19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

އެމްއެންޑީއެފް

އެމްއެންޑީއެފުން ވެސް ބްރިޖްމަތީ ދުވެފި

  • އަންނަ އޮކްޓޯބަރ 8 އިން 14 އަށް ޕާކިސްތާނުގެ ލާހޫރުގައި ބާއްވާ ޓްރައިނަކަށް ފަރިތަކުރުމުގެ ގޮތުން
  • 11 ކިލޯ މީޓަރަށް ދުވެފައިވޭ
މުހައްމަދު ފަޒީން | phaxyn

| 3 ސެޕްޓެންބަރ 2018 | ހޯމަ 10:11 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
  5. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  6. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  7. އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!
  8. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!


އެމްއެންޑީއެފްގެ ސިފައިން ބްރިޖްމަތީ ދުވަނީ -- އެމްއެންޑީއެފް

އެމްއެންޑީއެފްގެ ޓްރެއިންނެއްގައި ބައިވެރިވާ ސިފައިންތަކެއް ބްރިޖްމަތީގައި ދުވުމުގެ ހަރަކާތެއް ކުރިއަށް ގެންގޮއްސިއެވެ.

އެމްއެންޑީއެފުން ބުނީ ޕާކިސްތާނު އާމީން ބާއްވާ، "ޕާކިސްތާން އާމީ ފިޒިކަލް އެޖިލިޓީ އެންޑް ކޮމްބެޓް އެފިޝެންސީ ސިސްޓަމް (ޕޭސަސް)" މުބާރާތުގައި ބައިވެރިވާ ދިވެހި ސިފައިންގެ ޓީމުން "ދާލަން ދުވުން – 01" ނަމުގައި 11 ކިލޯމީޓަރުގެ ދުވުމެއް ސިނަމާލެ ބުރިޖުގައި އާދިއްތަ ދުވަހު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އާދިއްތަ ދުވަހުގެ ހެނދުނު ބޭއްވި އެ ދުވުމުގައި ސިފައިންގެ ޕޭސަސް ޓީމުގައި ހިމެނޭ 20 ބައިވެރިންގެ އިތުރުން މުދައްރިބުންނާއި ޓީމުގެ އޮފިޝަލުން ބައިވެރިވެފައިވެއެވެ. ޕޭސަސް ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ބޭއްވި، އެ ދުވުން ކުރިއަށް ގެންގޮސްފައިވަނީ މާލޭގައި ހުންނަ ވެމްކޯ ސައިޓުން ފެށިގެން ބޮޑުތަކުރުފާނު މަގުން އިރަށް ގޮސް ސިނަމާލެ ބުރިޖު މަތިން، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ހުރަސްކޮށް ހުޅުމާލޭގެ ފޭސް 2، ސަރަޙައްދުގެ ނިމޭ ހިސާބަށް ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

ޖުމްލަ 11.4 ކިލޯމީޓަރުގެ އެ ދުވުމުގައި ސިފައިންގެ ޕޭސަސް ޓީމުގެ ހުރިހާ ބައިވެރިން ބައިވެރިވެފައިވާއިރު، އެންމެ އަވަހަށް ނިންމި ބައިވެރިޔާ ދުވުން ނިންމާފައިވަނީ 40 މިނެޓުންނެވެ.

އަންނަ އޮކްޓޯބަރ 8 އިން 14 އަށް ޕާކިސްތާނުގެ ލާހޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ދިވެހި ސިފައިން، ބައިވެރިވާ މިއީ ދެވަނަ ފަހަރެވެ. މީގެ ކުރިން 2016 ވަނަ އަހަރު އެ މުބާރާތުގައި ބައިވެރިވެ، ރަނގަޅު ނަތީޖާތަކެއް ދިވެހި ސިފައިންގެ ޓީމުން ނެރެދީފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް