16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ރިޔާސީ އިންތިހާބު 2018

ރައީސް ޔާމީން ވެރިކަމުގައި ހުންނެވިހައި ދުވަހަކު އަނިޔާ އާއި ވައްކަމަށް ނިމުމެއް ނާންނާނެ:އައިޝާ

  • މި ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެރިކަމުގެ ވާހަކަ ނޫން ވާހަކައެއް މިހާރު ދެއްކެން ނެތް
  • ރައީސް ޔާމީން ވެރިކަމުގައި ހުންނެވިހާ ދުވަހަކު އެ ހުރިހާ ކަންތައްތަކަށް ނިމުމެއް ނާންނާނެ
  • ލޭ ހިނގާހާ ދުވަހަކު މި ސަރުކާރުގެ އަނިޔާވެރިކަމަށް ކެރިގެން ނޫނެކޭ ބުނާނަން
ސިމާހާ ނަސީމް | sim_kamana

| 3 ސެޕްޓެންބަރ 2018 | ހޯމަ 03:07 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޖޭޕީގެ ކައުންސިލް މެންބަރު އައިޝަތު ނަހުލާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާގައި ވާހަަކަ ދައްކަވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

މި ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެރިކަމުގެ ވާހަކަ ނޫން ވާހަކައެއް މިހާރު ދެއްކެން ނެތް ކަމަށާއި ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ހުންނެވިހާ ދުވަހަކު އެ ހުރިހާ ކަންތައްތަކަށް ނިމުމެއް ނާންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޖޭޕީގެ ކައުންސިލް މެންބަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އާދިއްތަ ދުވަހުގެ ރޭ ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަހުލާ ވިދާޅުވީ އަނިޔާގެ "މާނައަށް" ބަލާލާއިރު މިހާރު ފެންނަނީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ކަމަށެވެ. 

"އަނިޔާ އަށް ބުނެވޭނީ ނޫނެކޭ، އަނިޔާގެ މާނައަށް ބަލާލާއިރު މިހާރު އަޅުގަނޑަށް ފެންނަނީ ރައީސް ޔާމީން. އަޅުގަނޑުމެންނަށް މާނަވެސް އޮޅޭ ގޮތް އެބަވޭ ދެއްތޯ؟ ކީއްތޯކުރާނީ މިއަދުގެ ހާލަތޭ، ވައްކަމުގެ ވާހަކަތޯ ދައްކަވަންވީ؟ ނެތޭ އެ ނޫން ވާހަކައެއް، ކިހިނެއްތޯ އިތުރު އެއްޗެއް ބުނާނީ؟ ވައްކަން. ކޮރަޕްޝަން، އޮޅުވާލުން، މަކަރުވެރިކަން، މި ހުސްވާނެތޯ؟ ރައީސް ޔާމީން ވެރިކަމުގައި ހުންނެވިހާ ދުވަހަކު މި ހުހެއް ނުވާނެ" އައިޝާ ވިދާޅުވިއެވެ.

ގާސިމް އިބްރާހިމް ޖަލަށް ހުކުމްކޮށްފައިވާއިރު، އައިޝާ ވިދާޅުވީ އިތުރު މަޔަކު އިތުރު ކުޑަ ކުޑަ ދަރިންތަކެއް ބައްޕަގެ ލޯބިން މަހުރޫމްވެ ނިކަމެތިވާ ތަން ދެކެން އެއްބަހެއް ނުވެވޭނެ ކަމަށާއި އިތުރު ބަފަޔަކު އެ ދަރިންނަށް ނުގުޅިގެން ގުޅާ ކޮންމެ ދުވަހަކު ރޯ ތަން ދެކޭކަށްވެސް ކެތްނުކުރެވޭނެ ކަމަށެވެ.

ތަރައްގީގެ މަސައްކަތްތަކަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވަމުން އައިޝާ ވިދާޅުވީ، ރާއްޖޭގައި ބުރިޖެއް އެޅި ނަމަވެސް ކަރަންޓުގެ ހިދުމަތް އަދިވެސް ރައްޔިތުންނަށް މި ސަރުކާރުން ފުރިހަމަ ގޮތުގައި ފޯރުކޮށްނުދޭ ކަމަށެވެ. އަދި ހުވަދޫ އަތޮޅުގެ ރައްޔިތުންނަކީ ތަފާތު ބައެއް ކަމަށާއި އެ އަތޮޅުގެ ރައްޔިތުންގެ ގައިގައި ހިނގަނީ ނިކަން ޖޯޝާ ފޯރީގައި ހިނގާ ލެޔެއް ކަމަށް ވެސް ނަހުލާ ވިދާޅުވިއެވެ. އެ އަތޮޅުގެ ރައްޔިތުންނަކީ ވަރަށް ކެރޭ ހިތްވަރު ދޫނުކުރާ ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ނޮވެމްބަރު 17 ވަނަ ދުވަހު ރާއްޖެއަށް އަލިކަން ލިބޭނެކަން ފާހަގަކުރައްވާ ނަހުލާ ވިދާޅުވީ އެ އަލިކަން ގެނެސްދެއްވާނީ ގުޅިފައިވާ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ކަމަށެވެ.

ލޭ ހިނގާހާ ދުވަހަކު މި ސަރުކާރުގެ އަނިޔާވެރިކަމަށް ކެރިގެން ނޫނެކޭ ބުނާނެ ކަމަށް ވެސް ނަހުލާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް