19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ރިޔާސީ އިންތިހާބު 2018

ހިފެހެއްޓުމެއް ނެތި އަނިޔާވެރިކަމާ ދެކޮޅަށް މިއަދު ހިތްތައް ބަންޑުންވަމުން ދަނީ: އަލީ ޒާހިރު

  • މި ސަރުކާރުން ފެންނަނީ އަނިޔާވެރިކަން
  • ބައެއް ފަރާތްތަކުން އަނިޔާވެރިކަމަށް ވާގިދޭ މަންޒަރު މިހާރު ވެސް ފެނިގެންދޭ
  • ރައްޔިތުން ތިބީ ބަދަލެއް ގެންނަން ބޭނުންވެފައި
ސިމާހާ ނަސީމް | sim_kamana

| 3 ސެޕްޓެންބަރ 2018 | ހޯމަ 01:20 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  5. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ގއ. ވިލިނގިލީގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ހިފެހެއްޓުމެއް ނެތި އަނިޔާވެރިކަމާ ދެކޮޅަށް މިއަދު ރައްޔިތުންގެ ހިތްތައް ބަންޑުން ވަމުންދާކަމަށް ޢަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ އިސްލާމް ދީން އެއްގޮތަކަށްވެސް އަނިޔާވެރިކަމަކަށް ތާއީދު ނުކުރާ ކަމަށާއި އިސްލާމްދީނުގައި އަނިޔާވެރިކަން ވަނީ ހަރާމް ކުރައްވާފައިވާ ކަމަށެވެ.

މި ސަރުކާރުން ފެންނަނީ އަނިޔާވެރިކަން ކަމަށާއި މި ސަރުކާރުން އެތައް ބަޔަކަށް އަނިޔާވެރިވެފައިވާ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ. ބައެއް ފަރާތްތަކުން އަނިޔާވެރިކަމަށް ވާގިދޭ މަންޒަރު މިހާރު ވެސް ފެނިގެންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަނިޔާގެ ޝިކާރައަކަށްވެފައިވާ އާއިލާތައް ގިނަކަން ފާހަގަކުރައްވާ އަލީ ޒާހިރު ވިދާޅުވީ އެކި ގޮތްގޮތުން އެ އާއިލާތަކަށް އަނިޔާވެރިކަމުގެ ރަހަލާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ރައްޔިތުން ތިބީ ބަދަލެއް ގެންނަން ބޭނުންވެފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މި ކެކުޅުންތައް މި އިހުސާސްތައް މިއޮތް ހުރިހާ ދުވަހު ރައްޔިތުން ފޮރުވައިގެން ތިބީ އަނިޔާވެރިކަމަށް ބިރުން. އެހެންނަމަވެސް މިއަދު ހިފެހެއްޓުމެއް ނެތިވެ އަނިޔާވެރިކަމާ ދެކޮޅަށް ނިކުމެ ހިތްތައް ބަންޑުންވެގެންދާ މަންޒަރު އަޅުގަނޑުމެންނަށް މި ފެންނަނީ. ބިރު ފަހަނައަޅާ ގޮސް ރައްޔިތުން ނިކުންނަމުންދާ މަންޒަރު މި ފެންނަނީ،" އަލީ ޒާހިރު ވިދާޅުވިއެވެ.

މި މަހުގެ 23 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބު ބޮޑުތަނުން ކޯލިޝަނުން ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވެ އަލީ ޒާހިރު ވިދާޅުވީ ރައްޔިތުންގެ ނިންމުމަށް ފުލުހުންނާއި ސިފައިން އިހުތިރާމް ކުރައްވާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށެވެ.

ކޯލިޝަން ގޮވާލަނީ އަނިޔާވެރިކަން ނައްތާލުމަށާއި އަދުލު އިންސާފު ޤާއިމުކުރުމަށް ކަމަށް ވެސް އަލީ ޒާހިރު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް