14 ނޮވެންބަރު 2018 | ބުދަ | 01 ނޮރަ
06 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ރިޔާސީ އިންތިހާބު 2018

ހައްގު ބަސް ބުނުމަކީ ބަޣާވާތްކޮށް ފިތުނަ އުފެއްދުމެއް ނޫން: ޝަހީމް

 • ހައްގު ބަސް ބުނުމަކީ ފިތުނަ އުފެއްދުން ކަމަށް އިލްމުވެރިން ދެކިގެން ނުވާނެ
 • މި ސަރުކާރުން އިލްމުވެރިންނަށް ދެރަގޮތެއް ނަހަދާނެ
 • ހިތަށް އެރިހާ އެއްޗެއް ނުކިޔޭނެ
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 3 ސެޕްޓެންބަރ 2018 | ހޯމަ 11:56 | |

މަގުބޫލް

 1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
 2. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
 3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
 4. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
 5. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
 6. ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ އިސްލާހު ބާތިލު ކުރަން ހުށަހަޅާނަން: ބޮޗޭ
 7. ވެލެޒިނީ ހައްޔަރު ކޮށްފި
 8. ބަޖެޓްގައި ފްލެޓް މަޝްރޫއުގެ ވާހަކައެއް ނެތް، ސަޕްލިމެންޓަރީ ބަޖެޓަކަށް ވިސްނަނީ!


ޑރ. ޝަހީމް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ -- އައިޔޫއެމް

ހައްގު ބަސް ބުނުމަކީ ބަޣާވާތްކޮށް، ފިތުނަ އުފެއްދުން ކަމަށް އިލްމުވެރިން ދެކިގެން ނުވާނެ ކަމަށް ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ހދ. ކުޅުދުއްފުއްޓަށް ވަޑައިގެން، އެ ރަށުގައި ހަރަކާތްތެރިވާ ޕީޕީއެމްގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ ހައްގު ބަސް ބުނުމަކީ ބަޣާވާތް ކުރުމެއް ނޫން ކަމަށެވެ. އެއީ އެއިރެއްގައި އޮތް ވެރިޔަކާއި ދެކޮޅަށް ނުކުމެ ފިތުނަ އުފެއްދުމެއްވެސް ނޫން ކަމަށް ޝަހީމް ވިދާޅިވިއެވެ.

ޝަހީމް ވިދާޅުވީ އިލްމުވެރިންގެ މަސްއޫލިއްޔަތަކީ ހެޔޮ ކަންތައްތަކަށް އަމުރުކޮށް، ނުބައި ކަންތައްތައް ނަހީ ކުރުމަށް ހައްގުގެ ބަސް ބުނުން ކަމަށެވެ.

ހައްގު ބަސް ބުނުމުގެ ނަމުގައި އުސޫލުތައް މުގުރާލައި، ހިތަށް އެރިހާ އެއްޗެއް ކިޔުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް އެއްވެސް އިލްމުވެރިއަކު ގަބޫލު ކޮށްގެން ނުވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"ހައްގު ބަސް ބުނުމަކީ ބަޣާވާތް ކުރުމެއް ނޫން. ހައްގު ބަސް ބުނުމަކީ ވެރިމީހާއާ ދެކޮޅަށް ނުކުމެ ފިތުނަ އުފެއްދުމެއް ވެސް ނޫން. ހައްގު ބަސް ބުނުމަކީ ހެޔޮ މަގަށް ގޮވާލުން. ހެޔޮ ކަންކަން ބަޔާންކޮށް ދިނުން. އެ ފުރުސަތު ރާއްޖޭގައި އެބައޮތް." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް އިތުރަށް ވިދާޅުވީ ރާއްޖޭގެ ވެރިކަމުގައި ހުންނަ މީހަކަށް ކޮންމެ ފަސް އަހަރަކުން ހުކުމެއް ޖެހުމަކީ އިލްމުވެރިންނަށް އޮތް ހައްގެއް ނޫން ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ދީނީ ސިޔާސަތުތަކަށް ތައުރީފް ކުރައްވަމުން ޝަހީމް ވިދާޅުވީ، ވަކި ގޮތަކަށް ފަތުވާ ދިނުމަށް މި ސަރުކާރުން އެއްވެސް ދީނީ އިލްމުވެރިއަކަށް މަޖުބޫރު ކޮށްފައި ނެތް ކަމަށެވެ.

ޝަހީމް އެހެން ވިދާޅުވި ނަމަވެސް، މި ފަހަކަށް އައިސް ޝަހީމް ވާހަކަތައް އެންމެ ބޮޑަށް އަމާޒުކުރައްވާ ޝޭޚް އިލްޔާސް ހުސެއިން އާ އެނޫންވެސް އެތައް އިލްމުވެރިންނެއްގެ ދީނީ ދަރުސް ދިނުމާއި، ހުކުރުކުރުމުގެ ހުއްދަތައްވެސް ބާތިލްކޮށްފައިވެއެވެ.

އިލްޔާސް އަކީ ކޮންމެ ފަސް އަހަރަކުން ވެރިކަން ބަދަލުކުރުމަށްޓަކައި، އޭނާ ބޭނުންވާ ގޮތަށް ފަތުވާ ދެއްވަމުން ގެންދަވާ ބޭފުޅެއް ކަމަށް ދޭހަވާ ގޮތަކަށް ޝަހީމް ކުރިންވެސް ވަނީ ވާހަކަ ދައްކަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް