20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

އައްޝައިޚް އިލްޔާސް ހުސެއިން

މެންބަރުން ކުށް ކޮށްފި، ތައުބާވޭ: އިލްޔާސް

  • ހުރިހާ އާރާ ބާރެއް އަނިޔާވެރިއަކަށް ދިނުމަށްޓަކައި މަސައްކަތް ކުރި
  • ޖުޑީޝަރީ ފުނޑާލުމަށްޓަކައި މަސައްކަތް ކުރި
ނާޒުމީ ސައީދު | NaazmeeS

| 3 ސެޕްޓެންބަރ 2018 | ހޯމަ 12:58 | |

މަގުބޫލް

  1. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތް ފާށާނަން: އިބޫ


އައްޑޫ ސިޓީ ހުޅުމީދޫގައި ބޭއްވި ޖަލްސާގައި އިލްޔާސް ހުސެއިން ވާހަކަފުޅު ދައްކަވަނީ -- ރާއްޖެއެމްވީ

ހުރިހާ އާރާ ބާރެއް އަނިޔާވެރިއަކަށް ދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުށް ކޮށްފި ކަމަށާއި، އެކަމަށް ތައުބާވެވަޑައިގަތުމަށް ޝެއިޚް އިލްޔާސް ހުސެއިން ގޮވާލައްވައިފި އެވެ.

އައްޑޫ ސިޓީ ހުޅުމީދޫ ގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝެއިޚް އިލްޔާސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަދުލްއިންސާފުގެ ދާއިރާ ފުނޑާލުމަށްޓަކައި މަސައްކަތްކޮށްފައިވާ ކަމަށާއި އެއީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. މިއަދު ދިވެހި ހުރިހާ ރައްޔިތުންނަށް ލިބެމުން މިދަނީ ރައްޔިތުންގެ މަންދޫބުންނަށް ކުރެވުނު ކުށުގެ ސަޒާ ކަމަށެވެ.

އިލްޔާސް ވިދާޅުވީ، ހުރިހާ އާރާ ބާރެއް އަނިޔާވެރިއަކަށް ދިނުމަށްޓަކައި މަސައްކަތް ކުރެވިއްޖެ ކަމަށާއި، ނަމަވެސް އެކަން މާޒީވެ ހިނގައްޖެ ކަމަށެވެ. އެއީ ކުށެއް ކަމަށް އިއުތިރާފްވެ އެކުށް ތަކުރާރު ނުކުރުމަށް ދިވެހި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، ވަކިން ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގޮވާލާ ކަމަށެވެ. މަޖިލީހުގެ މެމްބަރުންނަށް ނިސްބަތްކުރައްވައި އިލްޔާސް ވިދާޅުވީ، އިއްޒައްތެރިންގެ ލަގަބު ދެއްވުމުން އެ ލަގަބު ހިފެހެއްޓުމަށް މަސައްކަތް ކުރައްވަންޖެހޭ ކަމަށެވެ. 

"އަޅުގަނޑުމެން އަމިއްލައަށް އެބާރު ދިނީ. ސުޕްރީމު ކޯޓުގެ ބެންޗު ބަދަލުކޮށްލެއްވީ އަޅުގަނޑުމެންނޭ. އިންސާނުންނަށް ކުށްތައް ކުރެވޭނެ. އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫން. ކޮންމެ މީހަކީ އުނި މީހެއް." އިލްޔާސް ވިދާޅުވިއެވެ.

އެންމެ ހެޔޮ މީހަކީ ކުށެއް ކުރެވުމުން އެއީ ކުށެއް ކަމަށް އިއުތިރާފްވެ ކުށް ދޫކޮށްލުމަށްފަހު އިސްލާހުވުމަށް މަސައްކަތް ކުރާ މީހާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވާ ގޮތުގައި ގުޅިފައިވާ ޕާޓީތަކުގެ ހުރިހާ ލީޑަރުންނާއި ހުރިހާ ބޭފުޅުން އައިސް މި ސާބިތުކޮށްދެނީ މިކަންތައްތައް. ކުށެއް ކުރެވިއްޖެއޭ ތިމަންނާމެންނަށް ދެން ތިމަންނާމެން އެކަން އިސްލާހުކޮށްގެން އަޅުގަނޑުމެންގެ މުވާޠިނުންނާއި (ރައްޔިތުން) އެކުގައި މިގައުމުގެ އަމާންކަމާއި ސުލްހަމަސަލަސްކަން ގާއިމުކޮށް އިންސާފުވެރި މާހައުލެއް މި މުޖުތަމައުގައި އުފެއްދުމަށް މަސައްކަތް ކުރުން ކަމަށް އެހެންވީމަ އަޅުގަނޑުމެން ޕޯޑިއަމްތަކަށް މި އެރީ" އިލްޔާސް ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ޕާރާ

2 ހަފްތާކުރިން

މީހުންކުރާ ކުއްތަކުގެ ބުރަ ކަލޭ އުފުލާކަށް ނުޖެހޭނެ އެމީހަކު ކުރިކަމެއްގެ ފާފަގެ ބުރަ އުފުލާނީ އެމީހަކު ގިޔާނަތްދުވަހުން ކަލޭތަ ހުންނާނީ އެމީހުންގެ ފާފަތައް ހިފައިގެން

0
0