16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ރޮހިންޖާ މައްސަލަ

ރޮއިޓަޜސްގެ ދެ ނޫސްވެރިން ޖަލަށް ލުމަށް މިޔަންމާގައި ހުކުމްކޮށްފި

  • އެ މީހުންވަނީ ދައުލަތުގެ ސިއްރުތަކާބެހޭ ގާނޫނާ ޚިލާފުވެފައިވެފައި:ކޯޓް
  • އެމީހުން ގެންގުޅުނީ ފުލުހަކު ދިން ލިއުންތަކެއް
އަބުދުﷲ މުހައްމަދު | 8Abbo

| 3 ސެޕްޓެންބަރ 2018 | ހޯމަ 09:30 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  3. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ކައިއޯ ސޮއެ އޫ(ވ) އަދި ވާ ލޯން(ކ) ބުނެފައިވަނީ ފުލުހުން އެމީހުން ފްރޭމް ކުރީ ކަމަށް -- އާކައިވް

 

ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލު އާއްމު ތަހުގީގީ ނޫސްވެރިކަމެއްގެ ތެރެއިން ރިޕޯޓް ކުރަން އުޅުނު ރޮއިޓަރސްގެ ދެ ނޫސްވެރިޔަކު ޖަލަށް ލުމަށް މިޔަންމާގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

ދެ މީހުންގެ މައްޗަށް ހަތް އަހަރަށް ޖަލަށް ލުމަށް ހުކުމްކުރީ މިޔަންމާގެ ދައުލަތުގެ ސިއްރުތަކާބެހޭ ގާނޫނާ ޚިލާފުވެފައިވާ ކަމަށްބުނެއެވެ.

ވާ ލޯން އަދި ކައިއޯ ސޮއެ އޫ ހައްޔަރު ކޮށްފައިވަނީ އެމީހުންނަށް ފުލުހަކު ދިން ރަސްމީ ލިޔެކިޔުންތަކެއް ގެންގުޅެނިކޮށެވެ.

މި މައްސަލަ ބެލެވިގެން ގޮސްފައިވަނީ މިޔަންމާގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ޓެސްޓު ކޮށްލެވޭނެ ހާދިސާއެއްގެ ގޮތުގައެވެ.

އެ މީހުންގެންދަނީ ކުށެއް ނުކުރާ ކަމަށާއި އެ ކަމަކީ ފުލުހަކު ރާވާފައިވާކަމެއް ކަމަށް ބުނަމުންނެވެ.

"މި އަދަކީ މިޔަންމާއަށާއި  ރޮއިޓަރސްގެ ނޫސްވެރިން ކަމަށްވާ ވާ ލޯން އަދި ކިޔޯ ސޮއެ އޫ އަދި ކޮންމެ ތަނެއްގެ ނޫސްވެރިކަމުގެ މިނިވަން ކަމަށްވެސް ހިތާމަވެރި ދުވަހެއް" ރޮއިޓަރސްގެ ޗީފް އެޑިޓަރ ސްޓެފަން އެޑްލަރ ވިދާޅުވިއެވެ.

އުމުރުން 32 އަހަރުގެ ވާ ލޯން އަދި 28 އަހަރުގެ ކައިއޯގެ މައްޗަށް ދައުވާ އުފުލީ  ޖެނުއަރީ މަހުއެވެ.

ދެ ނޫސްވެރިން ހައްޔަރުކުރި ދުވަސްވަރު އެ ދެ ނޫސްވެރިން މަސައްކަތް ކުރަމުން ދިޔައީ ރަޚައިން ސްޓޭޓްގެ އަވަށެއްގައި 10 ކުޑަކުދިން މަރާލި މައްސަލައެއްގެ ހަގީގަތް ހޯދުމަށެވެ.

އެ ނޫސްވެރިންގެ އަތުގައި ހުރި ކަމަށް ތުހުމަތު ކުރާ ސިއްރު ޑޮކިއުމެންޓްތަކަކީ މައްސަލައިގެ އަސްލު ކަމަށްވާއިރު އެއީ މިޔަންމާގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ޑޮކިއުމެންޓްތަކެއް ކަމަށް ޝަރީއަތުގައި ސާބިތު ކޮށްދެވިފައި ނުވާ ކަމަށް ދިފާއީ ވަކީލުން ވަނީ ވިދާޅުވެފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް