20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ފަތިސް 04:44
އިރުއަރާ 05:57
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:14
ޢިޝާ 19:27

ރިޔާސީ އިންތިޚާބް 2018

ރާއްޖޭގައި އުފެދިފައި އޮތީ އެޑްވާންސްކޮށް ވައްކަން ކުރުމުގެ ސަގާފަތް: މެންބަރު ސައުދު

  • ދިވެހިން އެޑްވާންސްކޮށް ވައްކަން ކުރާ މީހުން ބަލައެއް ނުގަންނާނެ
  • ދައުލަތް ދުވަމުންދަނީ ގޭންގުތަކުގެ ފަހަތުންނާއި ހިޔާނަތްތެރިންގެ ފަހަތުން
އަމްނާ އިމާދު | @amnabinthimad

| 3 ސެޕްޓެންބަރ 2018 | ހޯމަ 11:08 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  3. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  4. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  5. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  8. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން


ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވާހަކަދައްކަވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ދިވެހިރާއްޖޭގައި މިހާރު އުފެދިފައި އޮތީ އެޑްވާންސްކޮށް ވައްކަން ކުރުމުގެ ސަގާފަތް ކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

ކޯލިޝަނުން ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ ރާއްޖޭގައި މިހާރު އުފެދިފައި އޮތް ވައްކަމުގެ ސަގާފަތް ބޭނުން ނުވާ ކަމަށާއި، ދިވެހިން އެޑްވާންސްކޮށް ވައްކަން ކުރާ މީހުން ބަލައި ނުގަންނާނެ ކަމަށެވެ.

ސައުދު ވިދާޅުވީ މިއަދު ދައުލަތް ދުވަމުންދަނީ ގޭންގުތަކުގެ ފަހަތުންނާއި ހިޔާނަތްތެރިންގެ ފަހަތުން ކަމަށެވެ. އަދި ދައުލަތް ތަރުހީބު ދެމުން ދަނީ މާރާމާރީއާއި ވައްކަމާއި ހިޔާނާތަށް ކަމަށާއި، މިއީ ދިވެހި ފަސްގަނޑު ދިރިއުޅޭ ރައްޔިތުން ބޭނުންވާ ގޮތެއް ނޫން ކަމަށް ސައުދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުންވާ ފަސްގަނޑަކީ ވައްކަން ނުކުރާ ހިޔާނަތްތެރިނުވާ އަމާން އޮމާން އަދުލް އިންސާފު ގާއިމް ވެފައިވާ ދިވެހިރާއްޖެއް، އެއީ ޖަޒީރާ ރާއްޖެ." ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ރައްޔިތުން ގޮވަމުންދަނީ އަދުލް އިންސާފަށް ކަމަށާއި، މިގައުމު ހިޔާނަތްތެރިކަމުން މިނިވަން ކުރުމަށް ކަމަށެވެ. ރައީސް ޔާމިން ކިތަންމެ ބާރެއް ހުރިކަމަށް ހީފުޅު ކުރެއްވި ނަމަވެސް އެއީ އެއްވެސް ބާރެއް ހުރި ބޭފުޅެއް ނޫންކަން ފާހަގަ ކުރައްވައި ސައުދު ވިދާޅުވީ އެއީ އާދައިގެ ބޭފުޅެއް ކަމަށާއި، އާދައިގެ ރައްޔިތެއް ކަމަށެވެ.

ސައުދު ވިދާޅުވީ މިހާރު މިއީ އަނިޔާވެރިކަމާ ދެކޮޅަށް ނުކުންނަވީ ވަގުތުކޮޅު ކަމަށާއި، ދައުލަތް ބަދަލުކުރުމަށް އެންމެން އެއްގަލަކަށް އަރަންވީ ވަގުތު ކަމަށެވެ. ރައްޔިތުންގެ އަތުން ފޭރިގަނެފައިވާ ހައްގުތަކާއި، މިގައުމުގެ އަދުލް އިންސާފު ގާއިމް ކުރެވޭނީ ކޯލިޝަންގެ ކެންޑިޑޭޓަށް ވޯޓުދީގެން ކަމަށް ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ކޯލިޝަންގެ ސަރުކާރުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވަގައި ކުރެއްވި މަސައްކަތްފުޅުން ދިވެހިންނަށް ހޯއްދަވައިދެއްވި ޑިމޮކްރަސީއާއި، ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ރައްޔިތުންނަށް ލިބޭނެ ކަމަށެވެ. އަދި ގާއިމް ކުރެވިގެންދާނީ ރައްޔިތުންގެ ދައުލަތެއް ކަމަށް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް