22 ޖެނުއަރީ 2019 | އަންގާރަ | 04 ހުވަން
16 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:22
އިރުއަރާ 06:18
ފަތިސް 05:03

ރިޔާސީ އިންތިހާބު 2018

ވެރިކަން ލިބިއްޖެނަމަ ދެ އަހަރުގެ ތެރޭގައި މަހިބަދޫގެ ބިން ހިއްކައި ގޯތި ދޫކުރާނަން: ރައީސް ޔާމީން

  • މަހިބަދޫގެ ފުޓްބޯޅަ ދަނޑު ފަސްގަނޑު ލެވެލް ކުރުމަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ މިސަރުކާރުން ޚަރަދުކޮށްފައިވޭ
  • ރައްވެހި ތަރައްގީ ފޮތަށް ރިޔާއަތްކުރައްވާ އަދަދުތައް ވިދާޅުވާއިރު، އެފޮތުގައި ބޮޑެތި އޮޅުވާލުންތައް އެބަހުރި
މުހައްމަދު ފަޒީން | phaxyn

| 3 ސެޕްޓެންބަރ 2018 | ހޯމަ 12:10 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
  3. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
  4. ހިޔާ މަޝްރޫއު: ޕްލޭނެއް ނެތި ކުރިއަށް؟!
  5. ތިލަފުށި އަދި ގުޅިފަޅު ހިންގަން އުފެއްދި ކުންފުނީގައި ސިއްސައިގެންދާވަރުގެ ކޮރަޕްޝަން!
  6. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  7. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި
  8. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު


ރައީސް ޔާމީން އދ. މަހިބަދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ރައީސް އޮފީސް

މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިންތިހާބު ކޮށްދެއްވައިފިނަމަ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އދ. މަހިބަދޫ ބިން ހިއްކައި ގޯތި ދޫކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

އަރިއަތޮޅުގެ ބައެއް ރަށްރަށަށާއި ނިލަންދެ އަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި ހޯމަ ދުވަހު އދ. މަހިބަދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ޔާމީން ވިދާޅުވީ މަހިބަދޫގައި ބިމުގެ ތާށިކަން ހުރިކަން އެނގިވަޑައިގަންނަވާ ކަމަށާއި އެހެންކަމުން މިމަހުގެ 23 ވަނަ ދުވަހު ރައީސް ޔާމީނަށް ވޯޓް ދެއްވައި އިންތިހާބު ކޮށްދެއްވިމަށެވެ. އޭރުން ދެ އަހަރުގެ ތެރޭގައި މަހިބަދޫ ރައްޔިތުން ގޯޗަށް އެދެންވީ ކަމަށާއި ދެ އަހަރުގެ ތެރޭގައި މަހިބަދޫ ބިން ހިއްކާ ނިންމަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މަހިބަދޫއަކީ 20 ހެކްޓަރު ވަރުގެ ރަށެއް ކަމަށާއި 10 ވަރަށް ހެކްޓަރުގެ ބިން މަހިބަދޫން ހިއްކެން އެބައޮތް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ. 

ރައީސް ޔާމީން ވިދާޅުވީ މަހިބަދޫއަށް އެމްޑީޕީން ޚަރަދުކޮށްފައިވަނީ 50 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް މިސަރުކާރުން 114 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ. 

ރައީސް އޮފީހުން ނެރެފައިވާ "ރަށްވެހި ތަރައްގީ" ފޮތުގައިވާ މައުލޫމާތަށް ރިއާޔަތްކޮށް މިސަރުކާރުން ހިންގަމުންދާ އަދި ނިމިފައިވާ މަޝްރޫއުތަކާއި އެ މަޝްރޫއުތަކަށް ހިނގާފައިވާ ޚަރަދުތަކުގެ ވާހަކަތައް ދައްކަވާއިރު، އެ ފޮތުގައި ދެކޮޅު ނުޖެހޭ އަދި ދޮގު މައުލޫމާތުތައް ހިމަނާފައިވާ ކަމަށާއި ބައެއް މަޝްރޫތަކުގައި އެކަށީގެންވާ އަގަށްވުރެ މާބޮޑުކޮށް މަޝްރޫއުތައް ހިންގާފައިވާކަން ރައްޔިތުން ދަނީ ފާހަގަކޮށް އެކަންކަން ފެންމަތި ކުރަމުން ނެވެ. 

އެގޮތުން މަހިބަދޫ ފުޓްބޯޅަ ދަނޑުގެ ފަސްގަނޑު ލެވެލް ކުރުމަށް 5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަން ފާހަގަކުރެވެއެވެ. އެއީ މަހިބަދޫގައި ފެންވަރު ރަނގަޅު މިސްކިތެއް ބިނާކުރެވޭ އަދަދުގެ ފަައިސާ އެވެ. 

ރައީސް ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އެމްޑީޕީން ސަރުކާރު ހިންގި ދުވަސް ވަރަކީ ރާއްޖޭގައި މިހާތަނަށް އެންމެ އަނިޔާވެރި އެންމެ ބޮޑެތި ކޮރަޕްޝަންގެ އަމަލުތައް ހިންގި ވެރިކަން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ނަމަވެސް ރައީސް ޔާމީންގެ މި ސަރުކާރުން ހިންގާފައިވާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލައަކީ މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ އެންމެބޮޑު ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަ ކަމަށް ހުދު ރައީސް ޔާމީން ވަނީ އަމިއްލަފުޅަށް އިއުތިރާފު ވެޑައިގަންނަވާފަ އެވެ. މީގެ އިތުރުންވެސް ރައީސް ޔާމީންގެ މިސަރުކާރުގެ ބޮޑެތި ކޮރަޕްޝަނާއި ހިޔާނާތުގެ ތުހުމަތުތައް އޮޑިޓް ރިޕޯޓްތަކުން ވަނީ ފެންމަތި ވެފަ އެވެ. 

އަނިޔާވެރިކަމަށް ބަލާލިޔަސް ރައީސް ޔާމީންގެ މިސަރުކާރުގެ ދުވަސް ވަރަކީ އެންމެގިނަ ސިޔާސީ ލީޑަރުންނާއި ބޭފުޅުން ޖަލަށްލި ދުވަސްވަރެވެ. އެގޮތުން އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން މިހާރުވެސް ތިއްބެވީ ޖަލުގަ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް