25 އޭޕުރިލް 2019 | ބުރާސްފަތި | 05 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ކަރަންޓް ކެނޑުން

ތުޅާދޫގައި ކަރަންޓް ނެތުމުގެ ސަބަބުން ސްކޫލް ބަންދުކޮށްފި

  • އާދިއްތަ ދުވަހުގެ ރޭ 3:30 އިން ފެށިގެން ކަރަންޓްގެ ޚިދުމަތް ވަނީ ކެނޑިފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 3 ސެޕްޓެންބަރ 2018 | ހޯމަ 09:48 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  5. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  6. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި


ބ. ތުޅާދޫ -- ގޫގުލް

ބ. ތުޅާދޫގައި ކަރަންޓް ނެތުމުގެ ސަބަބުން ސްކޫލް ބަންދު ކޮށްފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ތުޅާދޫ  ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު ވިދާޅުވީ އާދިއްތަ ދުވަހުގެ ރޭ 3:30 އިން ފެށިގެން އެރަށުން ކަރަންޓްގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

އަދި ކަރަންޓް ކެނޑުމުގެ ސަބަބުން ސްކޫލްގެ ހެނދުނު ދަންފަޅީގެ ކިޔެވުން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ކަރަންޓްގެ ޚިދުމަތް މެދުކެނޑިފައިވަނީ އެރަށުގައި ބޭނުން ކުރަމުންދާ އިންޖީނު އޯވަރހޯލް ކުރަމުން ދާތީ ކަމަށް އަހުމަދު ރަޝީދު ވިދާޅުވިއެވެ.

އާބާދީގައި 1500 އެއްހާ މީހުން ދިރިއުޅޭ ތުޅާދޫގައި ބޭނުން ކުރަމުން ގެންދަނީ 250 ކިލޯ ވޯލްޓްގެ ދެ ޖަނަރޭޓަރާއި 200 ކިލޯ ވޯލްޓްގެ ޖަނަރޭޓަރެއް ކަމަށާއި އެތަނުން ޖަނަރޭޓަރެއް އޯވަރހޯލް ކުރަން ވެއްޖެ ނަމަ މުޅި ރަށުން ފަހެއް ނުވަތަ ހަ ގަޑިއިރަށް ކަރަންޓް ކަނޑާލަން ޖެހޭ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ތުޅާދޫއަށް ކަރަންޓްގެ ޚިދުމަތް ލިބޭނެ ވަކި އިރެއް ނޭންގޭ ކަމަށް ފެނަކައިން ބުނެފައިވާ ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އިސީ

8 މަސް ކުރިން

ތިޔަފެންނަނީ ތަރައްގީ ދެންތިބޭ އެންމެން ބާރައް އަތްޖަހަން

0
0