ކުރާ ރަށެކެވެ. އެ ރަށުގެ މަސައްކަތްތެރި ކަމަށް އިޝާރާތް ކުރައްވައި އިބޫ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ރަށްތަކުގައި އެފަދަ މަސައްކަތް އިތުރަށް ތަރައްގީ ކުރެއްވުމަށް އެހީތެރިވެދެއްވާނެ ކަމަށެވެ.

ގދ. ނަޑެއްލާއަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއިދު ބޮޑު ރަށެކެވެ. އެގޮތުން އެންމެ ފަހުން ބޭއްވި ރިޔާސި އިންތިހާބުގެ ފަހު ބުރުގައި ރައީސް މައުމޫން އިސްވެ ހުންނަވައިގެން ހިންގެވި ކެމްޕޭނުގައި ނަޑެއްލާއިން ވަނީ ޕީޕީއެމަށް 52 ޕަސެންޓް ވޯޓު ލިބިފައެވެ. ނަމަވެސް ރައީސް މައުމޫން ގުޅިފައިވާ ޕާޓީތަކާއެކު ކުރައްވަން ފައްޓަވާފައިވާ މަސައްކަތާއެކު މިފަހަރުގެ އިންތިހާބުގައި ނަޑެއްލާއިން ބޮޑު އަގުލަބިއްޔަތެއް ކޯލިޝަނަށް ލިބޭނެ ކަމަށް ބެލެވެއެވެ.

ހުވަދޫއަށް އިބޫ ފައްޓަވާފައިވާ ހަތަރު ދުވަހުގެ ދަތުރުފުޅުގައި މިހާތަނަށް އެމަނިކުފާނު ވަނީ 16 ރަށަކަށް ވަޑައިގެންފައެވެ. އެގޮތުން އެމަނިކުފާނު ވަޑައިގެންނެވި ހުވަދު އަތޮޅު އުތުރުބުރީގެ ރަށްތަކަކީ ތިނަދޫ، ފަރެސްމާތޮޑާ، ފިޔޯރީ، ނަޑެއްލާ، ވާދޫ، ގައްދޫ، ރަތަފަންދޫއަށެވެ. އިބޫ ވަޑައިގެންނެވި ހުވަދު އަތޮޅު އުތުރު ބުރީގެ ރަށްތަކަކީ ވިލިނގިލި، މާމެންދޫ، ނިލަންދޫ، ދާންދޫ، ގެމަނަފުށި، ކޮނޑޭ، ކޮލަމާފުށި، ދެއްވަދޫ، ކަނޑުހުޅުދޫއަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް