26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
އިޝާ 19:13
މަޣްރިބް 18:02
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ރިޔާސީ އިންތިހާބު 2018

ރަތަފަންދޫ ސްކޫލުގެ ޕްރިންސިޕަލް އެމްޑީޕީއަށް ސޮއި ކުރައްވައިފި

  • ރަތަފަންދޫއަކީ މިނިސްޓަރު އަޒްލީންގެ ރަށް
  • ރަށުގެ ބޮޑު އަގުލަބިއްޔަތު އޮތީ އެމްޑީޕިއަށް
  • މިއީ އެމަނިކުފާނު ވަޑައިގަންނަވާ ހުވަދޫގެ 15 ވަނަ ރަށް
ޙުސައިން ޙަސަން | hucenhassan

| 3 ސެޕްޓެންބަރ 2018 | ހޯމަ 11:33 | |

މަގުބޫލް

  1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  2. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
  6. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  7. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް
  8. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް


ރަތަފަންދޫ ސްކޫލުގެ ޕްރިންސިޕަލް އެމްޑީޕީއަށް ސޮއި ކުރެއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރާއްޖެ އެމްވީ

ގދ. ރަތަފަންދޫ ސްކޫލުގެ ޕްރިންސިޕަލް އަހުމަދު އަބްދުﷲ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށް ސޮއި ކުރައްވައިފިއެވެ.

އޭނާ އެމްޑީޕީއަށް ސޮއި ކުރެއްވީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެ ރަށަށް ވަޑައިގެން، އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ރަތަފަންދޫ ސްކޫލުގެ ޕްރިންސިޕަލްގެ އިތުރުން، އެ ރަށުގެ ޕީޕީއެމަށް ތާއިދު ކުރާ ބައެއް އިސް ބޭފުޅުން ވެސް ވަނީ ގުޅިފައިވާ ޕާޓީތަކަށް ބައިއަތު ހިފާފައެވެ.

އެމްޑީޕީއަށް ތާއިދު ބޮޑު، ރަތަފަންދޫގެ ކައުންސިލްގެ ތިން މެމްބަރުނަކީ ވެސް އެމްޑީޕީގެ ޓިކެޓުގައި ކައުންސިލަށް ހޮވިވަޑައިގެންނެވި ބޭފުޅުންނެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ފަހު ބުރުގައި ރަތަފަންދޫއިން ވޯޓުލީ މީހުންގެ 56 ޕަސެންޓް ވޯޓު ދީފައި ވަނީ އެމްޑީޕީއަށެވެ.

ހޯމް މިނިސްޓަރު މުހައްމަދު އަޒްލީން ނިސްބަތްވެވަޑައިގަންނަވާ ރަތަފަންދޫއަށް އިބޫ ވަޑައިގެންނެވުމުން، ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ. އަދި ހަމަނުޖެހުމެއް ހިނގާފާނެތީ، ބައެއް ސަރަހައްދުތަކުގެ މަގުތަކުގައި ފޯރިމަރާފައިވެއެވެ.

ރަތަފަންދޫ ސްކޫލުގެ ޕްރިންސިޕަލް އެމްޑީޕީއަށް ސޮއި ކުރެއްވާފައި ވަނީ ހުވަދޫގެ ބައެއް ރަށްތަކުގައި މަސައްކަތް ކުރާ ސިވިލްސާވަންޓުންނާއި ކުންފުނިތަކުގެ މުވައްޒަފުން އިބޫއަށް މަރުހަބާ ދެންނެވުމަށް ފާޅުގައި ނުކުމެވަޑައިގެންފައިވަނިކޮށެވެ. އެގޮތުން ގދ. ތިނަދޫ އާއި ގއ. ކޮލަމާފުށްޓާއި ގއ. ވިލިނގިލީގެ މުވައްޒަފުން ވެސް ވަނީ އިބޫއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް