20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

ޝެއިޚް އަލީ ޒައިދު

ޝެެއިޚް އިލްޔާސާއި އިޔާޒަށް މި ސަރުކާރުން އޮފާ ދިން، ކުރެއްވީ އިންކާރު: ޝެއިޚް އަލީ ޒައިދު

  • ތަހުގީގު ކުރަންވީ ލިބޭ މުސާރައާއި ނުބައްދަލު ފްލެޓާ އެހެން އެއްޗެހި ގަންނަ މީހުން
  • މަގާމަކަށް އަދި މުދަލަކަށް ޝެއިޚް އިލްޔާސާއި ޑރ. އިޔާޒު ނުވިކޭނެ
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 3 ސެޕްޓެންބަރ 2018 | ހޯމަ 11:02 | |

މަގުބޫލް

  1. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތް ފާށާނަން: އިބޫ


ޝެއިޚް އަލީ ޒައިދު -- ފޭސްބުކް

ދީނީ ދެ އިލްމުވެރިން ކަމަށްވާ ޝެއިޚް އިލްޔާސް ހުސައިނާއި ޝެއިޚް ޑރ. މުހައްމަދު އިޔާޒަށް މިސަރުކާރުން އޮފާ ދެއްވި ކަމަށާއި އެހެން ނަމަވެސް އެ އޮފާތަކަށް އިންކާރު ކުރެއްވި ކަމަށް ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝެއިޚް އިލްޔާސާއި އިޔާޒުގެ އަބުރު ކަތިލަމުންދާކަމަށް ވިދާޅުވެ ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ދެ ބޭފުޅުންނަކީ ވަރަށް ގާތުން ދަންނަ ދެ ބޭފުޅުންކަމަށާއި މަގާމަކަށް އަދި މުދަލަކަށް އެދެބޭފުޅުން ނުވިކޭނެ ކަމަށެވެ. އެ ޔަގީންކަން ދެއްވާކަމަށާއި އޭނާއަށް އެނގިގެންވެސް އެދެބޭފުޅުންނަށް އޮފާ އައި ކަމަށެވެ. އެހެން ނަމަވެސް އަކަންތައްތަކަށް ކުރެއްވީ އިންކާރު ކަމަށް ޝެއިޚް ޒައިދު ވިދާޅުވިއެވެ.

ހޮނިހިރު ދުވަހުގެރޭ އައްޑޫ ސިޓީގައި އިލްޔާސް ދެއްކެވި ވާހަކަތަކާއި ގުޅިގެން އޭނާ ހައްޔަރުކޮށް ތަހުގީގު ކުރުމަށް ޕީޕީއެމް ޕީޖީ ލީޑަރު ގޮވާލައްވާފައިވަނިކޮށް ޝެއިޚް ޒައިދު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ތަހުގީގު ކުރަންވީ ލިބޭ މުސާރައާއި ނުބައްދަލު ފްލެޓާ އެހެން އެއްޗެހި ގަންނަ މީހުން ކަމަށެވެ. އެކަހަލަ މީހުންގެ އަދަބެއް ސަދަބެއް ނެތް ކަމަށާއި ހެޔޮ އެއްޗެއް މީހަކު ބުނާ އިރަށް އެމީހަކު ނޮޅައިގެން ކައި ހަދާ ކަމަށެވެ. އެ ކަހަލަ މީހުން ލާރި ހޯދަނީ ކިހިނެއްކަން ބަލާނެ މީހަކު ނެތުމުން އަޖައިބުވެ ވަޑައިގަންނަވާ ކަމަށް އަލީ ޒައިދު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ޑރ.އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ފާޑު ކިއުންތަކަށް އަޅާ ނުލެއްވުމަށާއި ހައްގު ބަސް ބުނާ މީހުން ދެކެ އަބަދު ވެސް ރުޅި އައިސް އެ މީހުންގެ އަގު ވައްޓާލަން އުޅޭ ބަޔަކު އުޅޭނެ ކަމަށެވެ. އިޔާޒު ވަނީ އިލްޔާސްއާއި މެދު ހީލަތްތެރި ރޭވުންތައް ރާވާ، ހައްޔަރު ކުރަން ގޮވާލާ ފަރާތްތަކުގެ ވަކިތަކުން އިލްޔާސް ސަލާމަތްކޮށް ދެއްވުން އެދި ދުއާ ކުރައްވާކަމަށް ވިދާޅުވެފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް