19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ރިޔާސީ އިންތިހާބު 2018

ސިޔާސީ ނުފޫޒަށް ލެނބޭ އެއްވެސް މީހަކަށް މިނިވަން މުއައްސަސާއެއްގައި ނުހުރެވޭނެ: އިބޫ

 • މެމްބަރު ސައުދު އިސްލާހީ ހަރަކާތާއި ގުޅުނު ފަހުން ވިލިނގިލިން 38 މީހެއްގެ ވަޒީފާ މި ސަރުކާރުން ގެއްލުވާލާފައިވޭ
 • މިނިވަން މުއައްސަސާތައް ހުރިގޮތަށް ސަރުކާރުގެ ކެމްޕެއިންގައި
 • މީރާއަކީ ވިޔަފާރިތަކަށް ހުރި ބިރަކަށް ވެގެން ނުވާނެ، މަސައްކަތް ކުރަންޖެހޭނީ ގާނޫނީ އިމުގެ ތެރެއިން
މުހައްމަދު ފަޒީން | phaxyn

| 3 ސެޕްޓެންބަރ 2018 | ހޯމަ 00:56 | |

މަގުބޫލް

 1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
 2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
 3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
 4. ޕްރިޔަންކާ އިނީ ބަލިވެ؟
 5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
 6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
 7. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
 8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


ގއ. ވިލިނގިލީގައި ބޭއްވި ހާއްސަ ޖަލްސާގައި އިބޫ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ސިޔާސީ ނުފޫޒަށް ލެނބޭ އެއްވެސް ބޭފުޅަކަށް މިނިވަން މުއައްސަސާއެއްގެ މަގާމެއްގައި ނުހުރެވޭނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބޫ އާއި އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ހުވަދު އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ. ވިލިގިއްޔަށް ވަޑައިގެން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޚާއްސަ ޖަލްސާގައި އިބޫ ވިދާޅުވީ ދައުލަތުގެ ހުރިހާ މިނިވަން މުއައްސަސާތަކަށާއި ދައުލަތުގެ ސަލާމަތީ ހިދުމަތްތަކަށް ސިޔާސީ ނުފޫޒު އިންތިހާއަށް ވަދެ، ސަރުކާރުގެ ކެމްޕެއިން ހަރަކާތްތަކުގައި ވެސް ބައިވެރިވަމުންދާ ކަމަށެވެ. 

"ރިޔާސީ އިންތިހާބާ ދިމާކޮށް ބައެއް މިނިވަން މުއައްސަސާތައް ހުރިގޮތަށް މިރަށަށްއަރާ (ގއ. ވިލިގިއްޔަށް) ޑޯޓުޑޯ ހަދައި ކެމްޕެއިން ކުރަމުން އެބަގެންދޭ. މިނިވަން މުއައްސަސާތައް އެކަންޏެއް ނޫން އެކަން ކުރަނީކީ، މިނިވަން މުއައްސަސާތަކުން އެކަންކުރާއިރު، ދައުލަތުގެ ބޮޑެތި ބާރުތަކާއެކު އެކަން އެބަކުރޭ. އަޅުގަނޑުމެންގެ ވެރިކަމެއްގައި ސިޔާސީ ނުފޫޒަށް ލެނބޭ އެއްވެސް މީހަކަށް މިނިވަން މުއައްސަސާއެއްގެ މަގާމަކު ނުހުރެވޭނެ،" އިބޫ ވިދާޅޫވި އެވެ.

މީގެ އިތުރުން އިބޫ ވިދާޅުވީ ސަރުކާރަށް ނިސްބަތްވާ މެމްބަރެއްގެ ގޮތުގައި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ހުންނެވުމަށްފަހު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއެކު މަސައްކަތް ކުރައްވައި، އިދިކޮޅު ކޯލިޝަނާ ގުޅުމާއެކު ވިލިނގިލިން 38 މީހެއްގެ ވަޒީފާ ގެއްލިފައިވާއިރު، 8 މީހެއްގެ ވަޒީފާ އެހެންތަންތަކަށް ބަދަލުކޮށް އާއިލާއާ ދުރުކޮށްލާފައިވާ ކަމަށެވެ. އިބޫ ވިދާޅުވީ ވަޒީފާ ގެއްލުވާލި ހުރިހާ ބޭފުޅުންނަށް ގުޅިފައިވާ ސަރުކާރެއްގައި ވަޒީފާ އަނބުރާ ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން އިބޫ ވިދާޅުވީ ޝަރުއީ ދާއިރާއިންނާއި މިނިވަން މުއައްސަސާތައް މެދުވެރިކޮށް ސަރުކާރުން ރައްޔިތުންނަށް ވަރަށް ބޮޑަށް އަނިޔާވެރިވަމުންދާ ކަމަށެވެ. އެގޮތުން ހާއްސަ ގޮތެއްގައި އިބޫ ވަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ނަން ފާހަގަކުރައްވާފަ އެވެ. 

މީރާއިން މަސައްކަތް ކުރަންޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި މީރާއަކީ ވިޔަފާރިތަކަށް ހުރި ބިރަކަށްވެ، ވިޔަފާރިތައް ބަނގުރޫޓު ކުރާތަނަކަށް ވެގެންނުވާނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް