20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ރިޔާސީ އިންތިޚާބް 2018

ރައްޔިތުން ބޭނުންވަނީ ހުރިހާ ފިކުރެއް ހަޖަމް ކުރެވޭނެ ލީޑަރެއް: މެންބަރު އަމީތު

  • މިގައުމުގައި ބައިބައިވުންތައް އުފެދުނީ އިންތިޚާބު ކުރެވުނު ވެރިއެއްގެ ސަބަބުން
  • ވެރިކަމުގައި ވަކި ހިއްޕާލި ނަމަވެސް ރައްޔިތުން ވޯޓުން ބަލިކުރެވޭނެ
އަމްނާ އިމާދު | @amnabinthimad

| 3 ސެޕްޓެންބަރ 2018 | ހޯމަ 10:04 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  8. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ


މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވާހަކަދައްކަވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ދިވެހި ރައްޔިތުން ބޭނުންވަނީ ހުރިހާ ފިކުރެއް ހަޖަމް ކުރެވޭނެ ލީޑަރެއް މިގައުމަށް ގެންނަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

ކޯލިޝަނުން ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ ރާއްޖެ އޮތީ ބައިބައިވެފައިވާ ކަމަށާއި، ބައިބައިވުންތައް އުފެދުނީ އިންތިޚާބު ކުރެވުނު ވެރިއެއްގެ ސަބަބުން ކަމަށެވެ. އަމީތު ވިދާޅުވީ ރާއްޖެ ބޭނުންވަނީ ބައިބައިވުންތައް ނައްތާލާ ރައްޔިތުން އެއްބައިވަންތަ ކުރެވޭނެ ވެރިއެއް ކަމަށާއި، ތަފާތު ފިކުރުތައް އަޑު އެއްސެވޭނެ ގާބިލްކަން ހުރި ވެރިއެއް ކަމަށެވެ.

އަމީތު ވިދާޅުވީ ރައްޔިތުން ބޭނުން ވަނީ ތަފާތު ސިޔާސީ ފިކުރުތަކާއެކު ވެސް އެބައިވަންތަ މުޖުތަމައު އެއް ކަމަށާއި، އެކަން ކުރުމުގެ ގާބިލްކަން ހުރީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އެކަނި ކަމަށެވެ. އަމީތު ވިދާޅުވީ ގައުމު ހަލާކުވެގެން މިދަނީ ރައްޔިތުންގެ ތަފާތު ފިކުރުތައް ހަޖަމް ކުރެވޭނެ ވެރިއެއް މިގައުމުގައި ނެތުމުން ކަމަށެވެ.

"އިބްރާހިމް މުހައްމަދު ސޯލިހުއަށް ގައުމު އެއްބައިވަންތަ ކުރެވޭނެ. ހުރިހާ އަޑެއް އެއްސެވޭނެ. ހުރިހާ މަންޒަރެއް ބެއްލެވޭނެ. ހުރިހާ ފިކުރެއް ހަޖަމް ކުރެވޭނެ އިނގޭތޯ. އަޅުގަނޑުމެން އެތަޖުރިބާ ކޮށްފައި ތިބީމަ އަޅުގަނޑުމެން މިވާހަކަ މިދައްކަނީ." އަމީތު ވިދާޅުވިއެވެ.

އަމީތު ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އެކިކުލައިގެ ފިކުރުތައް ފެންނަ ތަފާތު ކުލަތައް ހަޖަމް ކުރެވޭނެ ލީޑަރަށް މިގައުމަށް ގެންނާނެ ކަމަށާއި، ރައްޔިތުންގެ އިހުސާސްތަކަށް އަނިޔާވެރިވި މީހަކު މިގައުމުގެ ހުންގާނުގައި ނުބަހައްޓާނެ ކަމަށެވެ.

ކިތަންމެ ވަރަށް ވެރިކަމުގައި ވަކި ހިއްޕާލި ނަމަވެސް ރައްޔިތުން ވޯޓުން ބަލިކުރެވޭނެ ކަމަށާއި، ވޯޓު އޮޅުވާ ނުލެވޭނެ ކަމަށް އަމީތު ވިދާޅުވިއެވެ.

ޖަލަށްލައި މަރާލިއަސް ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނެކަން ފާހަގަކުރައްވައި އަމީތު ވިދާޅުވީ ރައްޔިތުންގެ ބާރަށް ވުރެ ގަދަ ނުވޭނެ ކަމަށާއި، ނިގުޅައިގަތް ހައްގުތައް އަބުރާ ހޯދާނެ ކަމަށެވެ. އަމީތު ވިދާޅުވީ މުގުރުން ޖަހައި ޕެޕާރ ސްޕްރޭ ބޭނުން ކޮށްގެން ރައްޔިތުން ގެއަށް ވެއްދޭނެ ކަމަށް މިސަރުކާރުން ހީކުރުމަކީ މޮޔަ ކަމެއް ކަމަށެވެ.

ރައްޔިތުން ހައްގު ބަސް ބުނެ ގައުމަށް ގައްދާރުވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށާއި، ހައްގު އަދަބު ދޭނެ ދުވަސް އޮތީ ވަރަށް ކައިރީގައި ކަމަށް އަމީތު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް